ވައްކަމާއި ފަސާދައިގެ އާ ޖީލެއް: ނިމާލްގެ ދަރިފުޅު އަޒްޔާންއަކީ މައި އާރުކަޓީ!
ރާއްޖޭގެ ސިޔާސީ މައިދާނުގައި ވައްކަމާއި ފަސާދައިގެ ކަންކަން ހިންގުމުގައި ބައިވެރިވާ މީހުންގެ އާ ޖީލެއް ތައްޔާރުކުރަމުން އަންނަ ކަމުގެ ތުހުމަތުތައް ވަރުގަދަވަމުންދާއިރު، މިކަމުގައި "ކާލާ މަންނަ" އަކަށްވެފައި ވަނީ ނިމާލްގެ ދަރިކަލުން އިބްރާހީމް އަޒްޔާން ނިމާލް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ވައްކަމާއި ފަސާދައިގެ އާ ޖީލެއް ތައްޔާރުކުރުމުގައި ނިމާލްގެ އެންމެ މައި އާރުކަޓީއަކީ އޭނާގެ ދަރިކަލުން އަޒްޔާންއެވެ. ނިމާލްގެ އެންމެ ވަރުގަދަ އެއް ބަރު ހަތިޔާރަކީ މި ކަލޭގެ ކަމަށްވެސް އެނގިފައިވެއެވެ. އޭނާގެ އުޅުމަކީ ހިންދީ ފިލުމެއްގެ ޑޯނުގެ އުޅުން ކަމަށް އޭނާއާ އެކުގައި އުޅޭ އެކުވެރިން ވަނީ ހިއްސާކޮށްފައެވެ. ދަންވަރު ގަޑި ނިމާލްގެ އޯޑަރަށް ކޮރަޕްޝަންއާ ފަސާދައިން ފުރިފައިވާ މީހުންނާ އެކީ ކޮފީތަކުން ބަދަލުކުރާތަން އަބަދުވެސް ފެންނަ މޫނެއް ކަމަށް މި ނޫހަށް މައުލޫމާތު ދިން ފަރާތަކުން ބުނެއެވެ.
ނިމާލް އޭނާގެ އެއްވެސް ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ނުކުރުމުގެ އަސްލަކީ އަމިއްލަ ދަރި ލައްވާ ކޮރަޕްޝަންގެ ޖަރީމާތައް ހިންގުންކަމަށްވެސް މި ނޫހަށް މައުލޫމާތު ދިންފަރާތަކުން ބުނެއެވެ. އޭނާގެ ބައްޕަ ފަދައިން އަޒްޔާންއަކީވެސް ބަސް މަދު، ހިޔަޅު ވިސްނުމުގެ މީހެއްކަމަށް އޭނާގެ ހަގީގަތް އިނގޭމީހުން ބުނެއެވެ.
ކޯޓޭޝަންތައް ތައްޔާރުކޮށްފައި މާކެޓް ރޭޓަށް ވުރެން އެތައް ގުނައެއް ބޮޑު އަގެއްގައި ނިމާލްގެ އޯޑަރަށް އެއްޗެހި ސަޕްލައި ކުރި މީހަކީ އަޒްޔާން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ފުޓްބޯޅަ މެޗެއްގައި ނަމަ، ނިމާލް އަދި ރައީސް މުޢިއްޒު ގުޅިގެން ހިންގި ކޮރަޕްޝަންގެ މުޑުދާރު ޢަމަލުގެ ސެންޓަރ ފޯވަޑަކީ ޝައްކެއްވެސް ނެތް ގޮތުގައި އޭނާގެ އަމިއްލަ ދަރިއެވެ.
މި މައްސަލައާ ގުޅުން ހުރި ކޮކާ ކޮންސްޓްރަކްޝަންސް އަކީ ނިމާލް އަދި އަޒްޔާންގެ އަންކަލެއް ކަމަށްވާ ޙުސައިން ނިޝާޙާ ގުޅުން އޮތް ކުންފުންޏެކެވެ. ރައީސް މުޢިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު، ކޮކާ ކޮންސްޓްރަކްޝަންސް އަށް ވަނީ އެތައް މިލިއަން ރުފިޔާއެއް ކަރަޕްޝަނުގެ ތެރެއިން ދީފައެވެ. ނިމާލަކީ ރައީސް މުޢިއްޒުގެ މިފަދަ ފައިސާ ހޯދުމުގެ ކޮންސަލްޓެންޓް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. މި މައްސަލައާ ގުޅޭގޮތުން އިތުރު ތަފްސީލުތައް ހޯދުމަށް ކުރެވެމުންދާ މަސައްކަތްތައް ދަނީ ކުރިއަށެވެ.
0%
0%
0%
0%
0%
21 ގަޑިއިރު ކުރި
0
22 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
31 މާރިޗު 2025
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4