ގަލޮޅު އުތުރުދާއިރާގެ މެންބަރު އިވާ އަބުދުﷲ - އިޒުރޭލާއި ދެކޮޅަށް އަޑުއުފުލަނީ
ގާޒާއާއި ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގަމުން ގެންދާ އުދުވާނީ ނަސްލެއް ނައްތާލުމުގެ ގަތުލުއާންމު ނުވަތަ ޖެނޮސައިޑްގައި މިހާތަނަށްވަނީ 30،000 އާ ގާތްކުރާ އަދަދަކަށް ކުށެއްނެތް ފަލަސްތީނުގެ އާންމު ރައްޔިތުން ޝަހީދުކޮށްލާފައެވެ. މީގެ ތެރެއިން ދެބައިކޮށްފައި އެއްބަޔަކީ ކުޑަ ކުދިންނެވެ. މިކަމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން ދަނީ އިޒްރޭލާމެދު އެކިއެކި ފިޔަވަޅު އަޅަމުންނެވެ. މިގޮތުން އިޒްރޭލުގެ ޕާސްޕޯޓް ހޯލްޑަރުން ރާއްޖެ އެރުން މަނާ ކުރުމަށް ދިވެހިރާއްޖޭގެ އެތައް ހާސް ރައްޔިތުންނެއްވެސް ވަނީ ސޮއިކޮށް މަޖިލީހަށ ޕެޓިޝަނެއް ހުށަހަޅާފައެވެ. އަދި މަޖިލީހުގެ އިއްތިފާގުން ވަނީ މި ޕެޓިޝަން ފާސްކޮށް ރައީސަށް ފޮނުވާފައެވެ. އެހެނީ ޤާނޫނުއަސާސީ ބުނާ ގޮތުން ޚާރިޖީ ސިޔާސަތު ކަނޑައެޅުމުގެ ބާރަކީ ސީދާ ރައީސަށް ލިބިދީފައި އޮތް ބާރެކެވެ. ކުރިންވެސް ޕީޕީއެމް ވެރިކަމެއްގައި ރޯދަމަހެއްގައި އިރުއޮއްސިފައި އިރުއެރިއިރު އޮތީ މުސްލިމް ޤަތަރާއި އިރާނާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލާފައެވެ.
މަޖިލީހުން ރައީސް އޮފީހަށް މިކަން ތަންފީޒުކުރަން ސިޓީއަކުން އެދުނުތާ މިއަދަށް މިވީ 54 ދުވަހެވެ. ކަހާތައް ހިރުވާވެސް ނުލާ، ރައީސްމިހާ ޗައިނާގައި ވިޔަފާރި ކުރަށްވަނީއެވެ. ހުސްވި ޑިސެންބަރު މަހުގެ ތަފާތު ހިސާބުތަކަށް ބަލާލާއިރުވެސް އިޒުރޭލުގެ 1029 ފަތުރުވެރިން ރާއްޖޭގެ ރިސޯޓުތަކަށް ޒިޔާރަތްކޮށް އާއިލާއާއެކު ޗުއްޓީ ހޭދަކޮށްފައިވެއެވެ. މިއީ 2022 ވަނައަހަރަށް ވުރެ %55 އިތުރުވުމެކެވެ. ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުން ޝަހީދުކޮށްފައި އިޒްރޭލުގެ ސިފައިން ބޯ ހަމަޖައްސާލަން ރާއްޖެ އަންނަންވީއެވެ. ދިވެހީންގެރާއްޖެ މިއޮތީ ހަމަ ޒަޔަނިސްޓުންނަށް ހުޅުވާލާފައެވެ.
