ޑރ މުއިޒަށް ވަފާތެރިން މީހުން ޔަގީންވަންދެން ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި އަނެއްކާވެސް ފަސްކޮށްފި- ޕޮޓޯ އިންޓަނެޓު
އަނެއްކާވެސް ޕީޕީއެމް/ޕީއެންސީގެ މަޖިލީސް ޕުރައިމަރީ ފަސްކުރަން ކުޑަ ކޮމެޓީ އިންނިމަވައިފިއެވެ. މި ކުއްލި ނިންމުގެ ސަބަބެއް ކަމަށް ރައީސް ޔާމީނަށް ވަފަވާތެރިން ބުނަމުން ދަނީ މަޖްލިސް އިންތިހާބުގެ ޕްރައިމަރީގައި ރައީސް ޔާމީންގެ ގިނަ ވަފާތެެރިން ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް ޕްރައިމަރީއަށް ފޯމު ހުށަަހެޅުމާއި ގުޅިގެން، އެކަންތަކުން މިންޖުވެވޭނެ މަގެއް ހޯދުމަށްޓަކައި ވަގުތު ކޮޅެއް ހޯދީކަމަށެވެ.
ކަންމިހެން ހުރިއިރު ޕީޕީއެމްއިން ރައީސް ޔާމީން ވަކިވެ ޕީއެންްއެފް ހެދުމުގެ މަސައްކަތް ކުރާ އިރު ރައީސް ޔާމީންގެ ލޯޔަލް އެތައް ބަޔަކު އަދިވެސް ޕީޕީއެމްގައި މަޑުކޮށްގެން އެބަތިބިއެވެ. އޭގެ ތެރެއިން ގިނަ ބަޔަކު މިފަހަރުގެ މަޖްލިސް އިންތިހާބުގައި ވާދަކުރުމަށް ވަނީ ޕްރައިމަރީ ގައި ބައިވެރިވެފައެވެ. އަދި ޕާޓީގެ ކަންތަކުގައި އިސްވެ އުޅުވާ ބޭފުޅަކު ދޮންއަމާ ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ "މަޖިލީސް މެޖޯރިޓީ މުއިޒަށް ނުހޯދޭނެ ކަމަށާއި ޑރ މުއިއްޒުގެ ފަހަތުގައި ތިބި އެތައް ބަޔަކުވެސް ތިބީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށެވެ. އަދި އެމީހުން މަޑުން އެތިބީ މަޖްލިސް އިންތިހާބަށް ކަމަށެވެ.
"މަޖްލިސް އިންތިހާބުގައި ރައީސް ޔާމީން މެޖޯރިޓި ނަންގަވާނެ, މުއިއްޒު އަޒުލު ކުރާތަން ފެންނާނެ, އެދިމާލަށް މިދަތުރު ކުރަނީ، މުއިޒުގެ މުނާފިގުކަން ދެވެހިންނަން ފެނިއްޖެ، މެޖޯރިޓީ ދީފިނަމަ ސަލާމަތް ނުވާނެ"
މީގެ އިތުރުންވެސް ބައެއް ދާއިރާތަކުގެ ވަޒީފާތައް ހޯލްޑުކުރުމަށާއި އަދި ބައެއް ކެޑިޑޭޓުންނަށް ގުޅާ ނަން ނެގުމަށް އަންގަމުން ދާކަމީ ޑިމޮކުރަސީގެ ސިފައެއްނޫނެވެ. އެގޮތުން ނ. ހޮޅުދޫ ދާއިރާއިން ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ކުރިމަތި ލެއްވި ނ.މިލަދޫ ޢަބުދުސައްތާރު މުހައްމަދު (ސަޓޯ) އަށް ވަނީ ނ. ހޮޅުދޫ އަހުމަދު ހަމުދާނައަށް އެ ސުލޮޓު ދޫކޮށްލުމަށް އަންގާވާކަމަށް މައުލޫމާތު ލިބެއެވެ. ޓިކެޓު ފުރޭމުކުރުމަކީ ޑރ. މުއިޒު ވަރަށް ފަރިތަކަމެއްކަން ރިޔާސީ ޕުރައިމަރީން ވަނީ ރައްޔިތުންނަށް ހާމަކޮށްދީފައެވެ.
0%
0%
0%
0%
0%
31 މާރިޗު 2025
0
18 ޑިސެންބަރު 2024
0
5 ޑިސެންބަރު 2024
0
4 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4