ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ގައުމުގެ އިގްތިސާދަށް ބުރަވެގެން މިއުޅެނީ ޑިމޮކްރަސީގެ ނިޒާމެއް ނޫން!
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި "ނޫނެކޭ" ބުނަން ތައްޔާރަށް ހުރިކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.
ރައީސް ނަޝީދު މިކަން ހާމަކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި އެމަނިކުފާނު ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމާ ދެކޮޅު ހަދަން އެމްޑީޕީން ނިންމި ނިންމުމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ގައުމުގެ އިގްތިސާދަށް ބުރަވެގެން މިއުޅެނީ ޑިމޮކްރަސީގެ ނިޒާމެއް ނޫނެވެ. އޭގެ ބަދަލުގައި މިއަދު ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ސަރުކާރުގެ އިސްރާފް ބޮޑުވުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން 400 އަށް ވުރެ ގިނަ ސްޓޭޓް މިނިސްޓަރުންނާއި، 2،000 އެއްހާ ސިޔާސީ މުވައްޒަފުން (އެސްޕީޑީ) އައްޔަންކޮށްފައި ތިބުމަކީ ބޮޑު ހަރަދެއް ހިނގާ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް (އެސްއޯއީ) ބިލިއަނުން ކުރާ ހަރަދާއި، މިވަގުތަށް މުހިންމު ނޫން އަސްކަރީ ސާމާނު ހޯދުމަށް ކުރާ ހަރަދުތަކަށް ވެސް ރައީސް ނަޝީދު ވަނީ ފާޑުވިދާޅުވެފައެވެ.
އިގްތިސާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވިދާޅުވީ، ލޯނު ދައްކަން ލޯނު ނެގުމާއި ފައިސާ ޗާޕުކުރުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވެއްޓި، މިއަދު ބާޒާރުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް އަރާފައިވާ ކަމަށެވެ. އެހެންކަމުން، އިންތިޚާބުތަކަށް ކުރާ ހަރަދު ކުޑަކުރުމުގެ ނަމުގައި ޑިމޮކްރަސީގެ ރޫހާ ހިލާފު ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
0%
0%
0%
0%
0%
2 މާރިޗު 2026
0
27 ފެބުރުވަރީ 2026
0
18 ސެޕްޓެންބަރު 2025
1
18 ސެޕްޓެންބަރު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4