މިޔަދު ރައީސް މުއިއްޒުގެ އިރުސާދުގެ މަތިން ގައުމީސަލާމަތް ފަހު ނިންމީ ހުތުރު ނިންމުމެކެވެ. އެއީ ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ދެއްއްވުން އެދި ކޮންމެ ނަމާދުގައި ކިޔަމުން އައި ދުޢާ ކިޔަން މިއަދު ފެށިގެން ހުއްޓާލަން އިސްލާމީ ކަންތައްތަކާއި ބޭހޭ ވުޒާރާއިން އަންގައިފި އެވެ.
ނިމި ދިޔަ ސަރުކާރުން ފަލަސްތީނު ރައްޔިތުންނަށް އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ޔާހޫދީންގެ ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށް، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުމަށް އެދި ފަރުޟު ނަމާދުތަކުގައި ގުނޫތު ކިޔަން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުން ފެށިގެންނެވެ.
ތިމާމީ މާދީނީ މީހަކަށް ވެގެން ކޮންމެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަމާދައް އަރަންޖެހޭތީވެ މެދުކަނޑާލަނީކަމަށް ބުނެ މީޑިއާ ސުޓަންޓު ޖަހަމުން އަންނަ މުނާފިޤް މުއިއްޒުގެ އެއްގުމަށް، އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހުރިހާ ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ މިއަދުގެ މަޢްރިބް ނަމާދުން ފެށިގެން ގުނޫތު ކިޔުން ހުއްޓާލަން ރާއްޖޭގެ ހުރިހާ މިސްކިތެއްގެ މުދިމުންނަށް އަންގާފައެވެ.
މީގެ އިތުރުންވެސް އެމެރިކާއާއި ސައުދި އަރަބިއްޔާ ރުއްސުމަށް ތަކުރާރުކޮން މި ސަރުކާރުން ދަނީ ފަލަސްތީނުގެ ކަންތަން ހީނަރުކޮށް ފަނޑުކުރަމުންނެވެ. އެގޮތުން ރައްޔިތުން މަޖިލީހުން އިޒްރޭލުގެ ޕާސްޕޯޓް ބްލޮކް ކޮށް ދިނުމަށް އެދި، މުއިއްޒަށް ހުށައަޅާފައި ވާތާ 78 ދުވަސް ވީއިރުވެސް އެއްވެސް ގޮތަކަށް އެކަމާއި އަޅާލާފައެއް ނުވެއެވެ.
މައުލޫމާތު : ދިޔަވަރު ނިއުސް
0%
0%
0%
0%
0%
2 ޖުލައި 2025
0
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4