އަނެއްކާވެސް މުއިއްޒުގެ ދެކޮޅު ނުޖެހޭ އުސޫލެއް، މައިންބަފައިން ބަލައި ދަރިންނަށް ބޯހިޔާވަހިކަމުގައި ގިނަ ޕޮއިންޓް ދޭ އުސޫލަށް ގިނަ ބައެއްގެ ފާޑުކިޔުން!
މައިންބަފައިން ބަލައި ދަރިންނަށް ބޯހިޔާވަހިކަމުގައި ގިނަ ޕޮއިންޓް ދޭ އުސޫލަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ގިނަ ބަޔަކު އަންނަނީ މިއީ އެއްގޮތަކަށްވެސް ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ބުނަމުންނެވެ. މޮޅު ކަމެއް ކޮށްލުމަށް މުއިއްޒު ކުރި މި ކަންތައް ގިނަ ބަޔަކު އިތުރުކުރީ މުއިއްޒުގެ ދެކޮޅު ނުޖެހޭ ސިޔާސަތުތަކުގެ ތެރެއަށެވެ.
ގެދޮރު ހޯދުމުގެ ބޭނުމުގައި މައިންބަފައިން ރަނގަޅަށް ނުބެލި ކަމުގައިވިޔަސް ގޭގައި ގެންގުޅެން ބޭނުންވާ ދަރިން ދެން ގިނަވާތަން ފެންނާނެއެވެ. މިކަމުގައި ދަރިން މެދުގައިވެސް ހިޔާލު ތަފާތުވުން އުފެދޭ ހިސާބަށް ދާނެއެވެ.
ނުވިތާކަށް ހުރިހާ އެންމެންގެ މައިންބަފައިން ދުނިޔޭގައި ތިބޭނެކަމަށްވެސް ދެކިގެން ނުވާނެއެވެ. ދެން އެމީހުން ހަދާނީ ކިހިނެއްހެއްޔެވެ؟ މަދުން ޕޮއިންޓް ލިބި ލިބި، ދުވަހަކުވެސް އެދެވޭ މިންވަރަށް ޕޮއިންޓް ނުލިބި ގަނަތެޅެން ދޫކޮށްލަންވީ ހެއްޔެވެ؟
މުއިއްޒުގެ ހުރީ ހައްތަހާވެސް މިކަހަލަ ދޯހަޅި ސިޔާސަތުތަކެވެ. ރައްޔިތުންނަށް އެދެވޭ ފައިދާއެއް ކުރާނެ އެންމެ ސިޔާސަތެއްވެސް މިހާތަނަށް ގެނެވިއްޖެހެއްޔެވެ؟
0%
0%
0%
0%
0%
ޢަޒީބެ
22 މޭ 2024
ކޮންމެ ކަމެއް ސިޔާސީ ކުރުމަކީ ވ.ދެރަކަމެއް ގެދޮރު ނެތް މައިންބަފައިން ބަލާ ދަރީން ނަކީ މުހިންމު ދީނީ ވާޖިބެއް އަދާކުރާބައެއް އެއީ ތަރުތީބު ވެފަ އޮންނަ ކަމެއް ފުރަތހަމަ ނަފުސު ދެނ އަނބިމީހާ ދެން ދަރީން ދެން މައްމަ ދެނ ބައްޕަ ވެެއިރު އަނބިމީހާއަށާއި ދަރީންނަށް ލިބޭގޮތަަށް މައިން ބަފައިން ބަލަންޖެހިފަިވާ ދަރިންނަށް ޕޮއިންޓް ލިބެން ޖެހޭ އެކަމަކު އެއީ ކޮންމެހެން ބަލަންޖެހޭ ހާލަތުގައި
ނާ
22 މޭ 2024
ދަރިން ނުލިބޭ މީހުންވެސް ގަނަ ތެޅެނީ.. ދުވަހަކުވެސް ފްލެޓް ލިބޭވަރަށް ޕޮއިންޓު ނުލިބޭ... އިންފާޓިލިޓީގެ މައްސަލަ ހުރީމަ ދަރިއަކު ލިބުމުން މަހުރޫމު ވުމާއެކު އުޅޭނެ ތަނެއްވެސް ނުލިބޭ.. ހުރިހާ ސަރުކާރެއްގަވެސް ކަން އޮތީ އެހެން.
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4