ރަމަޟާން މަހުގެ ތަރާވީސް ވަގުތުވެސް ރައީސް މުޢިއްޒު އިސްކުރެއްވީ ދޮގާއި އޮޅުވާލުން: ރައްޔިތުން ތިބީ ކަންބޮޑުވުމެއްގައި
ބަރަކާތްތެރި ރަމަޟާން މަހުގެ ވަގުތުތަކުގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ދޮގު މަޢުލޫމާތު ދެއްވައި އޮޅުވާލައްވަމުން ގެންދަވާތީ ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވެއްޖެއެވެ.
ރޭ އާޓިފިޝަލް ބީޗުގައި ޕީ.އެން.ސީ އިން ބޭއްވި ތަރާވީސް އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ 57 ރަށެއްގައި ހިންގަން އުޅޭ މަޝްރޫޢުތައް ނުފެށި ލަސްވަނީ ކައުންސިލްތަކުން އެކަމުގެ ބާރު ނުދޭތީ ކަމަށެވެ. ނަމަވެސް، މިއީ ހަޤީޤަތާ ޚިލާފު ބޮޑު އިތުރުފުޅެއްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. ކައުންސިލްތަކުގެ އިތުރު ހުއްދައަކާ ނުލައި، ސަރުކާރުން ބޭނުންވާ ކޮންމެ މަޝްރޫޢެއް ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ތަނެއްގައިވެސް ހިންގޭ ގޮތަށް ޤަވާއިދު އިޞްލާޙުކޮށް ފާސްކުރިތާ މިހާރު 8 މަސް ދުވަސް ވެފައިވާކަން ކަމާބެހޭ ލިޔެކިޔުންތަކުން އެނގެން އެބައޮތެވެ.
މިކަމާ ގުޅިގެން ޚިޔާލު ފާޅުކުރި ފަރާތްތަކުން ބުނަނީ، ދިވެހި ރައްޔިތުންނަކީ ތިޔަހާ ބުރާންތި ބައެއް ނޫން ކަމަށެވެ. ރާއްޖޭގައި ބާކީ އޮތް 130 އެއްހާ ރަށުގައި ސަރުކާރު ހިންގާ ޕާޓީގެ ކައުންސިލަރުން ނެތީތޯ ނުވަތަ މިހާރު ހުއްޓިފައި ހުރި އެތައް މަޝްރޫޢެއް ކުރިއަށް ނުގެންދެވިގެން މިއުޅެނީވެސް ބިން ނުލިބިގެންތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް އަތޮޅުތެރެއަށް ވަޑައިނުގަންނަވާނެ ކަމަށް ރައީސް ވިދާޅުވުމަކީ، އިންތިޚާބު ބާއްވާނެ ފައިސާ ނެތުމުންނާއި ރައްޔިތުންނާ ކުރިމަތިލާން ކެރިވަޑައިނުގަންނަވާތީ ދައްކަވާ އުޒުރެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. މި ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތްކަން މަނިކުފާނަށްވެސް މިއަދު ކަށަވަރުވާ ކަމަށާއި، އިންތިޚާބުތައް އެއްކޮށްލަން މަސައްކަތް ކުރައްވަނީ ވޯޓުން ނާކާމިޔާބުވާނެކަން ޔަޤީންވާތީ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.
ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައީސް ޔާމީނުގެ ފޮޓޯ ދައްކައިގެން ރައްޔިތުންގެ ވޯޓު ހޯއްދެވި ނަމަވެސް، މިއަދު ފެންނަނީ މުޅިން ތަފާތު މަންޒަރެއް ކަމަށާއި، މިހާރު ދައްކަވަނީ "ދޫންޏެއް" ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސަރުކާރުގެ އިޚްލާޞްތެރިކަމާ މެދު ސުވާލު އުފައްދަމުންނެވެ.
0%
0%
0%
0%
0%
2 ދުވަސް ކުރި
0
18 ސެޕްޓެންބަރު 2025
1
18 ސެޕްޓެންބަރު 2025
0
18 ސެޕްޓެންބަރު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4