ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް، ފެނަކައަކީ ކުރީ ސަރުކާރުން ދަރުވާލާފައި އޮތް ކުންފުންޏެއްކަމަށް ދެއްކުމަށް ވަރަށް މަސައްކަތް ކުރޭ
ބަނގުރޫޓުވެފައިވާ ކަމަށް ބުނާ ފެނަކައިން މަޖިލިސް އިންތިހާބާ ދިމާކޮށް އިއުލާނު ކުރުމެއް ނެތި ވަޒީފާތައް ބަހަން ފަށައިފިއެވެ.
އިއްޔެ އެކަނިވެސް އިއުލާން ކުރުމެއްނެތި ފެނަކައިގެ އެކި ބްރާންޗްތަކުން 60 އަށްވުރެ ގިނަ ވަޒީފާ ބަހާފައިވެއެވެ.
އެގޮތުން ހއ. ބާރަށުން 12 ވަޒީފާ، ނ. ކެނދިކުޅުދޫއިން 7 ވަޒީފާ އަދި ހދ. ކުރިނބީގެ ފެނަކަ ބްރާންޗުން ވެސް 4 ވަޒީފާ ބަހާފައިވާކަން "ދޮންއަމާ"އަށް ވަނީ އެނގިފައެވެ.
މީގެ އިތުރުން މ. ރަތްމަންދޫ ފެނަކަ ބްރާންޗުގައި ހުރި ޑެޕިއުޓީ މެނޭޖަރު އެއް މަސް ވަންދެން ސަސްޕެންޑް ކޮށްފައި ހުރުމަށްފަހު އިއުލާން ކުރުމެއް ނެތި އަދި އިންޓަވިއު ކުރުމެއް ނެތި އާ ޑެޕިޔުޓީ މެނޭޖަރެއް ވެސް ނަގާފައެވެ. އަދި އިތުރު 3 މުވައްޒަފުން ރަތްމަންދޫ ބްރާންޗަށް ނަގާފައިވެއެވެ.
މުއިއްޒު ވެރިކަމަށް އައިސް ފެނަކައިގެ އާ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ލައްވައި ދެއްކުވި ވާހަކަ އަކީ ފެނަކައަކި ބަނގުރޫޓޫވެފައި އޮތް ތަނެއް ކަމަށް ބުނެ ދެއްކި ވާހަކައެވެ. އަދި ފެނަކައިގެ ހަރަދުތައް ހަމަޖެއްސުމަށް މުވައްޒަފުންގެ މުސާރަ ކުޑަކޮށް، ބައެއް މުވައްޒަފުން ވަކި ކުރަން ޖެހޭނެކަމަށް ބުންޏެވެ.
މުއާޒް ވަނީ ބައެއް ރަށްތަކުގެ ބްރާންޗުތަކުގައި ތިބީ އެއްވެސް މަސައްކަތެއް ނުކުރާ ބޭކާރު މުވައްޒަފުންތަކެއް ކަމަށް ބުނެފައެވެ.
އެހެންނަމަވެސް މިއަދު އިންތިހާބާ ދިމާކޮށް ހާމަވެގެން މިދަނީ އޭރު ދެއްކި ވާހަކަތަކަކީ ހުސް ދޮގު ވާހަކަތަކެއް ކަމެވެ. ފެނަކައަކީ އެބުނާ އުސޫލުން ބަނގުރޫޓުވެފައި އޮތް ތަނެއް ނަމަ މިއަދު އެ ސްޕީޑުގައި މުވައްޒަފުން ނެގެމުން ނުދާނެއެވެ.
0%
0%
0%
0%
0%
ސިޔާސީ ހަތުރު
19 މާރިޗު 2024
ރ.ހުޅުދުފައަރު އިތުރުކޮށްލާ ރަސްގެތީމު ފެނަކަ ވަޒީފާގެ ކުރިއެރުންދީފަ ދެގުނަ މުސާރަބޮޑުކޮށްފި
ހިންމަފުށި އަޕްޑޭޑް
19 މާރިޗު 2024
ފެނަކައައް ހިންމަފުށިން އިއުލާން ނުކޮށް 3 މުވައްޒަފުން ވަނީ ނަގާފަ. މި މުވައްޒަފުން ނަގާފައި ވަނީ އަނާރާގެ ބާރުން، ނަގާފައިވާ މުވައްޒަފުންނަކީ، 1 ފަރުހާން، 2 މޫސަ، 3 ސުކޫރް ކިޔާ 3 މީހުން
31 މާރިޗު 2025
0
18 ޑިސެންބަރު 2024
0
5 ޑިސެންބަރު 2024
0
4 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4