ސަރުކާރުން މިކަމުގައި ހަނު އޮންނަނީ ސައުދީ އަރަބިއްޔާގެ ނުފޫޒުގެ ސަބަބުން
މި ފެށުނު ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި، އިޒްރޭލާއި އެމެރިކާ ގުޅިގެން އިރާނަށް ދެމުންދާ ވަރުގަދަ ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ދިވެހި ސަރުކާރުން ހަނު އޮތުމާއި، އެމެރިކާގެ އަސްކަރީ ބޯޓެއް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޖެއްސުމުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވާން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމެރިކާ އަސްކަރިއްޔާގެ ޓްރާންސްޕޯޓް މަތިންދާބޯޓެއް ވީއައިއޭގައި ޖެއްސުމަށްފަހު ވަނީ އޭގެ ޓްރެކަރ އޮފްކޮށްލާފައެވެ. މިއީ އިރާނަށް ދެމުންދާ ހަމަލާތަކަށް އެހީތެރިވުމުގެ ގޮތުން ކުރި ކަމެއް ކަމަށް ބެލެވޭތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިޒްރޭލުން އިރާނަށް ދިން ފުރަތަމަ ހަމަލާތަކުގައި ދެ ސުކޫލަކަށް ބޮންއަޅައި، މައުސޫމް 60 ދަރިވަރުން ޝަހީދުކޮށްލާފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާތަނަށް މިކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެއް ނުވެއެވެ.
މި ލާއިންސާނީ އަމަލާ ގުޅިގެން ރައްދު ދިނުމުގެ ގޮތުން އިރާނުން މިހާރު ދަނީ މެދުއިރުމަތީގެ އެކި ސަރަހައްދުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އޭގެ ތެރޭގައި އިޒްރޭލުގެ އިތުރުން ސައުދީ އަރަބިއްޔާ، ގަތަރު، ކުވެއިތު، ބަހްރައިން އަދި ޔޫ.އޭ.އީ ގައި ހުރި މަރުކަޒުތައް ހިމެނެއެވެ. އަދި އިރާނުން އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓެއް ވައްޓާލާފައިވާކަންވެސް މިހާރު ވަނީ ކަށަވަރުވެފައެވެ.
އިތުބާރު ހުރި މަސްދަރުތަކުން ބުނާ ގޮތުގައި، ސަރުކާރުން މިކަމުގައި ހަނު އޮންނަނީ ސައުދީ އަރަބިއްޔާގެ ނުފޫޒުގެ ސަބަބުންނެވެ. އިޒްރޭލާއި އެމެރިކާގެ ހަމަލާތައް ކުށްވެރި ނުކުރުމަށް ސައުދީން އެންގުމުން، ރައީސް މުޢިއްޒު އެކަމަށް އިޖާބަދެއްވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ދީނީ ކަންކަމަށް ލޯބިކުރާ ކަމަށް ބުނެ ވެރިކަމަށް އައި ސަރުކާރުން، ރަމަޟާން މަހެއްގައި މުސްލިމުންގެ ލޭ އޮހޮރުވަމުންދާއިރު ބަހެއް ބުނަން ނުކެރި އޮތުމަކީ ރައްޔިތުންގެ މެދުގައި ބޮޑު ސުވާލެއް އުފެދިފައިވާ ކަމެކެވެ. މީގެ އިތުރުން، ދީނީ ކަންކަމުގައި އަބަދުވެސް އަޑުގަދަކުރާ ސަލަފް ޖަމްއިއްޔާ ފަދަ ޖަމާއަތްތަކުން، އިރާނުގައި އުޅެނީ މުސްލިމުން ކަމާމެދު ސުވާލު އުފައްދާތީ ހަނު ތިބެނީތޯވެސް ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.
މުސްލިމް އުންމަތަކަށް ކުރިމަތިވެފައިވާ މި ނުރައްކާތެރި ދަނޑިވަޅުގައި، ދިވެހި ސަރުކާރުގެ މި ހިމޭންކަމާއި އެމެރިކާގެ އަސްކަރިއްޔާއަށް ފުރުސަތު ދިނުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްލާމީ ވަހުދަތާމެދު ބައިނަލްއަގުވާމީ މައިދާނުގައި ސުވާލު އުފެދިގެންދާނެ ކަމެއް ކަމަށް ސިޔާސީ މުހައްލިލުން ފާހަގަކުރެއެވެ.
0%
0%
0%
0%
0%
2 މާރިޗު 2026
0
2 މާރިޗު 2026
0
2 މާރިޗު 2026
0
2 މާރިޗު 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4