އެތެރޭގެ ހުރިހާ ރޫޓަކަށް ޕްރޮމޯޝަނަލް އަގުތައް ތައާރަފް ކޮށްފިން ކަމަށް ބުނެ އޮޅުވާލައިގެން, މޯލްޑިވިއަންދަނީ ބޮޑު އަގުގައި ޓިކެޓް ވިއްކަމުން
އިއްޔެ މުޅި މީސްމީޑިއާ ގުގުމާލީ މޯލްޑިވިއަން އިން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކޮށްފި ކަމަށް ބުނެ ސަރުކާރުން ފެތުރި ސުކޭމު ހަބަރަށެވެ. ދޮގުހެދުމަކީ ކައްޒާބުގެ ހުނަރެއްކަން ދިވެހިންނަން ސާފުވެއްޖެއެވެ. އަދި ސަރުކާރުން ރައްޔިތުނަން އޮޅުވާލަން ކޮންމެފަދަ ދޮގެއްވެސް ހަދާފާނެކަމީ ފެންނަން ހުރިހަގީގަތެވެ.
މިފަހަރު މިހިންގާލި ޖަރީމާއަކީ ސަރުކާރުގެ ކެނޑިޑޭޓުން ދަތުރުކުރަން ޗައްކަރެއްޖަހާލީއެވެ. އެތެރޭގެ ހުރިހާ ރޫޓަކަށް ޕްރޮމޯޝަނަލް އަގުތައް ތައާރަފް ކޮށްފި ކަމަށް ބުނެ އޮޅުވާލައިގެން, މޯލްޑިވިއަންދަނީ ބޮޑު އަގުގައި ޓިކެޓް ވިއްކަމުން. މޯލްޑިވިއަންއިން އާންމުކުރާ ޕްރޮމޯޝަނަލް އަގުތަކުގައި އާންމުންނަށް ޓިކެޓް ނުވިއްކާ، އެ އެއަރލައިންގެ އިސްވެރިންގެ އާއިލާތަކާއި ސިޔާސީ އިސް ފަރާތްތަކުގެ އާއިލާތަށް އަގުހެޔޮ ފެއަރގައި ދަތުރު ކުރުމަކީ އާންމު ކަމެއް އަބަދުވެސް ދިވެހިން ތުހުމަތުކުރެއެވެ.
މިއަދު ހަވީރު މޯލްޑިވިއަން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން އެ އެއަރލައިން ރާއްޖޭގެ ހުރިހާ ރޫޓެއްގައި ކުރާ ދަތުރުތަކަށް ޕްރޮމޯޝަނަލް އަގުތަކެއް މިއަދު ތައާރަފް ކޮށްފައިވާ ކަމުގައެވެ. އަދި އެއީ މޯލްޑިވިއަންއަށް ލިބޭ ވަރަށްބޮޑު އުފަލެއްކަމުގައި ބުނެ, އެ އައރލައިނުން ވަނީ ފެއަރ ޓިކެޓްތަކުގެ އަގުތަކާއި އަދި އެ ފްލައިޓްތަކުގެ ޝެޑިއުލްވެސް އާންމުކޮށްފައެވެ. މޯލްޑިވިއަން އިން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކޮށްފި ކަމަށް ބުނެ ކުރި ޕުރޮމޯޝަންގައި ފުލައިޓަކުން ދޫކުރީ 6 ޓިކެޓެވެ. ނަމަވެސް، އެތެރެއިން ކުޅެ، މިޓިކެޓުތައްވެސް ވަނީ ސަރުކާރުގެ ސިޔާސީ ފަރާތްތަކުން ބުލޮކުކޮށްފައެވެ.
އެތެރޭގެ އުދުހުންތަކަކީ ނިމިދިޔަ ސަރުކާރަށްވެސް އެންމެ ބޮޑު ފާޑުކިޔުން އަމާޒުވި އެއްދާއިރާއެވެ. އެއާޕޯޓު އެޅިޔަކަސް ނިމުނީކީނޫނެވެ، އަތްފޯރާފަށަށް ޓިކެޓުގެނެސްގެން މެނުވީ މަތިން އުދުހުމަކީ ކޮންމެ ފަރުދަކަށް ކުޅަދާނަ ކަމަކަށް ނުވާނެއެވެ.
0%
0%
0%
0%
0%
25 ޑިސެންބަރު 2024
0
22 ޑިސެންބަރު 2024
0
16 ޑިސެންބަރު 2024
0
14 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4