އައްޑޫ ޕޮލިސް ޓްރެއިނިންގ ސެންޓަރުގައި ކާނާ ވިހަވެގެން ގިނަ އަދަދެއްގެ ރެކްރޫޓުން ވަނީ ހޮސްޕިޓަލަށް އެނދުމަތިކޮށްފަ!
އައްޑޫ ސިޓީގައި ހުންނަ ޕޮލިސް ޓްރެއިނިންގ ސެންޓަރުގައި ތަމްރީނު ހަދަމުންދާ ގިނަ އަދަދެއްގެ ރެކްރޫޓުން ކާނާ ވިހަވެގެން ހާލުގައި ޖެހި، ކުއްލި ފަރުވާ ހޯދުމަށް ހިތަދޫ ހޮސްޕިޓަލަށް ގެންދަން ޖެހިއްޖެއެވެ.
މި ނޫހަށް ލިބިފައިވާ މަޢުލޫމާތުން އެނގުނު ގޮތުގައި، މި ވަގުތު އެ ސެންޓަރުގައި ފުލުހުންގެ ޚިދުމަތާ ގުޅުމަށް ތަމްރީނު ހަދަމުންދަނީ 200 ރެކްރޫޓުންނެވެ. މީގެ ތެރެއިން ގިނަ އަދަދެއްގެ ކުދިންނަށް ކާނާ ވިހަވެގެން ހާލު ދަތިވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
މިއީ އަލަށް ދިމާވި ހާދިސާއެއް ނޫންކަމަށާއި، ކުރިންވެސް މިފަދަ ހާދިސާތައް ހިނގާފައިވާއިރު، ފުލުހުންގެ އިދާރާއިން މިކަމަށް ދޭންޖެހޭ ސަމާލުކަން ނުދޭކަން ފާހަގަކުރެވެއެވެ. އަދި ކާނާ ވިހަވުމަކީ ގިނައިން ދިމާވާ ކަމަކަށް ވީހިނދު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިކަމާ ގުޅޭގޮތުން އެކަށީގެންވާ ވަރަށް ބަލަމުން ނުދާކަންވެސް ފާހަގަކުރެވެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންގެ އިދާރާއިން އަދި އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި ނޫހުގެ ދުޢާއަކީ ވީހާވެސް އަވަހަކަށް މި ހާދިސާގައި ހާލުގައި ޖެހުނު ކުދިންނަށް ޝިފާ ލިބުމެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4