ރައީސުލްޖުމްހޫރިއްޔާ މުޢިއްޒުގެ އަމަލުފުޅުތަކާއި ތަސައްރަފުތަކުން ފެންނަނީ ސެކިއުލާ ވެރިއެއްގެ ސިފަތައް
ރައީސުލްޖުމްހޫރިއްޔާ މުޢިއްޒަކީ އިސްލާމީ ވެރިއެކޭ ދެންނެެވެން ނެތް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތަކާއި ތަސައްރަފުތަކުން ފެންނަނީ ސެކިއުލާ ވެރިއެއްގެ ސިފަތައް ކަމަށް ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ، އަގުބޮޑު ބެންޒު ކާރުކޮޅުތަކުގައި ދަތުރުކުރެއްވި ނަމަވެސް ރައްޔިތުންގެ ހާލަތު އޮޅުން ނުފިލާނެ ކަމަށެވެ. އަދި އިސްލާމީ ވެރިއެއްގެ ކިބައިން ފެންނަންޖެހޭ ރިވެތި އަހުލާގާއި ސިފަތައް ރައީސް މުޢިއްޒުގެ ކިބައިން ނުފެންނަ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މި ސަރުކާރުގެ ސިޔާސީ މަގާމުތައް ގިނަވެ، މަތިބަރުވުމުގެ ސަބަބުން ދައުލަތުގެ ފައިސާ ބޮޑެތި އަދަދުތަކުން އިސްރާފުވަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން އާންމު ދިވެހި ރައްޔިތުން ނިކަމެތިވެ ބިކަވަމުންދާ ކަމުގެ ޝަކުވާ މިހާރު ރައްޔިތުންގެ މެދުގައި ބޮޑުވެފައިވާކަން ވެސް ޕްރޮގްރާމުގައި ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމްގައި ދެވަނަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ވެސް ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އިމްރާން ވިދާޅުވީ، ރައީސް މުޢިއްޒަކީ ވަރަށް އަވަހަށް ކޯފާ އިސްކުރައްވާ ބޭފުޅެއް ކަމަށާއި، އެމަނިކުފާނުގެ އަމިއްލަ ވަޒީރުންނަށް ވެސް އިތުބާރު ނުކުރައްވައި ފާރަލައި ފަސްބައްލަވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. މީގެއިތުރުން، އީގަލް ހިލްސްގެ މަޝްރޫއާ ގުޅޭގޮތުން ރައީސް މުޢިއްޒު އަމަލުކުރައްވާ ގޮތުން، ކުރިއަށް އޮތް ވެރިކަމެއްގައި އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށް ވެސް ޝައިޚް އިމްރާން ވިދާޅުވިއެވެ.
ނަމަވެސް، ޝައިޚް އިމްރާން އަދާލަތު ޕާޓީގެ ރައީސްކަމާ ދުރުވި ފަހުން، އެ ޕާޓީ ވެފައިވަނީ ސަރުކާރުން ޖަހާ ބެރަކަށް ނަށައި، ހިހޫތަނުން ކާން އޮންނަ ޕާޓީއަކަށް ކަމަށް އާންމުން ދަނީ ބުނަމުންނެވެ. އެގޮތުން އީގަލް ހިލްސް މައްސަލައިގައި ވެސް މިނިވަންކަމާއެކު ބަހެއް ބުނުމުގެ ބަދަލުގައި، އަދާލަތު ޕާޓީން އަދިވެސް ތިބީ "ދިރާސާކުރަން" ކަމަށާއި، އެކަމުގައި އެ ޕާޓީއަށް އެއްޗެއް ބުނެވެން އޮތީ ސައުދީ އެމްބަސީން ހުއްދަ ދިނުމުން ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެ ޕާޓީއަށް އަމާޒުވެފައެވެ.
0%
0%
0%
0%
0%
1 ގަޑިއިރު ކުރި
0
11 އޮކްޓޫބަރު 2026
0
2 މާރިޗު 2026
0
27 ފެބުރުވަރީ 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4