ސަރުކާރުތަކުން އަބަދުވެސް ބުނަމުން އަންނަނީ ދިވެހި ރައްޔިތުން އަބަދުވެސް ދެމި ތިބޭނީ ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚްތުންނާ އެކީގައި ކަމަށެވެ. މިއީ އަނގައިން ބުނާ ބަހަކަށްވެއްޖެއެވެ. ފަލަސްތީނާ ދެކޮޅަށް ހިންގަމުން ގެންދަނީ ގަތުލުއާންމެއް ކަމަށް ބުނަންވެސް މި ސަރުކާރުން ފަސް ޖެހެއެވެ. ބުނަނީ "ހަމަނުޖެހުމެއް" ކަމަށެވެ. ރައީސް އޮފީހުގައާއި އަދި މުއިއްޒުގެ ގާތް މީހުން ގާތު މުއިއްޒު ބުނެފައިވަނީ އިޒްރޭލުގެ ޕާސްޕޯޓު މަނާ ނުކުރާނެކަމަށެވެ. އަދި އިސާހިތަކު ދިވެހިން މިކަން ހަނދާން ނެތި މިކަމުންވެސް ސަލާމަތް ވެދާނެކަމަށެވެ.
ހައްދުފަހަނަ އަޅާފައިވާ ޔަހޫދީންގެ ލާއިންސާނީ ހަމަލާތަކާއި ކުރަމުންދާ އަނިޔާތަކަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ބަދަލު އައީ ދިވެހިން މިކަމުގައި އުފުލަމުންދިޔަ އަޑަށެވެ. އިޒްރޭލުގެ ރައްޔިތުން މިރާއްޖެއަށް އައުން މަނާކުރުމަށް ގޮވަމުން ދިޔަމީހުން މަދުވެއްޖެއެވެ. ރައީސް މުއިއްޒުގެ ގޭކޮޅުގައި ނެގި ފަލަސްތީނުގެ ބޮޑު ދިދަ ގެއްލިއްޖެއެވެ. ވަނީ މިހެންކަން ދޮންއަމާއަށް ކުރިންވެސް ހީކުރެވުނެވެ. ކަމުގެ ބާވަތުގެ ގޮތުން އެއްޗެއް ނުބުނެ މަޑުކުރީ ސަރުކާރުގެ ތެރޭގައި އޮތް ނުފޫޒުގަދަ ޖަމިއްޔަތުއް ސަލަފުގެ ފަރާތުން މިކަމުގައި ހެޔޮ ފާލެއް ފެނިދާނެކަމުގެ އުންމީދުގައެވެ. ނަމަވެސް އެވެރިންވެސް އުޅެގަތީ ދުނިޔެވީ އެދުންތަކާއެވެ. ސައުދީ އަރަބިއްޔާގެ ނުފޫޒުން، އިޒްރޭލާ ދެކޮޅަށް ދިވެހީންގެރާއްޖޭގެ އުފުލި އަޑު ފަޑުކޮށްލީއެވެ.
އިޒްރޭލްގެ ޕްރޮޑަކްޓުތައްވެސް ބޮއިކޮޓެއް ނުކުރެވުނެވެ. އަދި އިޒްރޭލަށް މާލީގޮތުން އެހީވާ ކުންފުނިތަކަށް ކާން ދިޔުންވެސް ހުއްޓާލަން ދިވެހިން ފަސްޖެހުނެވެ. މަގެ ދީނޭ، މަގެ ގައުމޭ ބުނެ މޭފުއްޕާ ނުކުންނަ އިލްމުވެރިންވެސް މިކަމުގައި ބަސް މަދުވެފައި ތިބުމަކީ ބަލައިގަންނަން އުނދަގޫ ހަޤީގަތެވެ. ދިވެހީންގެރާއްޖޭގެ މުނާފިގުކަން މާ ބޮޑީއެވެ. އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ ގެންނަ އެންމެ ބޮޑު ޓުއަރ އެޖެންސީ އޮޕަރޭޓް ކުރަނީ މި ސަރުކާރުގެ ނުފޫޒު ގަދަ މަޖިލިސް މެންބަރު މަހިބަދޫ ދާއިރާގެ ޓޮމް އެވެ. ހާހުން ގެންނަ އިޒްރޭލުގެ ހަނގުރާމަވެރި ޒަޔަނިސްޓުން ރާއްޖޭގެ ރަށްރަށުގައި ތިބެވެސް މުސްލިމުންނަށާއި ދިވެހިންނަށް ހަޖޫ ޖަހަނީއެވެ. ޝަހީދު ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް މަލާމާތް ކުރަނީ އެވެ. ޓޮމް ހުންނަވަނީ މިބުނި ޒަޔަނިސްޓުންގެ ހިމާޔަތުގައެވެ. ގާނޫނާ ހިލާފުވިޔަށް އެމީހުނަށް ފިޔަވަޅު ނާޅަން ފުލުހުންނަށްވެސް އޮންނަނީ އަންގާފައެވެ.
