ހަކުރު ސޭޓް އަރުޝަދްއާ ފެނަކަ މެނޭޖަރަކަށް އުޅޭ އޭނަގެ ފިރިހެން ޕަރސަނަލް ސެކެޓްރީ ސިދުރަތު.
މަގު ފޭރި ވައްކަންކޮށް ތިޖޫރީ ފަޅާ އަދި ހަކުރު ވިއްކަންއުޅޭ އަރުޝަދް ހާލިދުގެ ފިރިހެން ޕަރސަނަލް ސެކެޓްރީ މުހައްމަދު ސިދުރަތު ފެނަކައިގެ މެނޭޖަރުގެ ވަޒީފާއަށް ވަދުނު ގޮތަށް ބީ.އެމް.ޑަބްލިޔު. ކާރެއް ގަނެފަވާކަން ފަޅާއަރާފިއެވެ.
ސިދުރަތަކީ އަރުޝަދުގެ ހަކުރު ނެޓްވޯކްގަ އޭނާގެ ލާރި ބަލަހައްޓަން ގެންގުޅޭ މީހެއް ކަމަށް އެ ނެޓްވޯކް އަތުލައިގަނެގެން ހިންގި ތަހގީގުގަ ފުލުހުން ވަނީ ބުނެފައެވެ.
އެފަހަރު އަރުޝަދްއާއެކީ ހައްޔަރުކުރި 9 މީހުންގެ ތެރޭގަ ސިދުރަތު ވެސް ހިމެނެއެވެ.
މިއަހަރުގެ ޖެނުއަރީކޮޅުގަ ސިދުރަތު ފެނަކައަށް ވެއްދީވެސް އަރުޝަދް ފެނަކަ މުއާޒް ގާތުގަ ބުނެގެންނެވެ. އެއީ ޕްރޮކިއޮމަންޓްގެ މެނޭޖަރެއްގެ ވަޒީފާއަށެވެ. ސިދުރަތަށް މުސާރަޔަށް މަހަކު ގާތްގަޑަކަށް 29000 ރުފިޔާ ފެނަކައިންދެއެވެ. އެއީ މުސާރާގެ އެންމެ މަތީ ބޭންޑެވެ. އެ ވަރުންވެސް ސިދުރަތު މަސައްކަތްކުރަނީ ކުންފުންޏަށް ގެއްލުންވާ ގޮތަށެވެ.
އަޅުގަނޑުމެންނަށް ލިބިފަވާ ލިޔުންތަކުގައި ސިދުރަތު ރާއްޖެއަށް އެތެރެކޮށްފަވަނީ ބީ.އެމް.ޑަބްލިޔު 528އައި ކާރެކެވެ. މީގެ ކާރެއް ޑިއުޓީ ލާފަ ރާއްޖެ އެތެރެކުރަން 6 ލައްކަ ރުފިޔާވަރު ދާނެއެވެ.
އަޅުގަނޑުމެންގެ ތަހުގީގުން ދައްކާ ގޮތުގަ ސިދުރަތު މި ކާރު ކްލިއަރކުރަން ހުރިހާ ހަރަދުތަކެއް ނިންމީ ފެނަކައަށް ވަދެ އެތަނުން އަރުޝަދަށް ޑީލްތައް ހޯދަދީގެން ކަޓަށް ލިބޭ ލާރިންނެވެ.
މިފަހުން ބޮޑު އަގުގަ ގދ. ތިނަދޫއަށް ފެނަކައިން ބޮޑު އަގުގަ ގަނެގެން ފަޅާއެރި ފެން ޕްލާންޓް ޑީލް ޕްރޮކިއޮމަންޓް ތެރެއިން ނިންމި އެކަކަކީ ސިދުރަތުއެވެ. އެ ޕްލާންޓް ބޮޑުއަގުގަ ފެނަކައަށް ވިއްކީ މުއާޒްއާ ގުޅުން އޮންނަ އެޗް.ކިއު ހޯލްޑިންގްސްއިންނެވެ.
