އާންމުން ވަޒީފާތަކުން ވަކިކޮށް ސިޔާސީ މަގާމުތަކަށް މީހުން އިތުރުކުރަމުންދާ މައްސަލަ މަޖިލީހުން ބޭރުކޮށްލީ ރައްޔިތުންގެ އަޑު ކެނޑުވުމަށް: ޝާހިދު
އާންމުން ވަޒީފާތަކުން ވަކިކޮށް ސިޔާސީ މަގާމުތަކަށް މީހުން އިތުރުކުރަމުންދާ މައްސަލަ މަޖިލީހުން ބޭރުކޮށްލީ ރައްޔިތުންގެ އަޑު ކެނޑުވުމަށް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ކުންފުނިތަކުގެ އާދައިގެ މުވައްޒަފުން ވަކި ކުރަމުން ދާތީ އާއި ހަރަދު ކުޑަ ކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ބުނުމަށް ފަހު ވެސް ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރަމުން ދާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާހިރެވެ.
އެހެންނަމަވެސް ސަރުކާރުގެ މެޖޯރިޓީއާ އެކު މި މައްސަލަ މަޖިލީހުން ވަނީ ބޭރު ކޮށްލާފަ އެވެ.
އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ޝާހިދު ވިދާޅުވީ މަޖިލީހުގައި މިހާރު ރައްޔިތުންގެ އަޑު އިވުނަ ނުދޭ ކަމަށެވެ. ރައްޔިތުންނާ ގުޅޭ މިފަދަ މައްސަލަތައް މަޖިލީހަށް ހުށަހެޅުމުން ޕީއެންސީގެ މެމްބަރުންގެ ވޯޓާއެކު އެ ފަދަ މައްސަލަތައް ބޭރު ކޮށްލުން މިވަނީ އާދައަކަށް ހަދާފަ އެވެ.
ޕީއެންސީއިން ދެކޭ ގޮތުގައި އެމްޑީޕީއިން މިފަދަ މައްސަލަތައް ހުށަހަޅަނީ ވަގުތު ބޭރު ކުރުމަށެވެ.
ސަރުކާރު ކުންފުނިތައް ކަމަށްވާ އާރްޑީސީ އަދި އެޗްޑީސީ އިން ވެސް މުވައްޒަފުން ވަކިކޮށްފައިވެ އެވެ. އަދި ވެރިކަމަށް އާދެވުމާއެކު އެތައް ރަށެއްގައި މަސައްކަތް ކުރަމުން ދިޔަ ފެނަކަ މުވައްޒަފުން ވަނީ ވަޒީފާތަކުން ވަކިކޮށްފަ އެވެ.
އެގޮތުން އާރްޑީސީގެ ހުޅުމާލޭ ފެސިލިޓީގެ މަސައްކަތް ހުއްޓާލަނީ ކަމަށް ބުނެ، އެތަނުގައި މަސައްކަތް ކުރާ 100 އެއްހާ މުވައްޒަފުން ވަކި ކުރުމަށް މެމޯއެއް ފޮނުވާފައިވެ އެވެ. އަދި އެމްޑީޕީގެ ޖަލްސާއެއްގައި ބައިވެރިވުމުން އެޗްޑީސީގެ މުވައްޒަފަކު ވެސް ވަކި ކޮށްފައިވެ އެވެ.
އެހެންނަމަވެސް ޓުއަރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް މި ހަފްތާ ތެރޭގައި ވެސް މީހަކު އައްޔަނު ކޮށްފައިވެ އެވެ. އެއީ ހަރަދު ކުޑަ ކުރުމަށް ފިޔަވަޅު އަޅަނީ ކަމަށް މުއިއްޒު ބުނުމަށް ފަހު އެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4