ސަރުކާރުން ހުށަހެޅި އިސްލާހުތަކަކީ ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ރައްޔިތުން ހޮވާފައިވާ ކައުންސިލަރުން "ގުލާމުންތަކަކަށް" ހެދުމަށް ރޭވިފައިވާ ނުބައި ރޭވުމެއް
ރައްޔިތުންގެ އަޑު ކަނޑުވާލައި، އަތޮޅުތަކުގެ ތަރައްޤީ ހުއްޓުވުމަށް ސަރުކާރުން އަނެއްކާވެސް ނުބައި ރޭވުންތަކެއް ރާވަމުންދާކަން މިއަދު މަޖިލީހުގައި ހާމަވެއްޖެއެވެ.
ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ ނުރައްކާތެރި އިސްލާހުތަކާ ގުޅޭގޮތުން މިއަދު މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި، އެމްޑީޕީ މެންބަރުން ވަނީ ސަރުކާރުގެ މި ނުބައި ރޭވުންތައް ހާމަކޮށްދެއްވާފައެވެ. އެމްޑީޕީ މެންބަރުން ވިދާޅުވި ގޮތުގައި، މި އިސްލާހުތަކަކީ ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ރައްޔިތުން ހޮވާފައިވާ ކައުންސިލަރުން "ގުލާމުންތަކަކަށް" ހެދުމަށް ރޭވިފައިވާ ނުބައި ރޭވުމެކެވެ.
"ޕީޕީއެމް އާއި ޕީއެންސީއިން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ލާމަރުކަޒީ ގާނޫނު ކޮށާ ކުދިކުރަނީ ހަމަ މިގޮތަށް" އެމްޑީޕީ މެންބަރުން ވިދާޅުވިއެވެ.
ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ނަމުގައި ކުރަން މި އުޅެނީ ރައްޔިތުންގެ އަތުން ބާރު ފޭރިގަތުމުގެ ނެގުމުގެ މަސައްކަތް ކަމަށް އެމްޑީޕީ މެންބަރުން ފާހަގަކުރެއްވިއެވެ.
"މިއީ މަކަރުވެރި ރޭވުމެއްގެ ދަށުން ސިޔާސީ ބާރުވެރިކަން ފޭރިގަތުމުގެ މަސައްކަތް" އެ މެންބަރުން ވިދާޅުވިއެވެ.
އެހެންނަމަވެސް، ސަރުކާރަށް ތާއީދުކުރާ މެންބަރުން މި ޙަޤީޤަތް ފޮރުވުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ. މަޖިލީހުގެ ނައިބު ރައީސް ޖަންގިޔާ ނާޒިމް ފަދަ ސަރުކާރުގެ ބޮޑެތި މަޤާމުތަކުގައި ތިބި ފަރާތްތަކުން މި އިސްލާހުތަކަށް ތާއީދުކުރަމުންދާކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ.
މަޖިލީހުގެ ނައިބު ރައީސް އަދި ސަރުކާރުގެ މާލިމީ ކަމަށްވާ ޖަންގިޔާ ޖަންގިޔާ ނާޒިމް ވިދާޅުވީ، ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް މި ބަދަލުތައް ގެންނާނެ ކަމަށެވެ. މީގެ މާނައަކީ ކައުންސިލުތަކުގެ މާލީ ބާރުވެރިކަމާއި ބިމުގެ ބާރުވެރިކަން ނިގުޅައިގަތުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދޭހަކުރެއެވެ.
މި އިސްލާހުތަކަކީ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމުގެ ނުރައްކާތެރި މަސައްކަތެއް ކަމަށް އެމްޑީޕީ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ރައްޔިތުން ތިބީ މިފަދަ އިސްލާހުތަކާމެދު ރައްޔިތުންގެ މެދުގައިވެސް ތަފާތު ޚިޔާލުތައް އުފެދިފައިވާއިރު، ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަނީ ލާމަރުކަޒީ ނިޒާމުގެ މައިގަނޑު މަޤްޞަދުތައް ގެއްލި، ރައްޔިތުންގެ ބާރުވެރިކަން ކަނޑުވާލެވިދާނެ ކަމާމެދުއެވެ.
ރައްޔިތުން ތިބީ މިފަދަ އަނިޔާވެރި ބަދަލުތަކަށް ތައްޔާރަށް ނޫންކަން ކަށަވަރެވެ.
0%
0%
0%
0%
0%
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
30 މާރިޗު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4