ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިންގައި ރަސްމީކޮށް ސޮއިކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 14 ވަނަ ދުވަހު!
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ލިވަޕޫލް ފުޓްބޯޅަ ކްލަބާއެކު ވެފައިވާ އެއްބަސްވުމެއްގައި ސޮއިކުރުމަށް ކަމަށް ބުނެ ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރާ ގުޅޭ ގޮތުން ސުވާލުތަކެއް އުފެދިއްޖެއެވެ.
އެމް.އެމް.ޕީ.އާރް.ސީ އާއި ވިޒިޓް މޯލްޑިވްސް އަދި ލިވަޕޫލް އެފް.ސީ ގުޅިގެން، ކޯ ބްރޭންޑަޑް އިނީޝިއަޓިވެއްގެ ގޮތުގައި ކުރިއަށްގެންދާ ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިންގައި ރަސްމީކޮށް ސޮއިކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 14 ވަނަ ދުވަހު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް، ރައީސް މުއިއްޒު އިއްޔެ ލިވަޕޫލަށް ވަޑައިގަތީ މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ކަމަށް ވިދާޅުވެއެވެ.
މި ދަތުރަށް 17 މިލިއަން ރުފިޔާ ހޭދަކުރާއިރު، ދިވެހި ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި މިފަދަ ބޮޑު ޚަރަދެއް ކުރުމާމެދު އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދެއެވެ. އަދި މާޗް 14 ވަނަ ދުވަހު މި އެއްބަސްވުމުގައި ސޮއިކުރި ފޮޓޯ ވިޒިޓް މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މިހާރު ވަނީ ފޮހެލާފައިވާކަންވެސް ފާހަގަކުރެވެއެވެ.
ރައްޔިތުން ތުހުމަތުކުރާގޮތުން ރައީސް މުއިއްޒު މި ދަތުރު ކުރެއްވީ ސެލެބްރިޓީންނާ ބައްދަލުކޮށް ފޮޓޯ ނެންގެވުމަށެވެ. އަދި މިހާ ބޮޑު ޚަރަދެއް ކުރައްވައިގެން، ކުރީން ސޮއިކޮށްފައިވާ އެއްބަސްވުމެއްގައި ސޮއިކުރަން ދިއުމަކީ ދައުލަތުގެ ފައިސާ އިސްރާފުކުރުން ކަމަށް ގިނަރައްޔިތުން ދެކެއެވެ.
މީގެއިތުރުން، އިއްޔެ އިނގިރޭސިވިލާތުން ރާއްޖެއަށް ދަތުރުކުރުމާ ގުޅޭ ގޮތުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައިވާއިރު، ރައީސް މުއިއްޒު ލަންޑަނަށް ވަޑައިގެން ދިވެހިރާއްޖޭގެ ހާލަތު ރަނގަޅުކަން ޔަގީންކޮށްދެއްވުމަށް މަސައްކަތް މާ މުހިންމު ނޫންތޯއެވެ.
0%
0%
0%
0%
0%
13 އެޕްރީލު 2025
0
1 އެޕްރީލު 2025
0
30 މާރިޗު 2025
0
29 މާރިޗު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4