ބެންކޮކް އަދި ޑުބާއީގެ ހޮސްޕިޓަލު ތަކުގައިގައި އަދިވެސް އާސަންދަ ހިދުމަތް ނުލިބޭތާ، އާސަންދައިގެ ކައުންޓަރު ގަނޑެއްވެސްނެތް!
ސަރުކާރުން ތަކުރާރުކޮށް ދެމުންދާ ޔަގީންކަމާ ޚިލާފަށް، ބެންކޮކް އަދި ޑުބާއީގެ ހޮސްޕިޓަލު ތަކުގައިގައި އަދިވެސް އާސަންދަ ހިދުމަތް ނުލިބޭތާ، އާސަންދައިގެ ކައުންޓަރެއް ޤާއިމުކުރެވިފައި ނުވެއެވެ. މިކަމުގެ ސަބަބުން ބެންކޮކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން އަދިވެސް ތިބީ ވާނުވާގައި ކަމަށް މިނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.
ރައީސް މުޢިއްޒު ވަނީ ޑުބާއި އަދި ބެންކޮކުން އާސަންދަ ޚިދުމަތް ލިބޭނެ ކަމަށް ތަކުރާރުކޮށް، އެކި އެކި ފޯރަމްތަކުގައި ވިދާޅުވެފައެވެ. ނަމަވެސް، މިހާތަނަށް މި ވަޢުދު ފުއްދިފައި ނުވާކަން ފާހަގަކުރެވެއެވެ. ހޮސްޕިޓަލްގެ މެނޭޖްމަންޓުން މަޢުލޫމާތު ދޭގޮތުގައި، އެ ފަރާތްތަކަށް މިފަދަ ޚިދުމަތެއް ފެށުމާ ގުޅޭގޮތުން އެއްވެސް އިޝާރާތެއް ލިބިފައެއް ނުވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ޚިޔާލު ފާޅުކުރައްވަމުން، ސިޔާސީ ދާއިރާގެ ފާޑުކިޔުންތެރިއެއް ވިދާޅުވީ، "ސަރުކާރުން މޮޅުވާ ވާހަކަ ދައްކައިގެން ރައްޔިތުން ގުނބޯ ހެއްދުން ހުއްޓާލަންޖެހޭ" ކަމަށެވެ. އިތުރަށް އޭނާ ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން ޔޫރަޕުން ބޭސް ގެނައި ނަމަވެސް، އެ ބޭސް ލިބުނު ދިވެއްސަކު މިހާރު ފެންނާކަށް ނެތް ކަމަށެވެ.
އިދިކޮޅު އެމްޑީޕީގެ އާންމު މެންބަރުން ވިދާޅުވާ ގޮތުގައި، "އެންސްޕާ ތުރޫކޮށް، ތިމާގެ ޓީވީ ޗެނަލްއަށް ދިން ފައިސާގެ ވާހަކަ އޮށްބާލަން" މި ފަދަ އިޢުލާންތައް ކުރަމުންދަނީއެވެ. ނަމަވެސް، ޙަޤީޤަތުގައި މި ޚިދުމަތް ފޯރުކޮށްދިނުމަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާކަމެވެ.
މި މައްސަލައާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް، ބެންކޮކުގައި ދިރިއުޅޭ ދިވެހިންގެ ފަރާތުން މި ޚިދުމަތް ލިބުމަށް ބޮޑު އުންމީދެއް ކުރަމުންދާ ކަމެކެވެ.
0%
0%
0%
0%
0%
2 ޖުލައި 2025
0
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4