ދީނާއި ގައުމު ހިމާޔަތްކުރުމަށް އައި ސަރުކާރުން ބެލެނިވެރިންގެ ނުރުހުމުގައި އަރަބިއްޔާ ސްކޫލުގައި ދެ ޖިންސު މަސްހުނިކޮށް ކިޔަވައިދެނީ
ބެލެނިވެރިންގެ ނުރުހުމުގައި އަރަބިއްޔާ ސްކޫލުގައި ދެ ޖިންސު މަސްހުނިކޮށް އަނެއްކާވެސް ކިޔަވައިދޭން ފަށައިފިއެވެ.
އަރަބި އިސްލާމީ ތައުލީމަށް ކިޔަވައިދިނުމަށް ރާއްޖޭގައި ހުންނަ ހަމައެކަނި ސްކޫލަކީ އަރަބިއްޔާ ސްކޫލެވެ.
އަރަބިއްޔާ ފެމިލީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަޒުމާގެ ނުފޫޒުން ބެލެނިވެރިންނަށް ގޮން ޖަހައި ގްރޭޣް 12ގެ ސައިންސް ސްޓްރީމްގެ ދަރިވަރުންގެ ކްލާސްތައް ދެ ޖިންސު މަސްހުނިކޮށްގެން ކުރިއަށްގެންދާކަމަށް ލިޔެފައިވެއެވެ.
ކުރީއްސުރެވެސް މި މައްސަލަ އަރަބިއްޔާ ސްކޫލަށް ދިމާވިނަމަވެސް 2019 ވަނަ އަހަރު އޭރުގެ އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވަނީ އެ ސްކޫލުގައި ދެ ޖިންސު ވަކިން ކިޔަވައިދިނުމަށް އަންގާފައެވެ.
ކުރީ ސަރުކާރުގެ ތެރޭގައި ހިނގާފައި ހުރި ކަންކަމުގައި ރައީސް ސޯލިހުގެ ސަރުކާރުން އަރަބިއްޔާއަށް އިހުމާލުވަމުންދާކަމަށް އޭރު ވަރަށް ބޮޑަށް މިހާރުގެ ސަރުކާރު ޕާޓީން ތުހުމަތު ކުރިއެވެ.
އެހެންނަމަވެސް ވެރިކަމަށް އައުމަށްފަހު މި ފެންނަނީ އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ބޭނުންވާ ކަންކަން އޮޅާލައި ސަރުކާރުގެ ނުބައިކަން އެސްކޫލުގެ ބެލެނިވެރިންނަށް ދައްކާލާ މަންޒަރެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4