އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން
ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޝްވަތު ދީގެން ގަނެލި އެމްޑީޕީގެ ހަތް މަޖިލިސް މެމްބަރުން މާދަމާ ރޭ ޕީއެންސީއަށް ސޮއިކުރަން ނިންމައިފިއެވެ.
އެ ހަތް މެމްބަރުން ޕީއެންސީއަށް ސޮއިކުރުމަށްޓަކައި މާދަމާ ރޭ ދަރުބާރުގޭގައި މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ވަރަށް ޚާއްސަ ޖަލްސާއެއް ބާއްވަން މިހާރު ވަނީ ނިންމާފައެވެ.
މުއިއްޒަކީ ރިޔާސީ ކެމްޕޭން ތެރޭގައި ސަލަފް ޖަމިއްޔާ މެދުވެރިކޮށް ދީން ހަތިޔާރަކަށް ހަދައިގެން ކެމްޕޭން ކުރެއްވި ބޭފުޅެކެވެ. އެގޮތުން ސަލަފުގެ އެކި ޝެއިޚުން ލައްވައި މުއިއްޒަށް ވޯޓު ދިނުމަށް ތަފާތު އެކި މެސެޖުތައް ދިޔައީ ދެމުންނެވެ.
ސަލަފް ޖަމިއްޔާގެ ރައީސް ޝެއިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހީމް އަކީ މުއިއްޒުގެ އަނބިކަބަލުން ސާޖިދާ މުހައްމަދުގެ އެއްބަފާ ބޭބޭފުޅެވެ.
ރިޝްވަތު ދީގެން އެމްޑީޕީގެ މެމްބަރުންތަކެއް ޕީއެންސީއަށް ސޮއިކުރަމުންދާއިރު، ސަލަފު ޖަމިއްޔާއިން މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނެއެވެ.
އެމްޑީޕީން ވަކިވެ ޕީއެންސީއާ ގުޅިވަޑައިގަންނަވަނީ ތަބަކަކަށްލާފައި މަޖިލިސް އިންތިޚާބުގެ ޓިކެޓް ނުދީގެން ރުޅިއައިސްގެން އުޅޭ މެމްބަރުންތަކެކެވެ.
އެމްޑީޕީން އެ މެމްބަރުންނަށް އެންގީ ވަކި މީހަކަށްޓަކައި ޕާޓީން ޒަމާނުއްސުރެ އަމަލުކުރަމުން އައި ޑިމޮކްރެޓިކް އަސާސްތައް މުގުރައި ނުލެވޭނެ ކަމަށެވެ. އަދި ޕްރައިމަރީއަކާ ނުލައި މުއިއްޒު ބޭނުންވާ މީހަކަށް ޓިކެޓް ދޭ އުސޫލުން އެމްޑީޕީގެ އެއްވެސް މީހަކަށް ޓިކެޓް ނުދޭނެ ކަމަށް އެ ޕާޓީން ބުނެއެވެ.
0%
0%
0%
0%
0%
2 ޖުލައި 2025
0
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4