އަހްމަދު އިބްރާހިމް (ޕޮކަންޑި)
ހުޅުމާލޭ ކޯޓުގައި އޮތް ޑްރަގް މައްސަލައެއްގެ ލިޔެކިޔުން ބަދަލުކޮށް، އެކަން ފޮރުވަން އެ ކޯޓުގެ ހާޑް ޑިސްކެއް ހަލާކުކޮށްލި މައްސަލައިގައި ވަޒީފާއިން ވަކިކުރި އަހްމަދު އިބްރާހީމް (ޕޮކަންޑި)އަށް އާބަންކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ކަން ދީފިއެވެ.
ދޮންއަމާއަށް އެނގިފައިވާގޮތުގައި އާބަންކޯގެ ސީއޯއޯ ކަމަށް އޭނާ ހަމަޖައްސަން އެ ކުންފުނީގެ ބޯޑުން ނިންމީ އިއްޔެއެވެ.
ޑީޖޭއޭ އިން އަހުމަދު އިބްރާހިމަށް ކޮށްފައިވާ ސީރިއަސް ތުހުމަތުގެ ތެރޭގައި، ނޮވެމްބަރު 27، 2017 ގައި ދައުލަތުން ހުށަހެޅި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ފޯމު ސިސްޓަމަށް އެންޓަކޮށްފައިވަނިކޮށް ކޯޓުން މައްސަލަތަކަށް ގަޒިއްޔާ ނަންބަރު ދިނުމަށް ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ކޯޓުގެ ލިޔެކިޔުންތަކުގެ މައުލޫމާތު ހަގީގަތާ ހިލާފަށް ބަދަލުކޮށް، މައްސަލަ ގެއްލުވާލުން ހިމެނެއެވެ.
އެކަމުގެ ތުހުމަތު ކުރެވިގެން ކޯޓުން އެދިގެން ޑީޖޭއޭއިން އެ މައްސަލަ ބަލަން ފެށިއެވެ. އެހެންވެ އުފެއްދި ތަހުގީގު ޓީމުގައި ހިމެނޭ މީހުންނަށް ނުރައްކާ އޮތްކަމަށް ގަބޫލުކުރެވުމުން އެ މައްސަލަ ބެލުމަށް ޕޮލިހަށް ވެސް ހުށަހެޅިއެވެ.
އޭގެ ފަހުން، ކޯޓުގެ މުހިއްމު ލިޔެކިޔުންތަކެއް ހިމެނޭ ހާޑު ޑިސްކެއް، އޭގައި ހުރި މުހިއްމު މައުލޫމާތު ފަސޭހައިން އަނބުރާ ނުލިބޭ ވަރަށް ގަސްތުގައި ހަލާކުކޮށްލުމުގެ ތުހުމަތު ވެސް ވަނީ އޭނާގެ މައްޗަށް ކޮށްފައެވެ.
މިކަންކަން ތަފްސީލުކޮށް ހިމެނޭ ބަޔާނެއް މީގެކުރިން ޑީޖޭއޭ އިން ނެރެފައިވެއެވެ.
މީގެއިތުރުން މީގެކުރިން ޕޮކަންޑި ސިވިލް ކޯޓުގައި އުޅުނުއިރު، އެ ކޯޓުން ވައްކަންކުރި މައްސަލައެއް ވެސް ފަޅާއަރާފައިވެއެވެ.
އޭނާ ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހީމާ މަގުމަތިން ދިމާކޮށް އިންޒާރުދީފައެވެ.
ސަރުކާރުގެ މަގާމްތަކަށް އައްުޔަން ކުރާނީ ނަޒާހަތްތެރިން ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވިޔަސް، އަމަލުކުރަމުން ދަނީ އެއާ އިދިކޮޅަށެވެ. ސަރުކާރުގެ އެކި މަގާމްތަކަށް "ވަގުން"ގެ ގޮތުގައި ލޭބަލް ވެފައިވާ ބައެއް މީހުން އައްޔަަންކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
0%
0%
0%
0%
0%
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
30 މާރިޗު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4