ލިއޯ ޓުރޭޑިންގް އަދި ވީޗޭ ޕަވާ ގުރޫޕާއިއެކު ސޮއިކުރީ 30 ޖަނަވަރީ 2024ގައި
ދައުލަތުގެ ކުންފުނިތަކުން ލިބެން ހުރި މުދަލާއި ޚިދުމަތްތައް ގަންނަންވާނީ އެތަންތަނުންކަމަށް މާލިއްޔަތާ ގުޅޭ ގަވާއިދުގައާއި ފިނޭންސް މިނިސްޓްރީގެ އެކިއެކި ސާކިއުލަރތަކުން އޮންނަނީ ދައުލަތުގެ ކުންފުނިތަކަށް އަންގާފައެވެ. މިގޮތުން މިއޮއް ހުރިހާ ދުވަހުވެސް ފެނަކައަށް ބޭނުންވާ އަޑީތެޔޮ ގަންނަމުން ގޮސްފައިވަނީ އެމްޓީސީސީ އިންނެވެ.
ޗައިނާގެ ވީޗޭޕަވާ ކުންފުނި ބާއިންޖީނުތަކެއް އެތެރެ ކުރަނީ މަޖިލީސް އިންތިހާބައް ބޭނުންވާ ކަޓުނަގަން.
އެހެންނަމަވެސް މިކަމުންވެސް ނާޖާއިޒް ފައިދާއެއް ނެގުމަށް މެޑަމް ސާޖިދާގެ ވިޔަފާރި ޕާޓްނަރު ލިއޯ ސަވާދުގެ ކުންފުންޏަށް ބޮޑު އަގުގައި ވަގުތުން ފައިސާ ދިނުމަށްފަހު ފެނަކައިން މިވަނީ އަޑީތެޔޮ ގަންނަން ފަށާފައެވެ. މިކަމުގައި ބައި އަޅަންޖެހެނީ ސާޖިދާއަށާއި ފެނަކަ އެމްޑީ މުއާޒަށެވެ.
އެނގިފައިވާގޮތުގައި އެމްޓީސީސީ އިން ކްރެޑިޓަށް ވިއްކަމުން ދިޔަ އަޑީތެޔޮ ސަވާދުއަތުން ގަންނަނީ އެޑްވާންސްކޮށް ފައިސާ ދެއްކުމަށްފަހުއެވެ. މިއީ ދުނިޔޭގެ އެއްވެސް ބޮޑު ވިޔަފާރިއެއްގައި މިފަދަ ކަންކަން ކުރާ އުސޫލެއް ނޫނެވެ. މިކަން އޮޅުވާލުމުގެ ގޮތުން ލިއޯއިން ވަނީ މިއީ ކްރެޑިޓް އަގުކަމަށް ބުނެ ކޯޓޭޝަން ފޮނުވާފައެވެ. ނަމަވެސް ފެނަކަ ފައިނޭންސް ޑިޕާޓްމަންޓުގެ ފަރާތުން މައުލޫމާތު ލިބެނީ މުދާ ލިބުމުގެ ކުރިން ސަވާދުގެ ޕޭމަންޓުތައް ނިންމަން އެމްޑީ މުއާޒު އަންގާފައި އޮންނަ ކަމަށެވެ. މިގޮތުން އެމްޓީސީސީ އިން 55 ރުފިޔާއަށް ވިއްކާ އަޑީތެޔޮ ލީޓަރެއް ލިއޯ ސަވާދު އަތުން ގަންނަނީ 57.74 ރުފިޔާއަށެވެ.
ބޮޑުއަގުގައި ލިއޯ ޓުރޭޑިންގް އިން ތެޔޮގަންނަ އިންވޮއިސް
ފެނަކައަކީ ދުވާލަކު އެތައް ހާސް ލީޓަރެއްގެ އަޑީތެޔޮ އެ ކުންފުނީގެ އިންޖީނުތަކަށް އަޅަންޖެހޭ ކުންފުންޏެކެވެ. އެމްޓީސީސީ އިން ވިއްކާ ކާސްޓްރޯލް ބްރޭންޑްގެ ކޮލިޓީ ރަނގަޅު އަޑީތެލުގެ ބަދަލުގައި ފެނަކައިން ލިއޯ ސަވާދުއަތުން މިހާރު ގަންނަނީ ޗައިނާގައި އުފައްދާ ތުރުކީގެ ބްރޭންޑެއްގެ އަޑީތެލެވެ. މިކަމާ ގުޅިގެން މިދިޔަ 2 މަހެއްހާ ދުވަހު މެއިންޓަނެންސް ޚަރަދުތައްވެސް އިންތިހާއަށް އުފުލިފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި ރަށްރަށުގެ އިރުއިރުކޮޅާ ހަލާކުވެ ރަށްރަށުން ކަރަންޓު ދަނީ މިކަމަކާ ހުރެކަމަށް ފެނަކައިގެ އިންޖިނިއަރިންގް ޑިޕާޓްމަންޓުން މައުލޫމާތު ދެއެވެ.
އެޑްވާންސްކޮން ލާރިދީފައިވާ އިންވޮއިސްތަކެއް ވަނީ އަޅުގަނޑުމެންނަން ލިބިފަ.
ކުންފުނި ވަނީ ބަނގުރޫޓު ވެފައިކަމަށް ބުނެ ރަށްރަށުގެ އެތައް ސަތޭކަ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ފެނަކައިން މިވަނީ ސާޖިދާގެ އޯޑަރަށް މުދާ ލިބުމުގެ ކުރިން ބޮޑު އަގުގައި ލިއޯ ސަވާދު އަތުން އަޑީތެޔޮ ގަންނަން ފަށާފައެވެ. މިކަމާ ގުޅޭ ޕާޗޭސް އޯޑަރުތައް ހިއްސާ ކުރި މުވައްޒަފުން ބުނެފައިވަނީ މިކަން މި ކުރަނީ ކުންފުނީގެ މިސްރާބު ހުރި ގޮތުން ކެތް ނުވެގެން ކަމަށާއި މިފަދަ ކިތަންމެ އެއްޗެއް ކުރިއަށް އޮތް ތަނުގައި އާންމު ކުރާނެ ކަމަށެވެ. ސާޖިދާ އަދި މުއާޒުގެ އެކައުންޓުތައް ބަލައި ތަހުގީގު ކުރުމަށް މި ފުރުސަތުގެ ފްލެޓްވަގު އޭސީސީއަށް ގޮވާލަމެވެ.
0%
0%
0%
0%
0%
2 ޖުލައި 2025
0
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4