އޭގެ ފަހުންވެސް ސިދުރަތު ވަނީ ގިނަ އަދަދެއްގެ ސާމާނު ބޮޑު އަގުގަ އެޗް.ކިއު ހޯލްޑިންގްސުން ފެނަކައަށް ގަނެފައެވެ. އެ ކުންފުނިން ކުރާ ކަމަކީ ބާޒާރުން އަގުހެޔޮކޮށް ސާމާނު ގަނެގެން ފެނަކައަށް އަގުބޮޑުކޮށް ވިއްކުމެވެ. މިހާރުވެސް އެ ކުންފުނިން އަންނަނީ ބޮޑު އަގުގަ ސްޕެއަރ ޕާޓްސްއާ ފިލްޓަރ ފެނަކައަށް ވިއްކަމުންނެވެ.
މި ޑީލް ފެނަކަ ތެރެއިން ހިންގާ މީހަކީ ސިދުރަތެވެ. މި ޑީލްތަކުން ލިބޭ ހުރިހާ ފައިސާއެއް ދަނީ ސީދާ މުއާޒްއަށެވެ. އަދި އަރުޝަދާއި ސިދުރަތު އަދި މިކަމުގަ އެކި ސްޓޭޖްގަ އުޅޭ ސްޓާފުންނަށް ވެސް ރަނގަޅުވަރެއްގެ އެއްޗެއް ލިބެއެވެ.
ބޮޑު ހަކުރު ނެޓްވޯކެއްގަ ހިމެނޭ ސިދުރަތަކީ ރާއްޖޭގެ ކޯޓްތަކުގަ ވަކާލާތުކުރަން ހުއްދަ ދީފަ ހުންނަ ގާނޫނީވަކީލެކެވެ. އެހެންވެ ނެޓްވޯކް ތެރޭގަ ސިދުރަތު މަޝްހޫރުވެފަވަނީ އަލުސްތާޒް ބްރައުން ޝުގަރގެ ނަމުންނެވެ.
ސިދުރަތު ފެނަކައަށް ވަދުނު ފަހުން އެތަނުން ނުރައްކާތެރި ގޭންގްސްޓާރުން ފެނުން ވަނީ އާންމުވެފައެވެ. އަރުޝަދްއާ ގުޅުން އޮންނަ ގޭންގްތަކަށް ޑީލްތައް ހޯދަދެނީ މުއާޒްގެ ރުހުން ލިބިގެން ސިދުރަތުވެސް ބައިވެރިވެގެންނެވެ.
ފެނަކަ ހެޑް އޮފީހަށް ދަންވަރު ގަޑީގަ ނުރައްކާތެރި ގޭންގްސްޓާރުން ވައްދާކަމުގެ މައުލޫމާތުވެސް އަޅުގަނޑުމެންނަށް ވަނީ ލިބިފައެވެ. އެންމެ ގިނައިން މިގޮތަށް ވަންނަނީ ސިދުރަތު އާއި މުއާޒްގެ ބޮސް އަރުޝަދުއެވެ. މި މީހުން ފެނަކައަށް ދަންވަރު ވަންނަނީ އެކި ޑީލްތަކުގެ ސްޓޭޓަސް ބަލާ އޯކޭ ކުރަންވެގެންނެވެ. ނަމަވެސް މިހާ ފަސޭހައިން ސަރުކާރު ކުންފުންޏެއްގެ ތެރެއަށް ދަންވަރު ގަޑީގަ އަރުޝަދު ވަންނަނަމަ އެތާ ތެރޭގަ އޭނަގެ ހަކުރު ޝިޕްމަންޓްތައް ފޮރުވުމުގެ ފުރުސަތުވެސް އެބައޮތެވެ.
ކޮންމެ ރެއަކު ދަންވަރު ގޭންގްސްޓާރުން ފެނަކައަށް ވަންނައިރު އެތާ ކުރިމަތީގަ ހުންނަނީ ޕޮލިސް އިސްކަންދަރު ކޮއްޓެވެ. މިވަރުގެ ބޮޑުކަމެއް ހިނގަމުންމިދަނީ ފުލުހުންގެ ކުރިމަތީގައެވެ.
0%
0%
0%
0%
0%
20 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
2 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4