ބައިނަލްއަޤްވާމީ ފިޝަރީޒް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި މި މަޙާސިންތާގައި ދިވެހިރާއްޖޭގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސިޔާމު އޮޅުވާލީ އަމިއްލަ ނަފްސައް!
ފިޝަރީޒް މިނިސްޓަރ އަޙްމަދު ސިޔާމު އިއްޔެ ބޭއްވުނު ބައިނަލްއަޤްވާމީ ސީއޯއެފްއައި 36 ވަނަ މަޙާސިންތާގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖެއަށް މަސް އިމްޕޯޓު ނުކުރާކަމަށް ވިދާޅުވެ ކަނޑައެޅިގެން ދޮގު މަޢުލޫމާތެއް ދެއްވައިފިއެވެ. ބައިނަލްއަޤްވާމީ ފިޝަރީޒް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި މި މަޙާސިންތާގައި ދިވެހިރާއްޖޭގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސިޔާމު ވިދާޅުވެފައިވަނީ ރާއްޖެއަށް ހަމައެކަނި އިމްޕޯޓު ނުކުރަނީ މަސްކަމަށެވެ. ނަމަވެސް މިއީ ޙަޤީޤަތާ ޚިލާފު ވާހަކައެކެވެ.
ޙަޤީޤަތުގައި ރާއްޖެއަށް އެންމެ ގިނައިން ކަނޑުމަހުގެ ބާވަތްތައް އެތެރެކުރަނީ ތައިލެންޑުންނެވެ. ތައިލެންޑަކީ ރާއްޖޭގެ ރޯމަސް އެންމެ ބޮޑަށް އެކްސްޕޯޓުކުރާ ޤައުމުކަމާއި، އެ ތަކެތި ވެލިއު އެޑްކުރުމަށްފަހު އަނބުރާ ރާއްޖޭގެ ބާޒާރަށް އޭގެ އަގަށްވުރެ ބޮޑު އަގުގައި އެތެރެކުރާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ހުރިހާ ރިސޯޓުތަކަށް ބޭނުންވާ 1 ކިލޯގެ މަސްދަޅު އެތެރެކުރަނީ ތައިލެންޑުންނެވެ. މިފްކޯއިން މިކަން ނުކުރަނީ ހެދިފައިވާ ވަކި ޑީލެއްގެ ދަށުން ކަމަށް ތުހުމަތު ކުރެވެއެވެ.
މިނިސްޓަރ ސިޔާމު އިތުރަށް ވިދާޅުވެފައިވަނީ ޤައުމުގެ މަސައްކަތްތެރިންގެ 11 އިންސައްތައަކީ މަސްވެރިންކަމަށާއި، ޤައުމުގެ އިޤްތިޞާދުގެ 6 އިންސައްތައަކީ މަސްވެރިކަން ކަމަށެވެ. ނަމަވެސް މި ވާހަކަފުޅާއި ސަރުކާރުގެ ޢަމަލުތައް ދިމާނުވާކަން ފާހަގަކުރެވެއެވެ. ސަރުކާރުން ވަނީ މަސްވެރިންނަށް ދެމުން އައި ސަބްސިޑީ ކަނޑާލައި، ދޮޅު ކިލޯ ހަމަނުވާ މަހެއްގެ އަގު 7 ރުފިޔާއަށް ކުޑަކޮށްފައެވެ. އަދި މަސްވެރިންނަށް 48 ގަޑިއިރުން ދޭން ބުނި ފައިސާ 14 ދުވަހުން ދޭގޮތައް އުސޫލެއް ހަދާއި އިއްލާނުކޮށްފައެވެ.
އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި މިނިސްޓަރުގެ ބަޔާނާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ މިނިސްޓަރުގެ ބަސްފުޅު އޮޅިގެން ދިޔަ ކަމަށެވެ.
0%
0%
0%
0%
0%
13 ވގ
9 ޖުލައި 2024
ޗަކޮޔަން އެގޭތަ
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
30 މާރިޗު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4