ރިޒޯޓު އޯނަރުން، މުއިއްޒު ކެމްޕޭނަށް ކުރި ފަންޑުގެ ބަދަލުދޭނެ- ފޮޓޯ ރައީސް އޮފީސް
މުއިއްޒުގެ ސަރުކާރު ގެނައުމަށް އެންމެ ބޮޑަށް ފަންޑު ކުރި ރިޒޯޓު މަހުޖަނުން އަންގައިގެން ރިޒޯޓުގައި މަސައްކަތް ކުރާ ދިވެހިންގެ ނިސްބަތް %30 އަށް މަދު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މިކަން ކުރަނީ ކުރިއަށް އޮތްތަނުގައި ދިވެހި މުވައްޒަފުން ނުލިބޭނެކަމަށް ބުނެ މަޓީއިން ހުށަހެޅި ހުށަހެޅުމަކަށް ބިނާ ކޮށެވެ. މަޓީއިން ވަނީ މިހާރު މި ހުށަހެޅުން ސަރުކާރަށް ހުށަހަޅާފައެވެ. އަދި ރައީސްގެ ހާއްސަ އެޑްވައިޒަރު ޖަނާ ވަނީ ރައީސް އޮފީހުގައި އިނދެގެން މި ހުށަހެޅުން ބަލައިގަނެ އެގޮތަށް ނިންމުމަށް ރައީސަށް ލަފާ އަރުވާފައެވެ. މިކަމަކާ ގުޅިގެން ޓޫރިޒަމާ ބެހޭ ގަވައިދުތަކަށް ގެންނަ ބަދަލުތައް ވަރަށް އަވަހަށް ގެޒެޓު ކުރާނެކަމަށް މައުލޫމާތު ލިބެއެވެ.
މިހާރުގެ ރައީސް މުއިއްޒު ވެރިކަމަށް އައީ ގިނަ އަދަދެއްގެ މަހުޖަނުންގެ މަދަދާއި ތާއީދާއެކުއެވެ. މި ފަރާތްތަކުން ރައީސް އިބޫގެ ސަރުކާރާ ނުރުހުންވި ކަންކަމަކީ މިނިމަމް ވޭޖް ފާސް ކުރުމާއި، ސާވިސް ޗާޖު ޤާނޫނަކުން ލާޒިމް ކުރުމާއި، ހަމައަށް ސާވިސް ޗާޖު ނުދޭ ފަރާތްތަކާ ދެކޮޅަށް ލޭބަރ ރިލޭޝަން މެދުވެރިކޮށް ފިޔަވަޅު އަޅަން ފެށުމެވެ. މީގެ އިތުރުން އިބޫގެ ސަރުކާރުން ވަނީ ރިޒޯޓްތަކުގައި މަސައްކަތް ކުރާ ދިވެހިންގެ ނިސްބަތް އިތުރު ކުރުމަށްމަޖުބޫރުކޮށް، ހިއުމަން ރިސޯސްގެ އިސްވެރިއަކަށް ދިވެއްސަކު ބެހެއްޓުމަށް ލާޒިމްކޮށް ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހި ކޮށްދީފައެވެ. މީގެ ސަބަބުން މިދިޔަ 5 އަހަރު ގިނަ ދިވެހިންތަކަކަށް ވަނީ ރިޒޯޓް ދާއިރާއިން ވަޒީފާ ހަމަޖެހި، އަދި ރިކޯޑް އަދަދަކަށް ސާވިސް ޗާޖު ވަނީ ބަހާފައެވެ. އަދި މިދިޔަ ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯގައި ހިމަނާފައިވަނީ ރިޒޯޓު ތަކުގެ ސީނިއަރ މަގާމުތަކުގެ %50 ދިވެހިންނަށް ހާއްސަ ކުރުމަށް ޤާނޫނުން ލާޒިމު ކުރާނެ ކަމަށެވެ. މިކަމާ މަޓީގެ މަހުޖަނުން ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.
މީގެ ފެށުމެއްގެ ގޮތުން ކޯޓާ ވަގު އިމިގްރޭޝަން ކޮންޓްރޯލަރ ވަނީ މިހާރުވެސް ބަންގްލަދޭޝްއިން މަސައްކަތު މީހުން ގެނެވޭނެ މަގު ފަހި ކޮށްފައެވެ. މަޓީގެ މަހުޖަނުންގެ ވިސްނުމަކީ ދިވެހިން ނުލިބޭކަމަށް ބުނެ ޓޫރިޒަމް ދާއިރާގެ ހުރިހާ ވަޒީފާތަކެއް ބަންގްލަދޭޝްގެ މަސައްކަތްތެރިންގެ އަތް މައްޗަށް ފުރޮޅާލުމެވެ.
މީގެ އިތުރުން މިއީ މަޓީގެ ފުރަތަމަ ޑިމާންޑްކަމަށް މައުލޫމާތު ލިބެއެވެ. މިއަށް ފަހު ސާވިސްޗާޖުގެ މާއްދާ ޤާނޫނުން އުވާލައި އަދި ސާވިސް ޗާޖު ދިވެހި ރުފިޔާއިން ދިނުމަށް މަޓީގެ ޕްރެޝަރަށް ސަރުކާރުން ނިންމާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މީގެ އުޒުރެއްގެ ގޮތުން މިހާރުވެސް ބީއެމްއެލް އިން ވަނީ ޓީޓީ ތަކަށް ޑޮލަރު ދިނުން ހުއްޓާލާފައެވެ. ސަރުކާރުން ބުނަން ނިންމާފައިވަނީ ބޭންކްތަކަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭތީ ދިވެހި މުވައްޒަފުންނަށް ދޭ ސާވިސް ޗާޖުގެ ޑޮލަރު ބޭންކަށް މާރު ކުރުމަށްފަހު ބޭންކް ރޭޓުން ދިވެހި ރުފިޔާއިން ސާވިސް ޗާޖު ދިނުމަށް އެންގުމަށެވެ. މިއީ މަޓީއިން ވަރަށް ބޮޑަށް ކުރަން ބޭނުންވާ ކަމެކެވެ. ބޭނުމަކީ ބޮޑު އަގުގައި ޑޮލަރު ވިއްކައި އެ ފައިދާވެސް ރިޒޯޓު އޯނަރުން ނެގުމެވެ.
ކޮންމެއަކަސް ރިޒޯޓު މުވައްޒަފުންގެ ސަރުކާރު މިދަނީ ރިޒޯޓު މުވައްޒަފުން ބޭނުންވި ގޮތަށް ކަންކަން ކޮށް ނިންމަމުންނެވެ.
0%
0%
0%
0%
0%
ދިވެހިން
25 ޖަނަވަރީ 2024
ގާސިމްގެ ފޯޓޯޖަހަނީ ގާސިމް ނޫނީ ނެތޭ ހުސްދިވެހި މެނޭޖުމެންޓެއް ގެންގުލޭ މިހެއް.. ހުރިހާ ގީއެމް އަދިި ހުރިހާ ފައިނޭސް އަދި ހެޑުއޮފް ޑިޕާޓުމެންޓަކީ ދިވެހިން…
25 ޑިސެންބަރު 2024
0
22 ޑިސެންބަރު 2024
0
16 ޑިސެންބަރު 2024
0
14 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4