ދަރިވަރުންގެ އެލަވަންސް މައްސަލަ: މަޖިލީހުގެ ނިންމުމާއި ސްޓޭޓް މިނިސްޓަރުގެ ޓްވީޓް ގުޅިގެން ރައްޔިތުން ރަތަށް
ދިވެހި ދަރިވަރުންނަށް ސަރުކާރުން ދޭންޖެހޭ އެލަވަންސް ފައިސާ ޖަމާކުރުމާ ގުޅޭ ގަރާރެއް މިއަދު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލުމާ ގުޅިގެން، ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި ހޫނު ބަހުސެއް ހިނގަމުންދެއެވެ.
ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން މި ގަރާރު ބޭރުކޮށްލުމާ ގުޅިގެން، އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ މިއީ ރައީސް މުޙައްމަދު މުޢިއްޒުގެ އަމުރަށް ކުރި ކަމެއް ކަމަށެވެ. އަދި މިއީ ދިވެހި ދަރިވަރުންގެ މުސްތަޤުބަލް ހަލާކުކުރުމަށް ކުރާ މަސައްކަތެއް ކަމަށް ބުނެއެވެ.
މި މައްސަލަ އިތުރަށް ގޯސްވެގެން ދިޔައީ ސްޓޭޓް މިނިސްޓަރު ފާތިމަތު މުޙައްމަދު ކުރެއްވި އަދި ފަހުން ޑިލީޓްކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. މި ޓްވީޓުގައި ދަރިވަރުންނަށް ފައިސާ ޖަމާކޮށްދީފި ކަމަށް ބުނެފައިވާތީ، އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަނީ ވަކި ބަޔަކަށް އެކަނި މި ފައިސާ ދޫކޮށްފައިވާ ކަމަށެވެ.
ސްޓޭޓް މިނިސްޓަރު ފާތިމަތު މުޙައްމަދު ކުރެއްވި ޓުވީޓު!
މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ހޫނު ބަހުސްތައް ދަނީ ކުރިއަށެވެ. ގިނަ ބަޔަކު ގޮވާލަނީ ސަރުކާރުން މިކަމާ ގުޅޭ ތަފްސީލީ މަޢުލޫމާތު ހާމަކުރުމަށެވެ. އަދި ދަރިވަރުންނަށް ލިބެންޖެހޭ ފައިސާ ލަސްނުކޮށް ދޫކުރުމަށެވެ. ނަމަވެސް ސަރުކާރަށް ތާއީދުކުރާ ބައެއް މެންބަރުން ބުނަނީ މި ގަރާރު ބޭރުކޮށްލީ ޤާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
މި މައްސަލައިގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ސިޔާސީ މަޝްރަޙު އިތުރަށް ހޫނުވާނެ ކަމަށް ސިޔާސީ ދާއިރާގެ ތަޙްލީލުކުރާ ފަރާތްތަކުން ލަފާކުރެއެވެ.
0%
0%
0%
0%
0%
ޢިލެކް
9 ޖުލައި 2024
ޢަހަރެންގެ ދަރިފުޅަކަށް އަދި އެންމެ ލާރިއެއްވެސް ނުލިބޭ މިހާރު 1 އަހަރައް ވުރެ ގިނަވީ ކުރީ ސަރުކާރުން ވެސް އަދި މިސަރުކާރުން ވެސް ނުދޭ ރައީސް އޮފީހުން ބުނީ ފައިނޭންސުން އެޕްރޫވް ނުވެގެނޯ އެޕްރޫވް ވީހާއަވަހަކައް ލިބޭނެޔޯ މިހާރު ދޮޅު އަހަރުވީ އެޕްރޫވްކުރަނީ ދެސަރުކާރުންވެސް ހަމަނުވެގެން
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
30 މާރިޗު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4