އަދި ހުވާނުކުރެ، މިހާރު ވިސްނުމާއި ބަސްމަގުހުރީ ހުދުމުހުތާރުކަމާއި އެކު ގާނޫނު އަސާސީއާއި ކުޅެން!

Adhi huvaa nukurey, mihaaru visnumaai basmagu huree hudhu muhuthaaru kamaa eku gaanoonu asaasee aa kulhem!

2

މަޖިލިސް އިންތިހާބުން ލިބުނު ބޮޑު މެޖޯރިޓީއާއެކު ސަރުކާރުގެ ވިސްނުން ހުރީ ގާނޫނު އަސާސީއާ ވެސް ކުޅެލުމަށްކަން ހާމަވެއްޖެއެވެ. 

ޕަބްލިކް ސާވިސް މީޑިއާއިން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ވަޒީރު ކަމުގައި ހުންނެވި އަދި މަޖިލީހަށް އިންތިހާބުވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސަރުކާރުގެ މަސައްކަތް ކުރުމަށް ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ ބާރުވެސް ރައްޔިތުން ދީފައިވާ ކަމަށެވެ.

ގިނަ ބަޔަކު އަންނަނީ މިއީ ރައްޔިތުންގެ މަޖިލީހަކަށް ވުރެ ސަރުކާރުގެ މަޖިލީހެއްގެ ގޮތުގައި ސިފަ ކުރަމުންނެވެ.

ގާނޫނު އަސާސީ ބަދަލު ކުރުމުގެ ބާރު ސަރުކާރަށް ދިނުމަކީ އެއިން ރައްޔިތުންނަށް ގެއްލުންވާނެ ކަންކަން ކުރުމަށް ލިބޭނެ ބޮޑު ބާރެކެވެ. ރައްޔިތުންގެ ބާރުތަކަށް ހުރަސް އަޅައި ރައްޔިތުންނަށް ފިއްތުންތައް ކުރިމަތި ކުރުވުމަށް ލިބޭ ބާރެކެވެ. 

ސަރުކާރަށް މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ލިބިއްޖެނަމަ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރި އެވެ. ނަމަވެސް އޭރު ސަރުކާރުން ވަނީ އެއީ ސަރުކާރާ ދެކޮޅަށް ޖައްސާ އެންޓި ކެމްޕޭނުގެ ގޮތުގައި ސިފަ ކޮށްފައެވެ. 

އެހެންނަމަވެސް އިންތިހާބު ނިމި ހުވާ ނުކުރެވެނީސް އެއީ ހަގީގަތްކަން މިހިރަ ހާމަވަނީއެވެ.

ލިޔުން ޙިއްސާ ކުރައްވާ

2 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

ކޮމެންޓްތައް

ނަލަކުޑޭ

26 އެޕްރީލު 2024

ދެން ކީއްތަވީ

ފިއްޓެ

25 އެޕްރީލު 2024

އަމަޔޭ ކިޔާ

މަގުބޫލް ލިޔުންތައް

Majlis raees kamuge dhahivethi kamugai dharifulhu Faisal gurubaan koh eynaa magaamun vaki kurumah Adhurey ebbas vehje

މަޖިލިސް ރައީސްކަމުގެ ދަހިވެތިކަމުގައި ދަރިފުޅު ފައިސަލް ގުރުބާންކޮށް އޭނާ މަގާމުން ވަކިކުރުމަށް އަދުރޭ އެއްބަސްވެއްޖެ

4

Maaugoodhoo school ge vanaveri dharivarunnan member mamdhoohge faraathun Huss fosithakeh!

މާއުނގޫދޫ ސްކޫލުގެ ވަނަވެރި ދަރިވަރުންނަށް މެންބަރު މަމްދޫޙުގެ ފަރާތުން ހުސް ފޮށިތަކެއް

2

Sihuru hadhaa 2 anhenunge bahah, Yameen Karuthaa fenan Aarasu Moodhu gai: 200 million rufiyaa ge Sirru Faisal Haamakurah vaifi!

ސިހުރުހަދާ ދެ އަންހެނުންގެ ބަހުން ޔާމީނު އާރަށު މޫދަށް: 200 މިލިއަން ރުފިޔާގެ ސިއްރު ފައިސަލް ހާމަކުރައްވައިފި

4