އަސްލު އެމްޑީޕީއެއް ނެތް: ތިމާ ރުހޭ މީހާ ހީރޯއަކަށް، ނުރުހޭ މީހާ ޕަޕެޓަކަށް!
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކާއި ޕްރައިމަރީގެ ފޯރި ގަދަވެގެންދާއިރު، ތިމާ ތާއީދު ނުކުރާ ކޮންމެ ކެންޑިޑޭޓަކީ އެހެން ޕާޓީއެއްގެ ނުވަތަ ވަކި ބައެއްގެ "ޕަޕެޓެއް" ކަމަށް ބުނެ ވާހަކަދެއްކުމަކީ ޑިމޮކްރެޓިކް ނިޒާމުގެ ހަމަތަކާއި އުސޫލުތައް ނުދަންނާތީ ކުރާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަން ފަށައިފިއެވެ.
މިއަދު އެމްޑީޕީގެ ވާދަވެރިކަން ބޮޑުވެ، އެކަކު އަނެކަކަށް މިވެނި ޕާޓީއެއްގެ ޖާސޫސެކޭ، އެވެނި މީހެއްގެ ޕަޕެޓެކޭ ނުވަތަ އެހެން ބަޔަކު ފަހަތުގައި ތިބެގެން އަޑީގައި ހިންގާ ކަމެކޭ ކިޔައިގެން ތުހުމަތު އަޅުވަމުންދަނީ، ވޭތުވެދިޔަ 21 އަހަރުވީ ޕާޓީގެ ހަރުދަނާ އުސޫލުތަކާ އެއްގޮތަށް، ޕާޓީގެ މެންބަރަކަށްވެ، ޕާޓީގެ ގަވާއިދާއި ދިވެހިރާއްޖޭގެ ގާނޫނީ ހަމަތަކުގެ ތެރެއިން ވާދަކުރަން ނުކުމެ ތިބި މެންބަރުންނާ ދިމާލަށެވެ.
ހަގީގަތަކީ މިއަދު ފެންނަ މަންޒަރަށް ބަލާއިރު، މި ފަހަރުގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަމުގެ ތެރޭގައި ވެސް އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީއާއެކު ދެގޮތެއްނުވެ އުޅުނު މީހުން މާގިނައިން ފެންނާކަށް ނެތެވެ. ސަޕޯޓަރުން ބޭނުން އެއްޗެއް ކިޔުމަކީ ހުއްޓުވޭނެ ކަމެއް ނޫނެވެ. އެއީ ޑިމޮކްރެޓިކް ނިޒާމުން ރައްޔިތުންނަށް ހޯދައިދިން ޚިޔާލުފާޅުކުރުމުގެ އެންމެ ބޮޑު މިނިވަންކަމެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އެމްޑީޕީގެ އެންމެ މަތީ ބޮޑެތި މަގާމުތައްވެސް، އެހެން ޕާޓީތަކުން އެމްޑީޕީއާ ގުޅުނު ހިންގުންތެރިން ވަނީ ފުރާފައެވެ.
މިގޮތުން ބަލާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި މާލޭގެ މޭޔަރު އާދަމް އާޒިމަކީ ކުރީގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އިސް ސަފުގައި މަސައްކަތް ކުރެއްވި ބޭފުޅުންނެވެ. މިއީ އެމްޑީޕީގެ ވެރިކަމެއްގައި އިހުލާސްތެރިކަމާއެކު ނައިބު ރައީސްކަން ކުރައްވި ބޭފުޅަކާއި އެމްޑީޕީ ގެ ޓިކެޓުގައި މާލޭ މޭޔަރުކަމަށް ދެވަނަ ފަހަރަށް އިންތިހާބުވި ބޭފުޅުކެވެ. އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދަކީ ކުރީގެ ޑީއާރުޕީގެ އިސް މެންބަރެކެވެ. އަދި ފަހުން އެމްޑީޕީ ގެ ރައީސްކަމަށް އިންތިހާބުވި ބޭފުޅެކެވެ. ހަމައެއާއެކު، މިއަދު އަސްލު އެމްޑީޕީގެ ގޮތުގައި ވަކާލާތު ކުރައްވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަކީ ސޯޝަލް ލިބަރަލް ޕާޓީ (އެސްއެލްޕީ) ގެ އިސްމަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެމްޑީޕީ ގައި މިނިސްޓަރުކަން ކުރައްވައި ޗެއަރޕާސަންކަން ކުރެއްވި ނަމަވެސް، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ހުންނެވީ އެމްޑީޕީ ގެ ކެނޑިޑޭޓު ރައީސް ނަޝީދާ ދެކޮޅަށް އިދިކޮޅު ކެނޑިޑޭޓެއް ނެރުއްވައިގެންނެވެ. އަދި ޑރ. މުޙައްމަދު ޝަމްހީދަކީ ކުރިން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އިސް ސަފުން ފެނިގެންދިޔަ ބޭފުޅެކެވެ. މީގެއިތުރުން، ޕާޓީގެ މިއަދުގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ބޭފުޅަކީ ވެސް "ދަ ޑިމޮކްރެޓްސް" އުފެއްދުމުގައި އިސްކޮށް އުޅުއްވައި މުއިއްޒުގެ ވެރިކަން ގެންނަށް އެކީގައި މަސައްކަތް ކުރެއްވުމަށްފަހު، ވެރިކަމުގެ މެދުތެރޭން މުއިއްޒާ ހިޔާލު ތަފާތުވެ ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ލީޑަރެކެވެ.
މި ހަގީގަތް މިހެން އޮތްއިރު، އެންމެންވެސް އަނެކަކަށް އިނގިލި ދިއްކޮށް ކިޔަނީ "ގުދޯ ގުދޯ" އެވެ. އަސްލު މައްސަލައަކީ ހަމައެކަނި އާންމު ސަޕޯޓަރުން މިފަދަ ވާހަކަތައް ދެއްކުމެއް ނޫނެވެ. އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ، މި ބޭފުޅުންގެ އަރިހުގައި ތިއްބެވި ޕާޓީގެ އިސް ލީޑަރުންނާއި ޒިންމާދާރު ފަރާތްތަކުން ވެސް މިފަދަ ދަށު ދަރަޖައިގެ ބަހުރުވައިން ވާހަކަދައްކައި، އެއް ބަޔަކު އަނެއް ބަޔަކަށް "ގުދޯ ގުދޯ" ގޮވަމުންދާތީއެވެ.
ޑިމޮކްރެސީގެ ރޫހަކީ ޚިޔާލު ތަފާތުވުންތަކަށް ޖާގަދީ، ޕާޓީގެ ގަވާއިދާ އެއްގޮތަށް ވާދަކުރާ ކޮންމެ މެންބަރަކަށްވެސް އިހުތިރާމު ކުރުމެވެ. ނަމަވެސް، އަމިއްލަ ފަސްބައިގައި ހުރި ކަންކަން ހަނދާން ނައްތާލައި، ސިޔާސީ ވާދަވެރިކަމުގައި ތިމާ ނުރުހޭ ކޮންމެ މީހަކީ ޕަޕެޓެއްގެ ގޮތުގައި ލޭބަލް ކުރުމަކީ ޑިމޮކްރެޓިކް ހަމަތަކާ މުޅިން ޚިލާފު، ޅަދޮޅު ސިޔާސީ ވިސްނުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
0%
0%
0%
0%
0%
2 މާރިޗު 2026
0
27 ފެބުރުވަރީ 2026
0
25 ފެބުރުވަރީ 2026
0
18 ސެޕްޓެންބަރު 2025
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4