ކުރުސީ, ދިޔަވަރު, އަދި ދޮންއަމާ އަކީ މުއިއްޒުގެ ވަކިތަކުން މިނިވަންވެ ތިބެ ސަރުކާރުން ހިންގާ ޖަރީމާތައް ގެނެސްދޭ ހަމައެކަނި ތިން ވެބްސައިޓެ
މުއިއްޒަކީ ވެރިކަމަށް އައުމުގައިވެސް ފުޅާ ދާއިރާއެއްގައި ދޮގާއި މަކަރާއި އޮޅުވާލުން ބޭނުން ކޮށްގެން ވެރިކަމަށް އައި މީހެކެވެ. ވެރިކަމަށް އައުމަށްފަހު ފުރަތަމަވެސް ފާޑު ކިޔާ ނޫސްތައް ބަންދުކުރިއެވެ. މިކަމާ ސުވާލު ކުރުމުން ސަރުކާރުގެ އެކިއެކި ތަރުޖަމާނުން ދެއްވީ އެކިއެކި ޖަވާބެވެ. އެންމެފަހުން އޭގައި ގޯސްވީ އެ ވެބްސައިޓްތަކަށް ވަންނަން މަސައްކަތްކުރި ފަރާތްތަކުގެ އިންޓަނެޓް ކަނެކްޝަނެވެ. އެހެންނަމަވެސް ބައިނަލްއަގްވާމީ މުޖުތަމައުން އައި ޕްރެޝަރުތަކަށް ކެތް ނުވެގެން މުއިއްޒަށް ޖެހުނީ އެ ނޫސްތަކަށް އަލުން ވަދެވޭ ގޮތަށް ޓެލެކޮމް މެދުވެރިކޮށް ހުއްދަ ދޭށެވެ.
ދެން މިހާރު މުއިއްޒު ދިމާ ކޮށްފައި މިވަނީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި ދުވަހަކުވެސް ރައީސް އޮފީހުން ނުވެއްޓޭ ފެންވަރަކަށް ވެއްޓުމަށަވެ. ރައީސް އޮފީހާއި މިނިސްޓްރީތަކާއި އެކިއެކި ކުންފުނިތަކުން މުއިއްޒު އަންގައިގެން މީޑިއާ ކައުންސިލަށް ޕްރެޝަރ ކޮށްގެން ނޫސްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށެވެ. އާންމު އުސޫލަކީ މީޑިއާ ކައުންސިލަށް ޝަކުވާ ހުށަހަޅައި ކަންކަން ކުރަނީ އާންމު ފަރުދުން ކަމަށްވެފައި، ސީދާ ދައުލަތުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް އެކިއެކި ހޮޅި ޝަކުވާ ކޮށްގެން މީޑިއާ ކައުންސިލަށް ވަކި ކަމަކަށް މަޖުބޫރު ކުރުމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ދުވަހަކުވެސް ފެނިފައި ނުވާފަދަ ހުތުރު އަދި މަޖާ ކަމެކެމެވެ.
މި ނޫހާއި އަދި "ދިޔަވަރު" އަދި "ކުރުސީ" ނޫހާ ދެކޮޅަށް ހުށަހެޅި 16 ޝަކުވާގެ ތެރެއިން 8 ޝަކުވާ ހުށަހަޅުއްވައި ރައީސް އޮފީހުން ވަނީ ތާރީޚުގެ ތެރެއަށް ވަންނަވާފައެވެ. ދެން ހުރި ޝަކުވާތައް ހުށަހެޅީ މުޅީންވެސް ދައުލަތުގެ މިނިސްޓްރީތަކާއި ކުންފުނި ތަކުންނެވެ.
މީޑިއާ ކައުންސިލް އެކުލެވިގެންވަނީ އެކިއެކި ޕަބްލިޝްޑް ނޫސްތަކަކުން ހޮވާ ކައުންސިލެއްގެ މައްޗަށް ކަމަށްވުމުން، މުއިއްޒު އަންގައިގެން ސަރުކާރުގެ އެކިއެކި ކުންފުނިތަކުން ގެންދަނީ މި ކައުންސިލްގައި ތިއްބެވި އެކިއެކި ނޫސްތައް ތަމްސީލް ކުރާ ފަރާތްތަކަށް ގުޅައި ބިރު ދައްކަމުންނެވެ. މިގޮތުން ފިޔަވަޅު ނާޅައިފިނަމަ މިހާރު ދެމުން ގެންދާ ސްޕޮންސަރތައް ކަނޑާލާނެ ކަމަށާއި އަދި ފިޔަވަޅު އަޅައިފިނަމަ ލިބެންހުރި ފައިސާގެ އަދަދުތަކުގެ ވާހަކަވެސް ވަނީ ދައްކާފައެވެ.
މިހެން މިކަން ކުރިނަމަވެސް މީޑިއާ ކައުންސިލަކުން އިންޓަނެޓްގައި ބަޔަކު ފާޅުކުރާ ހިޔާލަކަށް ހުރަސް ނޭޅޭނެކަމަށް ޤާނޫނީ ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ. އަދި މީޑިއާ ކައުންސިލަކީ އެތަނުގައި ރަޖިސްޓްރީ ވެގެން ހިންގާ ނޫސްތައް ރެގިއުލޭޓް ކުރާ ބަޔަކަށް ވެފައި، އިންޓަނެޓްގައި މީހަކު ލިޔާހާ އެއްޗެއް ރެގިއުލޭޓް ކުރަން ހިފައިފިނަމަ ދުވަސްކޮޅަކުން ސީއެންއެން އާއި ބީބީސީ އާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މެންޑޭޓާވެސް ހަވާލު ވެވޭނެކަމަށް މި ފަރާތްތަކުން މައުލޫމާތު ދެއެވެ. އެހެންކަމުން މިއީ މީޑިއާ ކައުންސިލްގެ މެންޑޭޓުން މުޅިން ބޭރުން މުއިއްޒުގެ ބިރު ދެއްކުމަށް ނެރުނު ބަޔާނެއް ކަމަށް ޤާނޫނީ ބޭފުޅުން ދެކިލައްވައެވެ.
0%
0%
0%
0%
0%
25 ޑިސެންބަރު 2024
0
22 ޑިސެންބަރު 2024
0
16 ޑިސެންބަރު 2024
0
14 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4