ށ. ފުނަދޫގައި އަޅާފައިވާ ޒަމާނީ ވޮލީ ކޯޓަކީ ކުރީގެ ސަރުކާރުގެ މަސައްކަތެއްކަމަށް ފުނަދޫ ރައްޔިތުން ދަނީ ބުނަމުން
ށ. ފުނަދޫގައި އަޅާފައިވާ ޒަމާނީ ވޮލީ ކޯޓަކީ ކުރީގެ ސަރުކާރުގެ މަސައްކަތެއްކަމަށް ފުނަދޫ ރައްޔިތުން ދަނީ ބުނަމުންނެވެ. މި ނޫހަށް މަޢުލޫމާތު ދިން ޕީޕީއެމްގެ މެންބަރެއް ބުނިގޮތުގައި މި ވޮލީ ކޯޓަކީ ކުރީގެ ސަރުކާރުން ހިންގައި ކާމިޔާބު ޕްރޮޖެކްޓެކެވެ.
މި ވޮލީ ކޯޓަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި، އޭރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް އިޢުލާނުކުރި 25 ޒަމާނީ އައުޓްޑޯ ވޮލީ ކޯޓުގެ ތެރެއިން އެއް ކޯޓެވެ. މީގެ އިތުރުން ށ. ފުނަދޫގައި ވަނީ ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއްވެސް އަޅައި ހުޅުވާފައެވެ.
މި ޕްރޖެކްޓު ނުނިމި ލަސްވެ، ދިގުލައިގެންދިޔައީ މިހާރުގެ މެންބަރު މުހައްމަދު މަމްދޫހް ސިޔާސީ މަންފާއަށްޓަކައި ކުރީ ސަރުކާރުގެ ކަމެއްވީމާ ޖެއްސުންކުރުމުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް މި މަޝްރޫޢު ފުރިހަމައަށް ކާމިޔާބުކަމާއެކު ނިންމާލެވުނީ ކައުންސިލުގެ ރައީސް އަޙްމަދު އިބްރާހިމްއާއި ކައުންސިލް މެންބަރު ޙުސައިން ޢާރިފްގެ މަސައްކަތުން ކަމަށް ރަށުގެ ގިނަ ރައްޔިތުން ޤަބޫލުކުރެއެވެ.
ނަމަވެސް، މިހާރުގެ ދާއިރާގެ މެންބަރުގެ ސަޕޯޓަރުން މި މަޝްރޫޢުތަކާ ގުޅޭގޮތުން އޮޅުވާލަން މަސައްކަތްކުރާ ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ. ރަށުގެ ގިނަ ރައްޔިތުން ބުނާގޮތުގައި "ބަދަލުގެ އޮއިވަރު" ގެ ނަމުގައި ގެނެވުނު ބަދަލަކީ ރަށުގެ ތަރައްޤީއަށް ގެއްލުން ލިބެމުންދާ ބަދަލެކެވެ.
"ޒުވާނުންގެ އޮއިވަރޭ، ބާންގަޑޭ ކިޔަމުން މަޖިލީހަށް ހޮވިގެން އަދި އޮށްޓަރު ހުރި ވަކި ކަމެއް ނުކުރެވުނުތާ، ތިޔަދަނީ މިރަށުގެ ތަރައްޤީގެ އޮއިވަރު ހުއްޓުވަމުންނެވެ." މިފަދައިން ބައެއް ރައްޔިތުން ފާޅުކުރާ ޚިޔާލުތަކުން، މިހާރުގެ މެންބަރުގެ މަސައްކަތްތަކާމެދު ހިތްހަމަނުޖެހުން އޮތްކަން ފާހަގަކުރެވެއެވެ.
0%
0%
0%
0%
0%
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
30 މާރިޗު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4