7 މަސް ވީއިރު މާލީ ހާލަތު ރަނގަޅުކުރަން ފިޔަވަޅެއް ނާޅާ، ސަރުކާރު ހިންގީ އިންތިހާއަށް ޚަރަދު ބޮޑުކޮށް، އިތުރަށް ފައިސާ ހޯދަން ނޭންގުމަކީ ކުރީ ސަރުކާރުގެ ކުށެއްނޫން
ސަރުކާރަށް ހަތް މަސް ވީއިރު އިގްތިސާދީ ގޮތުން މިދަނީ އަނދިރި ދުވަސްތަކަކާ ދިމާލަށެވެ. ރާއްޖެއިން ފާއިތުވި ތިން އަހަރު ހިފަހައްޓަމުން އައި ފިޗް ރޭޓިން ވެސް މިވަނީ ދަށަށް ގޮސްފަ އެވެ.
މިއީ ހައްތަހާ ވެސް ކަންކަން ކުރަން ނޭންގުމުގެ ނަތީޖާ އެވެ. 7 މަސް ވީއިރު މާލީ ހާލަތު ރަނގަޅުކުރަން ފިޔަވަޅެއް ނާޅާ އެވެ. ސަރުކާރު ހިންގީ އިންތިހާއަށް ޚަރަދު ބޮޑުކޮށެވެ. އާމްދަނީ އިތުރުކުރުމަށް ކުރާނެ ކަމެއް ނޭންގި، އިންތިހާއަށް ހަރަދު ބޮޑުކޮށް ސަރުކާރު ހިންގުމަށް ފަހު އަދިވެސް މި ޖަހަނީ ކުރީ ސަރުކާރު ބޮލަށެވެ.
މިވީ ހަތް މަސް ތެރޭ މުއިއްޒު ސަރުކާރުން ވަނީ އެތައް ގޮތަކުން ތާކުން ތާކު ނުޖެހޭ ބޭކާރު ހަރަދުތަކެއް ކޮށްފައެވެ.
ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ކަމަށް ބުނެ ހިންގި ކޮރަޕްޝަންގެ ތެރެއިން 500 މިލިއަން ރުފިޔާ ހަރަދުކުރުމަށް ފަހު ޑްރޯންތަކެއް ވެސް ގެނައެވެ. އެ ޑްރޯންތަކުން ވީ ކަމެއްވެސް ނެތެވެ. ކުރި ފައިދާއެއް ވެސް ނެތެވެ.
އިންޑިޔާއިން އޮޕަރޭޓް ކުރަމުން ދިޔަ ޑޯނިއާ މަތިންދާބޯޓުން ކުރަމުން ދިޔަ ދަތުރުތައް ވެސް މޯލްޑިވިއަން އަށް ބަދަލު ކުރީ އެއްވެސް ވަރަކަށް ބަލާލުމެއް ނެތި އެވެ. އެ ކެޕޭސިޓީ މޯލްޑިވިއަންގައި ނެތްކަން އެނގި ހުރެ އެކަން ކުރީ މީހުން ދައްކާ ވާހަކަ ގަބޫލު ނުކޮށް ބޯހަރު ކަން ދެއްކުމަށެވެ.
ސިޔާސީ މަގާމުތަކުގައި މިހާރުވެސް 2000 އަށްވުރެ ގިނަ މީހުން ތިބި އިރު ސަސްޕެންޝަންގައި ތިބެގެން އެއްވެސް މަސައްކަތެއް ނުކޮށް ބަރާބަރަށް މުސާރަ ނަގަމުންދާ ވެސް ތިން ޑެޕިޔުޓީ މިނިސްޓަރުން އެބަ ތިއްބެވެ. މިއިން ކޮންމެ މީހެއްގެ މުސާރައަކީ ވެސް 30،000 ރުފިޔާ އެވެ. ބައެއް މިނިސްޓްރީތަކުގައި ޑެޕިޔުޓީ މިނިސްޓަރުން ގިނަވެ އެ މީހުން މަސައްކަތް ކުރާނެ މޭޒާއި ގޮނޑި ވެސް ނެތެވެ.
ވެރިކަމަށް އައުމަށް ފަހު ވެރިކަމުގެ ހުވާ ކޮށްލުމަށް 22 މިލިއަން ރުފިޔާ ހޭދަކޮށް މުލިޔާގޭގެ މަރާމާތަށް ވެސް 16 މިލިއަން ރުފިޔާ ހަރަދަކުރި އެވެ. މިއީ ދައުލަތުގެ ފައިސާ އިސްރާފުކުރުން ނޫން ކޮން ކަމެއް ހެއްޔެވެ؟
ދަތުރުތަކަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފި އެވެ. މިހާރުވެސް ސަރުކާރުގެ އެކި މިނިސްޓަރުން ތިއްބެވީ ރާއްޖެއިން ބޭރުގަ އެވެ. އެންމެ ގަދަޔަށް އެއްޗެހި ގޮވަމުން ދިޔަ އިންޑިޔާއަށް ދިޔުމަށް ވެސް އެންމެ ފަހުންވެސް 1.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
0%
0%
0%
0%
0%
20 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
2 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4