އިޒްރޭލާ ދެކޮޅަށް ދުނިޔޭގެ އެކި ގައުމުތަކުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފަހުން މިގޮތަށް ހަރުކަށި ފިޔަވަޅެއް އެޅި ގައުމަކީ މެލޭޝިއާއެވެ. މެލޭޝިއާއިން ވަނީ އިޒްރޭލަށްދާ ކަނޑުގެ އަދި ވައިގެ ވިޔަސް އެއްވެސް އުޅަނދަކަށް މެލޭޝިއާގެ ސަރަހައްދު ބޭނުން ނުކުރެވޭނެ ކަމަށް އަންގާފައެވެ. މެލޭޝިއާ އަދި އިންޑޮނޭޝިއާއަކީވެސް މިވަގުތު އިޒްރޭލު ޕާސްޕޯޓް ހޯލްޑަރުން އެރުން މަނާ ދެ ގައުމެވެ. އެހެން ނަމަވެސް ދެ ގައުމަށްވެސް މިލިއަނުން ދުނިޔޭގެ އެތައްމިތަނުން ފަތުރުވެރިން ޒިޔާރަތް ކުރެއެވެ.
މެލޭޝިއާގެ ސަރަހައްދަށް އިޒްރޭލުގެ އުޅަނދުތައް ވަނުން މަނާކޮށްފައި އޮތް ނަމަވެސް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ވަނީ އިޒްރޭލަށް ހަތިޔާރާއި ތެޔޮ އުފުލާ އުޅަނދުތަކަށް ހުޅުވާލާފައެވެ. އަދި މިފަހުން އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ބްލިންކެން ވަނީ ޒަމީރަށް ގުޅައި އިޒްރޭލުގެ އުޅަނދުތަކަށް ދިވެހިރާއްޖޭގެ ސަރަހައްދުގައި ރައްކާތެރިކަން ފޯރުކޮށްދޭން އެދިފައެވެ. މިހެން އެދިފައިވަނީ ޔަމަނުގެ ސަރުކާރުން އިޒްރޭލުގެ އުޅަނދުތަކަށް ހަމަލާ ދެމުން ގެންދާތީއެވެ. ބްލިންކެން ގެ މި އެދުމާއެކު އޭގެ އަނެއް ދުވަހު އެމް.އެން.ޑީ.އެފް އިން ވަނީ ބަޔާނެއް ނެރެ ދިވެހި ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ ހުރިހާ އުޅަނދެއް ސަލާމަތީ ކަންކަން ވަރަށް ގާތުން ބަލަމުން ގެންދާނެކަމަށް ބުނެފައެވެ.
ދީން ވިއްކައިގެން ވެރިކަމަށް އައި މުނާފިގުންގެ ލާދީނީ ކަމާއެވެ.
0%
0%
0%
0%
0%
23 އޮކްޓޫބަރު 2026
0
15 އޮކްޓޫބަރު 2026
0
11 އޮކްޓޫބަރު 2026
0
10 އޮކްޓޫބަރު 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4