ރިފަރަންޑަމް ބިލް ތަސްދީގު ކުރުމަށް ފަހު ރައީސް މުއިއްޒު ފުރަތަމަ އަހަންވީ އެމަނިކުފާނަށް ވޯޓުދިން ރައްޔިތުން މިހާރު ރުހޭތޯ؟ - ފައްޔާޒު
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން، އަލްފާޟިލް ފައްޔާޒު އިސްމާޢީލް، ރިފަރަންޑަމް ބިލް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ކުރެއްވުމަށްފަހު، އެންމެ ފުރަތަމަ ރައްޔިތުންނާ ސުވާލުކުރަންވީ އެމަނިކުފާނަށް ވޯޓު ދިން ރައްޔިތުން މިހާރު ރުހޭތޯ ނުވަތަ ނޫންތޯ ކަމަށް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ އެމްޑީޕީގެ ގައުމީ މަޖިލީސްގެ ކުއްލި ބައްދަލުވުމެއްގައި، އެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނަވައިގެން ޚިޔާލު ހުށަހަޅުއްވަމުންނެވެ.
ރޭގެ ބައްދަލުވުމުގައި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުރިހާ މެންބަރުންވެސް އިއްތިފާގުވެފައިވަނީ މި ސަރުކާރުން ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހަލާކުކޮށްލާފައިވާ ކަމަށާއި، މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީން މަގުމައްޗަށް ނުކުންނަން ޖެހޭ ކަމަށެވެ. މީގެ އިތުރުން، އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު އެމްޑީޕީން ބާއްވަން ނިންމާފައިވާ ބޮޑު މުޒާހަރާ ހުއްޓާލަންވާނީ ސަރުކާރު ހަމަ މަގަށް އެޅުވުމަށްފަހު ކަމަށްވެސް ބައްދަލުވުމުގައި ބައެއް މެންބަރުން ހިޔާލް ދީފައެވެ.
ފައްޔާޒު އިސްމާޢީލް ރޭގެ ބައްދަލުވުމުގައި އިތުރަށް ވިދާޅުވެފައިވަނީ، "އެމްޑީޕީގެ ވެރިކަމެއްގައި މިފަދަ ގާނޫނުތައް އުވާލާނެ ކަމަށެވެ." ނަމަވެސް ރައްޔިތުންގެ ހިޔާލު މިކަމާއި ފުށޫއަރައެވެ، އެމްޑީޕީއިން ބިލް އުވާނުލާނީކީ ނޫންނެވެ. މި އަދުގެ ހާލަތުން ހިސާބެއް ޖަހާ ބަލާއިރު ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ފަހަރަކު ބާރަކުން ބާރަކުން ފޭރެމުން ގޮސް ރިޔާސީ އިންތިޚާބުވެސް ބޭއްވުމާ މެދު ސައްކެވެ. މިހާރު އޮތް ސަރުކާރުން ކަމެއް ޑިމޮކްރެޓިކް އުޞޫލުން ކުރާނެ ކަމަށް ގަބޫލުކުރުމަކީވެސް ގާފިލްކަމެކެވެ.
ރައްޔިތުންގެ މެދުގައި ދެކެވޭ ވާހަކަތަކުން އެނގެނީ، އުންމީދަކީ އެމްޑީޕީ ކަމަށާއި ނަމަވެސް އެމްޑީޕީގެ "ލޮނު މަޑުވެފައި" ވާ ކަމަށް ވެއެވެ. ރައްޔިތުންގެ އަސާސީ ހައްގުތަކާއި ކުޅެވޭ ކުޅެވުމުން ބަޔާނެއް ނެރެ، މާ ދިގު މުއްދަތުތަކެއް މީގެ ކުރިން އެމްޑީޕީ ދިންތަނެއް އަހަރުމެންނަށް ފެނިފައެއް ނެތީއެވެ. ރައްޔިތުންގެ އުންމީދަކީ، ކުއްލި ހަރަކާތްތަކުން ސަރުކާރު ޖަބާވު ދާރީކުރުވުމެވެ. އަދި ނިޒާމީ ގޮތުން މަގުން ކައްސާލާފާނެ ހާލަތަކަށް އަރައިގަތުމަށް ޕުރެސަރުކުމެވެ. މިކަމަށް އެމްޑީޕީގައި އެ ހިތްވަރު ހުރި މީހުން އަދިވެސް ތިބިކަން މިދިޔަ އަންގާރަ ދުވަހު ފެނިގެން ދިޔަ ހަރަކާތްތަކުން ވަނީ ހާމަވެފައެވެ.
0%
0%
0%
0%
0%
2 މާރިޗު 2026
0
27 ފެބުރުވަރީ 2026
0
25 ފެބުރުވަރީ 2026
0
18 ސެޕްޓެންބަރު 2025
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4