އިންތިހާބީ މެމްބަރު އިމްރާން ކުޅުނު ސުޕަ ހީރޯ ވީޑިޔޯގެ ތެރެއިން
ޝައިޚު އިމްރާން އަބްދުﷲގެ ކާރުކޮޅު އެކްސިޑެންޓު ވުމުން ކަމާ ނުބެހޭ މީހަކު އެދެމެދަށް ވަދެ ސިޔާސީ ހަސަދައިގައި ޝައިޚު އިމްރާނަށް ބަވައި ޕަބްލިސިޓީ ހޯދަން ކުރި މަސައްކަތް ފެއިލް ވެއްޖެއެވެ.
ޕިކަޕަކާއި ޝައިޚު އިމްރާންގެ ކާރުކޮޅު ޖެހި އެކްސިޑެންޓް ހިނގުމުން އާންމުންގެ މީހާއަށް އެހީވުމަށް އެތަނަށް ދިޔަ ކަމަށް ބުނެ ބޮޑު ވީޑިޔޯއެއް ކުޅެ ސޯޝަލް މީޑިޔާއަށް ދޫކޮށްފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު ހުސެއިން އިމްރާން ލަތީފެވެ. އޭނާއަކީ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މީހެކެވެ.
އޭނާ ވަނީ އާންމުންގެ ސަމާލުކަން ހޯދައި މުއިއްޒުގެ ރުހުން ހޯދުމުގެ ބޭނުމުގައި މަގުމަތީގައި ހުރެ ޝެއިޚް އިމްރާނަށް ވަގަށް ގޮވާފައެވެ.
އެކްސިޑެންޓްވުމުން ކަން ކުރަން ޖެހޭ ގޮތަކީ ފުލުހުންނަށް ރިޕޯޓްކޮށް ދެ ފަރާތުން ވާހަކަ ދައްކައި މައްސަލަ ހައްލު ކުރުމެވެ. އެތަނަށް އިތުރު މީހަކު ވަދެ މެދުވެރިއެއްގެ ދައުރު އަދާ ކުރަން މަސައްކަތް ކުރުމެއް ނޯވެއެވެ.
ނޫނީ މިއީ ކުރިއަށް އޮތް ތަނުގައި މަޖިލިސް މެމްބަރުންގެ މަސައްކަތްތަކަށް އިތުރުވާ ކަމަކީ ހެއްޔެވެ؟
އޭނާ އެތަނަށް ގޮސްފައިވަނީ އާންމުންގެ މީހާއަށް އެހީވުމަށް ވުރެ ބޮޑަށް ޕަބްލިސިޓީ ހޯދައި ޝެއިޚު އިމްރާނާ ދިމާލަށް އެއްޗެހި ކިޔުމަށް ކަމަށް ގިނަ ބަޔަކު ދެކެއެވެ. މަގާމު ލިބި ހުވާ ނުކުރެވެނީސް މިހާ ބޮޑާވެ ކިބުރުވެރިވާން ވެއްޖެނަމަ ފަހުން އަދި ކިހާވަރެއް ވާނެ ހެއްޔެވެ؟
ވީޑިޔޯއިން ފެނުނީ އޭނާ ދައްކަން ބޭނުންވި ސުޕަ ހީރޯ މަންޒަރެއް ނޫނެވެ. އެންމެންނަވެސް ފެނުނީ މީހުންނާ ޒާތީވެ ހަނގާކުރާ މަންޒަރެވެ.
މިއީ ޕީޕީއެމް ޕީއެންސީއިން، މީހުން ބުރެއިން ވޮޝްކޮށް ސިކުނޑިއާ ކުޅެލާފައި ހުރިގޮތެވެ. މި ތިބެނީ ބޮލުރޮދި ކެނޑިފައެވެ.
0%
0%
0%
0%
0%
މޫސަބޭ
5 މޭ 2024
މަ ހިތަށްއަރާ ހާދަ ނާތަހުޒީބުބަޔެކޭ ހަބަރު މިލިޔަނީ. އެކްސިޑެންޓް މި މާނަ ދިވެހިބަހަށް ތަރުޱަމާ ކޮށްފަ ބަލާބެލަ. މިވަރު ނޭގޭމީހުން ހަބަރު ލިޔުމަށްވުރެ ރަނގަޅުވާނެ އެހެންކަމަކާ އުޅުނަސް
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4