ދެ އިންތިޚާބު އެއްކޮށްލުމުގެ މިސާލު ޝަހީމް ނެންގެވީ ހުޅަނގުގެ ތަހުޒީބީ ގައުމުތަކުން ކަމަށް ވިދާޅުވެ އެ ގައުމުތަކަށް ތަޢުރީފް ކުރައްވައިފި
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ ރާއްޖޭގެ ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވޭނެ ޒަމާނީ ހެޔޮ ބަދަލެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމަކީ ދުނިޔޭގެ ތަހުޒީބު ބައެއް ގައުމުތަކުގައި ވެސް އަމަލުކުރަމުންދާ އުސޫލެއް ކަމަށެވެ. ނަމަވެސް، މީގެ ކުރިން ތަހުޒީބީ ގައުމުތަކުގެ އުސޫލުތަކާއި ޑިމޮކްރަސީގެ ހަމަތަކަށް ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅަކު، މިއަދު ސިޔާސީ މަންފާއަށްޓަކައި ހުޅަނގުގެ ގައުމުތަކުގެ އުސޫލުތައް ބަރާބަރު ކަމަށް ވިދާޅުވުމަކީ މުނާފިގު އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
މީގެ އިތުރުން، މިނިސްޓަރު ޝަހީމް ވަނީ އަނެއްކާވެސް ސިޔާސީ ކަންކަމުގެ ތެރެއަށް ދީނީ ކާޑު ވެއްދުމަށް މަސައްކަތް ކުރައްވާފައެވެ. އެގޮތުން، ރާއްޖޭގައި އިސްލާމްދީން ދަމަހައްޓަން ބޭނުންނަމަ ސަރުކާރަށް ވޯޓު ދިނުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. މިއީ ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ ވާހަކައެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ދިވެހިރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތް ލިބުނުތާ އެތައް ގަރުނެއް ވެފައިވާއިރު، ސަރުކާރު ހިންގާ ޕީއެންސީއަކީ އަދި އުފެދުނުތާ 4 އަހަރުވެސް ނުވާ ސިޔާސީ ޕާޓީއެކެވެ. މާތް ﷲ ގެ ދީން ހިމާޔަތް ކުރުމަށް ވަކި ސިޔާސީ ޕާޓީއެއް މުހިންމެއް ނޫނެވެ. އިސްލާމްދީން ހިމާޔަތް ކުރެއްވުމަށް އެކަލާނގެ މާ ބޮޑަށްވެސް ކުޅަދުންވަންތައެވެ.
ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ގާނޫނުއަސާސީއަށް ބަދަލު ގެނެސް، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށެވެ. މި ބަދަލަކީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ކުރާ ކަމެއް ކަމަށް ސަރުކާރުން ބުނާއިރު، އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ މިއީ ސަރުކާރުގެ ނުފޫޒު އިންތިޚާބުތަކަށް ފޯރުވުމަށް ކުރާ ކަމެއް ކަމަށެވެ.
0%
0%
0%
0%
0%
2 މާރިޗު 2026
0
2 މާރިޗު 2026
0
2 މާރިޗު 2026
0
2 މާރިޗު 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4