ފެނަކައިން ޝިދުރަތު ލައްވާ ކުރުވަމުން ގެންދަނީ ބޭރުގެ ވެންޑަރުންނާއެކު ޑީލް ހެދުމުގެ މަސައްކަތް
ފެނަކަ ކޯޕަރޭޝަނުން އެ ކުންފުނީގެ ޕްރޮކިއުމަންޓް މެނޭޖަރުގެ މަޤާމަށް ޢައްޔަންކޮށްފައިވާ ފަރާތަކީ މަސްތުވާތަކެތީގެ ބޮޑު ތުހުމަތެއްގައި ކުރިން ހައްޔަރުކުރެވިފައިވާ ގއ. ގެމަނަފުށީ ސުރައްޔާމަންޒިލް މުޙައްމަދު ޝިދުރަތުއެވެ.
ޝިދުރަތަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން އެކެކެވެ. ފުލުހުން ބުނީ ޖެނުއަރީ 30 ގައި ހިންގި އޮޕަރޭޝަނުގައި ބަލައި ފާސްކޮށް، 9 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަަށެވެ. އަދިފުލުހުން ބުނި ގޮތުގައި، ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރި ކުށުގެ ވެށިން ވެސް 4.6 މިލިޔަން ރުފިޔާ ފެނުނެވެ. މި ފަދަ ސީރިއަސް ތުހުމަތެއް އޮތް ފަރާތެއް މުހިންމު މަޤާމަކަށް ޢައްޔަންކުރުމާމެދު ސުވާލު އުފެދެއެވެ.
ފެނަކައިން ޝިދުރަތު ލައްވާ ކުރުވަމުން ގެންދަނީ ބޭރުގެ ވެންޑަރުންނާއެކު ޑީލް ހެދުމުގެ މަސައްކަތް ކަމަށް ބުނެވެއެވެ. ނަމަވެސް ގިނަ ބަޔަކު ކަންބޮޑުވާ ގޮތުގައި މިއީ ކަޅު ފައިސާގެ ވިޔަފާރިއަށް މަގުފަހިވެދާނެ ކަމެކެވެ.
މި ޢައްޔަންކުރުމާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުއާޒުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތައް އުފެދިފައިވެއެވެ. އަދި މީގެ ސަބަބުން ކުންފުނީގެ އިތުބާރަށް އަސަރުކުރާނެ ކަމަށް ވެސް ފާހަގަކުރެވެއެވެ. މިކަހަލަ ޢައްޔަންކުރުންތަކުން ސަރުކާރުގެ ޒިންމާދާރުކަމާމެދު ސުވާލު އުފެދެއެވެ.
0%
0%
0%
0%
0%
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
30 މާރިޗު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4