ސިޔާސީ މަގާމުތަކުގައި ތިބެ، އިންޑިއާގެ ވެރިންނަށް އިހްތިރާމު ކުޑަވާގޮތަށް ސޯޝަލް މީޑިއާގައި ލިޔުނު ބޭފުޅުން ސަސްޕެންޑްކޮށްފި.
ބޭރުގެ ވެރިންނާ މެދު އިހްތިރާމް ކުޑަކޮށް، މުއާމަލާތްކުރާ މީހުންނާ މެދު ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފޮރިން މިނިސްޓްރީން މިހެން ބުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅެއްގައި އެ ސަރަހައްދުގެ ޓޫރިޒަމް ޕްރޮމޯޓްކުރައްވައި އާންމު ކުރެއްވި ވީޑިއޯއަކަށް ރާއްޖޭގެ ދެ ޑެޕިއުޓީ މިނިސްޓަރަކު އިހްތިރާމް ކުޑަކޮށް ފާޑު ވިދާޅުވި މައްސަލައަކާ އެކު ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
ދޮންއަމައަށް މައުލޫމާތު ލިބުނުގޮތުގައި ފޮރިން މިނިސްޓްރީ މިހާރު ދަނީ މިކަން ތަހުގީގު ކުރަމުންނެވެ. އަދި އިންޑިއަން ހައިކޮމިޝަނުން ދަނީ މި ތަހުގީގުގައި ސަރުކާރާ އެކު މަސައްކަތް ކުރަމުންނެވެ.
އެ މައްސަލާގައި އިންޑިއާގެ ނޫސްތަކުންނާއި ބައެއް ފިލްމީ ތަރިންނާއި ގިނަ އަދަދެއްގެ އިންޑިއާ އާންމު ރައްޔިތުން އަންނަނީ ރާއްޖެއަށް ފާޑު ކިޔައި އެ މީހުންނާ މެދު ފިޔަވަޅު އަޅަން ސަރުކާރަށް ގޮވާލަމުންނެވެ.
ފަތުރު ވެރިކަމަށް މީގެ ނޭދެވޭ އަސަރުކުރާތަން މިހާރުވެސް މިދަނީ ފެންނަމުންނެވެ. ރިޒޯޓުތަކުންނާއި ޓޫރިސްޓު ގެސްޓްހައުސްތަކުން ލިބުނު މައުލޫމާތަށް ބަލާއިރު މިހާތަނަށް ވަނީ 10800 ބުކިންގް އާއި 4000 އަށް ވުރެ ގިނަ އަދަދެއްގެ ޓިކެޓު ކެންސަލުކޮށްފައެވެ.
ސިޔާސީ މަގާމުތަކުގައި ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ލިބެމުން އަންނަ ފަރާތްތަކަކުން ކުރި މި އަމަލުގެ ސަބަބުން އެފަރާތްތަކުގެ އާމްދަނީއަށް އެއްވެސް އަސަރެއް ނުކުރި ނަމަވެސް، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އާންމު މުވައްޒަފުންނަށް މީގެ ނުރަނގަޅު އަސަރު ކުރުމުގެ ފުރުސަތު ބޮޑުކަމަށް ދާއިރާގެ ތަޖުރިބާކާރުން މައުލޫމާތު ދެއްވައެވެ. އެހެނީ ޓޫރިސްޓުން މަދު ވުމުގެ ސަބަބުން އެކަމުގެ އަސަރު ސާވިސް ޗާޖަށް ކުރުމާއި، އަދި ގިނަ އަދަދެއްގެ ޓޫރިސްޓް ގެސްޓްހައުސްތަކުގެ ބޮޑު އޮކިއުޕަންސީއަކީ އިންޑިއާގެ މިޑްލް މާކެޓް ކަމަށް ވުމުން، މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިން މަދުވެއްޖެ ނަމަ ސީދާ ރަށްރަށުގެ ހުރި ގެސްޓްހައުސްތަކަށް އެކަމުގެ އަސަރުކޮށް ރަށު އިގްތިސާދުތަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެއެވެ. އަދި ރާއްޖޭގެ ގިނަ ރިޒޯޓްތަކަކީ ކިރިޔާވެސް ޓޫރިސްޓް އެރައިވަލް ދަށް ވެލާއިރަށް މުވައްޒަފުން ކަނޑަމުން ގެންދާ ތަންތަން ކަމަށް ވުމުން، ފާއިތުވެދިޔަ ގިނަ އަހަރުތަކުގެ ރާއްޖޭގެ ޓޮޕް އެރައިވަލް މާކެޓް ކަމަށްވާ އިންޑިއާގެ ޓޫރިސްޓުން ރާއްޖެ އައުން މަދު ވެއްޖެ ނަމަ ގިނަ އަދަދެއްގެ ރިޒޯޓް މުވައްޒަފުންގެ ވަޒީފާ ގެއްލުމުގެ ބިރުވެސް އެބަ އޮތެވެ.
ދުނިޔެއަށް އަލަށް ޓޫރިޒަމް ދާއިރާއަށް 'ސަކްސީޑް' މޮޑެލް ކިޔާ މޮޑެލެއް ތައާރަފް ކުރި އަބްދުއްރަހީމްގެ ދަރި މިހާރުގެ ޓޫރިޒަމް މިނިސްޓަރުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
0%
0%
0%
0%
0%
25 ޑިސެންބަރު 2024
0
22 ޑިސެންބަރު 2024
0
16 ޑިސެންބަރު 2024
0
14 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4