ބޭކަރު ކުންފުނިން އުފައްދާ ބޭރަކްތާރު ޓީބީ-2 އަސްކަރީ ޑްރޯން ބައިނަލް އަގުވާމީ ބާޒާރުގައި އެކުންފުނިން ވިއްކާއަގަކީ 2 މިލިއަން ޑޮލަރެ
ރައީސް އޮފީހުގެ މިނިސްޓަރ ރަމީޒް ތުރުކީއަށް ވަޑައިގެން, ޑްރޯން ގަތުމުގެ ނަމުގައި އިތުރަށް ދެއްކިފައިސާގެ ތެރެއިން ސީދާ ރައީސް ކައްޒާބަށް ތުރުކީގެ ކުންފުނިން ދޭން އެއްބަސްވި ފައިސާ ރާއްޖެ ގެނެސްފިއެވެ. ތުރުކީގެ ޑުރޯނުތައްޔާރު ކުރާ މި ކުންފުނީގެ ވެރިއަކީ ތުރުކީގެ ރައީސްގެ ދަބިދަރިއެވެ.
ރައީސް އޮފީހުގެ މިހާރުގެ މިނިސްޓަރު ރަމީޒުއަކީ މުއިއްޒުގެ ކަޅުފައިސާ ހުދުކުރަން ގެންގުޅޭ އެއް މެށިނެވެ. ރިޔާސީ އިންތިހާބައް ތައްޔާރުވާން މާލޭގެ ޕާކިންގް ސުލޮޓުތައް ވިއްކައިގެން ލިބުނު ފައިސާ ހުދުކުރަން އެންމެ އިސްކޮން އުޅުނު މޭސްތިރިއެވެ.
ތުރުކީގެ ރައީސްގެ ދަނބިދަރިއާއެކު ސަރުކާރުން ހެދި ޑީލުގެ ތެރެއިން 20 މިލިއަން ޑޮލަރު އިތުރުކުރުމެއް ވާކަމަށް ދެކެވެމުން ދިޔަވާހަކަތަކަށް ބާރުދޭ އެތައްކަމެއް، ސައްކަކާއި ނުލާގަބޫލު ކުރެވޭވަރަށް މިވަނީ ހާންމަވެފައެވެ. މި މަހުގެ 3 ވަނަަ ދުވަހު މިނިސްޓަރ ރަމީޒުވަނީ އިކޭ 659 ފުލައިޓުން ތުރުކީއަށްގޮސް އިތުރުކުރި ފައިސާގެ ތެރެއިން 15 މިލިއަން ޑޮލަރު (230 މިލިއަން ރުފިޔާ) ނަންގަވައިގެން އީކޭ 565ގައި މިމަހުގެ 10 ވަނަދުވަހު އެނބުރި ރާއްޖެ އައިސްފައެވެ.
ތުރިކީގެ ރައީސް އަދި ދަނބިދަރިކަލުން ، ބޭކަރު ކުންފުނީގެ ވެރިފަރާތް ބީރަތު އަލް ބަޖްރަކު
ދޮންއަމާ ނިއުސްއަށް މައުލޫމާތު ދެމުން ރައީސް ޔާމީނުގެ ލޯޔަލް އެޖެންޓަކުބުނީ "މިކަމުގެ ކޮމިސަން ގޮތުން 4 މިލިއަން ޑޮލަރުވަނީ ތުރިކީގެ ރައީސްގެ ދަނބިދަރި މި ޑުރޯނު އުފައްދާ ބޭކަރު ކުންފުނީގެ ވެރިފަރާތް ބީރަތު އަލް ބަޖްރަކުއަށް ދެއްވާފައެވެ."
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ގެނެވުނު ޑުރޯނުތަކުގެ އެގުރިމެންޓު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދާފައިވަނިކޮން، އިންކާރުކޮށްފައިވަނިކޮން ރައީސް މުއިއްޒުވަނީ މީގެތެރިއިން ބައެއް ޑުރޯނުތަކަކީ ތުރުކީ ސަރުކާރުން ހިލޭ ދިންތަކެތިކަމަށް އިއުލާނުކޮށްފައެވެ.
މި ސަރުކާރުން މި ޑްރޯންތައް ގަނެފައިވަނީ 37 މިލިއަން ޑޮލަރަށެވެ. އެއީ ދިވެހި ފައިސާއިން ބަލާނަމަ 560 ރުފިޔާއެވެ. ތުރުކީގެ ޕްރައިވެޓް ކުންފުންޏެއް ކަމުގައިވާ ބޭކަރު ކުންފުނިން އުފައްދާ ބޭރަކްތާރު ޓީބީ-2 އަސްކަރީ ޑްރޯން ބައިނަލް އަގުވާމީ ބާޒާރުގައި އެކުންފުނިން ވިއްކާއަގަކީ 2 މިލިއަން ޑޮލަރެވެ.
އެހެންނަމަވެސް ދިވެހި ސަރުކާރުން ބޭރަކްތާރު ޓީބީ-2 އަސްކަރީ 6 ޑްރޯން ގަނެއްފައިވަނީ ކޮންމެ ޑްރޯންއަކަށް 5 މިލިއަން ޑޮލަރު ދައްކާ ގޮތަށް އެއްބަސް ވެގެންނެވެ. އެގޮތުން 6 ޑްރޯން ގަތުމަށް ހަމަޖެހިފައިވާއިރު ކޮންމެ ޑްރޯންއަކުން އެތައް މިލިއަން ޑޮލަރެއް ރައީސް މުއިއް ކޮމިޝަންގެ ގޮތުގައި ނަންގަވައިގެންކަމަށް މިނޫހަށް މައުލޫމާތު ދިން, ނަން ހާމަކުރުމަށް ނޭދޭ, ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.
ތުރުކީގެ ކުންފުންޏަކުން ޑްރޯން ގަތުމަށް 569.8 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދު ކޮށްފައިވަނީ ކޮންޓިންޖެންސީ ބަޖެޓުންނެވެ. އެހެންނަމަވެސް ކޮންޓިންޖެންސީ ބަޖެޓަކީ, ކާރިސާއެއްގެ ހާލަތުގައި, ނުވަތަ އާދަޔާ ޚިލާފް އެމަޖެންސީ ހާލަތުގައި މެނުވީ, ބަޖެޓް ކޮށްފައި ނުވާ ކަމަކަށް ޚަރަދު ކުރެވޭނެ ބަޖެޓެއް ނޫނެވެ.
ތުރުކީގެ ޕްރައިވެޓް ކުންފުނިން ޑްރޯން ގަތުމަށް ވި އެއްބަސްވުމުގެ ތަފުސީލުތައް ހޯދުމަށް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ނޫހަކުން އެދުމުން ޑިފެންސް މިނިސްޓްރީން ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ.
އެ މިނިސްޓްރީން ދިން ޖަވާބުގައި ބުނެފައިވަނީ “ދިފާއީ ބާރަށް އިތުރުކުރެވޭ މިފަދަ އާލަތްތަކުގެ ތަފްސީލުތައް ހާމަކުރުމަކީ ދިވެހި ސިފައިންނާއި ހަވާލުކުރެވިފައިވާ މިދެންނެވި މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅިދާނެ ކަމަށްވާތީ، އެ މައުލޫމާތު ހާމަކުރެވެން ނެތް ވާހަކަ ދަންނަވަން” މިފަދައިންނެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4