އަތުހަރު އިބްރާހީމް ރަޝީދު
ތައިލޭންޑްގެ ވެރިރަށް ބޭންކޮކްގެ ޖަލަށްލުމަށް ފަހު އެ ގައުމުން ޑީޕޯޓްކޮށް މެލޭޝިޔާއަށް ފޮނުވާލި މީހަކަށް ފިނޭންސް މިނިސްޓަރުގެ ނައިބުކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ފިނޭންސް މިނިސްޓަރުގެ ނައިބު ކަމަށް އައްޔަންކޮށްފައި ވަނީ ގދ. ތިނަދުއަށް ނިސްބަތްވާ އަތުހަރު އިބްރާހީމް ރަޝީދެވެ.
އަތުހަރާއި ވިޔަފާރިވެރިޔާ މިސްރާބު ޒާހިރުގެ ދަރިފުޅު ވަނީ ބެންކޮކްގެ ޖަލަށްލައިފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ ދެ މީހުން ޖަލަށްލީ ޓެކުހަށް މަކަރު ހެދި ކަމުގެ ތުހުމަތުގަ އެވެ.
އެ ދެ މީހުން ތައިލޭންޑުން ގެއެއްވެސް ގަނެފައިވެއެވެ. ޖަލަށްލުމަށްފަހު ބޭންކޮކުން ވަނީ މެލޭޝިޔާއަށް އެ ދެ މީހުން ޑީޕޯޓްކޮށްލާފައެވެ.
އަތުހަރަށް ޑެޕިއުޓީ މިނިސްޓަރުކަންދިންކަން ފިނޭންސް މިނިސްޓްރީން ވަނީ ޓްވީޓްކޮށްފައެވެ. ނަމަވެސް އޭނާއަށް އެ މަގާމުދިންކަން ރައީސް އޮފީހުން ވަނީ ސިއްރުކޮށްފައެވެ.
މިހާތަނަށް ރައީސް އޮފީހުން އަމަލުކުރަމުން އައި އުސޫލަކީ ޑެޕިއުޓީ މިނިސްޓަރާއި ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމަކަށް ބޭފުޅަކު އައްޔަންކޮށްފިނަމަ، އެކަން ޚަބަރެއްގެ ގޮތުގައި ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއު ކުރުމެވެ.
ނަމަވެސް ހުރިހާ ކަމެއް ވެސް ހާމަކުރައްވާނެ ކަމަށް ވިދާޅުވެ، ވެރިކަމަށް ވަޑައިގެންނެވި މުއިއްޒުގެ ސަރުކާރުން މިހާރު އެފަދައިން އަމަލު ނުކުރެއެވެ. އެއީ މަގާމްތަކަށް މީހުން އައްޔަން ކުރާ ވާހަކަ ގިނައިން ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރާފާނެތީއެވެ. ކެމްޕޭން ތެރޭގައި ސިޔާސީ މަގާމްތައް ގިނަ ނުކުރައްވާނެ ކަމަށް ވިދާޅުވެ ހެއްދެވީ އިތުރުފުޅެއްކަން ރައްޔިތުންނަށް ހާމަވެދާނެތީއެވެ.
މަގާމްތަކަށް އައްޔަން ކުރައްވާނީ ގާބިލް ނަޒާހަތްތެރިން ކަމަށް މުއިއްޒު ވިދާޅުވެފައި ވިޔަސް އަތުހަރަށް މަގާމު ދިން ދިނުމަށް ބެލިޔަސް މުއިއްޒުގެ ބަހާއި އަމަލު ދިމާނުވާކަން ސާފުކޮށް އެނގެއެވެ.
0%
0%
0%
0%
0%
ނަސީމު
2 ފެބުރުވަރީ 2024
ބެނޮކޮކު މީހުނޮ ރަނގަޅެއް ނޫން
ހުސެއިން
6 ޖަނަވަރީ 2024
މީނަމީ އެތައް ދިވެހިންގެ މުދާހިފއިގެން ފިލިމީއެއް
ސައٍދު
6 ޖަނަވަރީ 2024
އަހުރެމެންކުރިންވެސްބުނٍމުތިޔަފެއްނަނٍވަގުންނެ
31 މާރިޗު 2025
0
18 ޑިސެންބަރު 2024
0
5 ޑިސެންބަރު 2024
0
4 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4