ކަރަޕްޝަން ނެޓުވޯކެއްގެ ޑޮކުއުމެންޓުތަކެއް، ވިސްލްބުލޯއާރ އަކުން ލީކު ކޮށްލައިފި!
މިހާރުގެ ރައީސް ޑރ. މުއިއްޒު، މާލެ ސިޓީގެ މޭޔަރަކަށް ހުންނަވައިގެން ހިންގެވި ކޮރަޕްޝަންގެ ބޮޑު ނެޓުވޯކެއްގެ ވާހަކަތައް ދޮންއަމާ ނޫހަށް ލިބުނު ބިލްތަކާއި، އިންވޮއިސްތަކުގެ އަލީގައި ހާމަވެއްޖެއެވެ. މި ނެޓުވޯކްގެ މައިގަނޑު މީހުންގެ ތެރޭގައި، ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރުކަން ކުރައްވާފައިވާ ނިމާލާއި، އޭނާގެ ދަރިފުޅު އިބްރާހީމް އަޒްޔާން ނިމާލުގެ އިތުރުން، ނިމާލުގެ ވަރަށް ގާތް ގުޅުން އޮންނަ ފަރާތްތަކުގެ މާލީ މުޢާމަލާތްތަކާ ބެހޭ އައު ތަފްޞީލުތަކެއް ލިބިފައިވެއެވެ.
ލީކްވެފައިވާ ރެކޯޑުތަކުގައިވާ ގޮތުން، އެމް. ލިލީ ޕެލަސްގެ ޢަބްދުﷲ މާޒިން މުޙައްމަދުގެ ނަމުގައި ހިންގާ ކަމަށް ބެލެވޭ އެމްސްކުއެއަރޑް އިންވެސްޓްމަންޓް އަކީ އަޒްޔާންގެ އެންމެ ގާތް މީހުންނާ ގުޅުން އޮތް ވިޔަފާރިއެކެކެވެ. އެތެރޭގެ އެތެރޭގެ މަޢުލޫމާތު ދޭ ފަރާތްތަކުން މާޒިން ސިފަކޮށްފައިވަނީ އަޒްޔާންގެ "ކަނާތްއަތު" ގެ ގޮތުގައެވެ. މޭޔަރުކަމުގައި ހުންނަވައިގެން ރައީސް މުޢިއްޒު ވަނީ ގިނަ އަދަދެއްގެ މާލޭ ސިޓީ ކައުންސިލްގެ މަޝްރޫޢުތައް މި ވިޔަފާރި މެދުވެރިކޮށްވެސް ހިންގާފައި ކަމަށް ވެސް ތުހުމަތު ކުރެވެއެވެ.
އެމްސްކުއެއަރޑް އިންވެސްޓްމަންޓް ގެ ޕީއޯއެއް
މީގެ އިތުރުން، ލީކުތަކުން ހާމަވާ ގޮތުގައި ކޮކާ ކޮންސްޓްރަކްޝަންސް އަކީ ރައީސް މުޢިއްޒުގެ އެންމެ އިތުބާރު ބޮޑު އެހީތެރިޔާގެ ގޮތުގައި ފާހަގަކުރެވޭ ނިމާލްގެ ކޮއްކޮ އަދި އަޒްޔާންގެ ބޮޑުބޭބެ ކަމަށްވާ ޙުސައިން ނިޝާޙާ ގުޅުން އޮތް ވިޔަފާރިއެކެވެ. ނިޝާޙްގެ ނަމުގައި ކުންފުނި އޮތްކަމުގައި ވިޔަސް، ކޮކާ ކޮންސްޓްރަކްޝަންސް އަކީ ސީދާ ނިމާލް އަދި އޭނާގެ ދަރި އަޒްޔާންގެ ބެލުމުގެ ދަށުން ހިންގާ ވިޔަފާރިއެކެވެ. ރައީސް މުޢިއްޒު މާލޭގެ މޭޔަރުކަން ކުރެއްވި ދުވަސްވަރު ހިނގި އެކި މަޝްރޫޢުތަކުގެ ނަމުގައި ކޮކާ ކޮންސްޓްރަކްޝަންސް އަށް ބިލްހަދާ ފައިސާދީފައިވާ ތަން ޑޮކިއުމަންޓުތަކުން ފެނުމަކީ މި މައްސަލަ އިތުރަށް ގަދަ ބާރުވާ ކަމެކެވެ.
މަޢުލޫމާތު ދޭ ފަރާތްތަކުން ބުނާ ގޮތުގައި، ނިމާލް ވަނީ ދިގު މުއްދަތެއްގައި ރައީސް މުޢިއްޒުގެ ނާޖާއީޒު މާލީ ކަންކަން ބަލަހައްޓަމުން ގޮސްފައެވެ. މިހާރުވެސް މި ނުފޫޒު ސަރުކާރުގެ އެންމެ މަތީ ފަންތީގައި ދެމިއޮތުމަކީ، ހާމަކަން ބޮޑު ގޮތެއްގައި ޖަވާބުދާރީވުމާ ބެހޭގޮތުން ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމެއް ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ.
އަޅުގަނޑުމެންގެ މިހާރުވެސް ދަނީ ލީކްވެފައިވާ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ތަޙްޤީޤު ކުރިއަށްދާ ވަރަކަށް، މި މައްސަލައާ ގުޅޭ އިތުރު އަޕްޑޭޓްތައް އާންމުކުރަމުން ގެންދާނެއެވެ.
0%
0%
0%
0%
0%
ޙަސަން
17 ސެޕްޓެންބަރު 2025
މޭޔަރ މުއިއްޒުގެ މޭޔަރ ކަމުގައި އަޒިޔަން ހުރީވެސް ކައުންސިލްގެ ކޮންސަލްޓެންޓެއް ގޮތުގައި
2 މާރިޗު 2026
0
2 މާރިޗު 2026
0
2 މާރިޗު 2026
0
2 މާރިޗު 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4