އަމިއްލަ ވިޔަފާރިވެރިން އަގު ބޮޑުކުރީ ގަސްތުގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވުން ސާބިތު ކޮންދެންޖެހޭނެ
މާލޭގެ ބާޒާރުގައި ބައެއް ބާވަތުގެ ތަކެތި، އަމިއްލަ ވިޔަފާރިވެރިން އަގުބޮޑުކޮށް ވިއްކީ ސިޔާސީ ބޭނުމުގައި ގަސްތުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި، ފެލިދޫގައި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅެއްގައެވެ. ރައީސް ވިދާޅުވީ، ރައްޔިތުންގެ ހައްގުގައި މި ފަހުން ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ މެދުވެރިކޮށް ތަރުކާރީއާއި މޭވާގެ ޖުމްލަ 20 ބާވަތެއް އެތެރެކުރަން ނިންމެވީ، ބައެއް ވިޔަފާރިތަކުން ސިޔާސީ ބޭނުމުގައި ތަކެތީގެ އަގު ގަސްދުގައި ބޮޑުކުރުމުން ކަމަށެވެ.
ނަމަވެސް، ރައީސްގެ މި ބަސްފުޅު ސާބިތުކޮށްދެވިއްޖެ ނަމަ، ފަހުން ފާސްކުރެވުނު ގާނޫނެއްގެ ދަށުން، މި ހަބަރު ލިޔުނު ނޫސްތަކާއި، ރައީސް މުއިއްޒަށްވެސް ގާނޫނީ ފިޔަވަޅުތައް އެޅިދާނެ ކަމަށް ގިނަ ބޭފުޅުން ދަނީ ބުނަމުންނެވެ.
މި ކަމާއި ގުޅިގެން ސަރުކާރުން އަދި މިހާތަނަށް އެއްވެސް ހެއްކެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ރައީސް ވިދާޅުވި ގޮތައް ގަސްތުގައި ތަކެތި އަގުބޮޑުކޮށް ވިއްކި ފަރާތްތަކަށް އެޅި ފިޔަވަޅެއްވެސް ފެންނާކަން ނެތެވެ.
މިކަމާއި ގުޅިގެން އަމިއްލަ ވިޔަފާރިވެރިން ބުނަމުންދަނީ، ރައީސް ވިދާޅުވި ގޮތަށް އަގު ބޮޑުކުރީ ގަސްތުގައި ނޫން ކަމަށެވެ. އެމީހުން ދެކޭ ގޮތުގައި، ދުނިޔޭގެ ބާޒާރުގައިވެސް އެދުވަސްކޮޅު އޮރެންޖާއި އާފަލް ފަދަ ބާވަތްތަކުގެ އަގު ބޮޑުވިއެވެ. އަދި އާންމުކޮށް ރާއްޖެއަށް ތަކެތި އެތެރެކުރާ ގައުމުތަކުގެ މާކެޓުގައިވެސް މި ތަކެތީގެ އަގު ހުރީ މަތީގައި ކަމަށް ވިޔަފާރިވެރިން ފާހަގަކުރެއެވެ. މީގެ އިތުރުން އެންމެ ބޮޑު ގޮންޖެހުމަކީ ޑޮލަރުގެ އަގު ބޮޑުވުމުގެ ސަބަބުން ތަކެތީގެ އަގަށް އަސަރުކުރުން ކަމަށާއި، އިންފްލޭޝަންވެސް ދަނީ މައްޗަށް ކަމަށް ވިޔަފާރިވެރިން ތަކުރާރުކޮށް ބުނަމުން ދެއެވެ.
0%
0%
0%
0%
0%
14 އޮކްޓޫބަރު 2025
0
14 އޮކްޓޫބަރު 2025
0
17 ސެޕްޓެންބަރު 2025
0
16 ސެޕްޓެންބަރު 2025
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4