ފެނަކަ އެމްޑީ މުއާޒްއަށް 66 މިލިއަން ރުފިޔާގެ ކޭބަލް ޑީލަކުން 26 މިލިއަން ލިބުނު
ޕޯލް މަސްކަރޭނާސް
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު އެ ކުންފުންޏަށް ގެއްލުންވާ ގޮތަށް، އަމިއްލަ ޖީބަށް 26 މިލިއަން ރުފިޔާ ލިބޭ ބޮޑު ހިޔާނާތެއް ހިންގިކަން ފަޅާއަރައިފިއެވެ.
މުއާޒް މި ޖަރީމާ ހިންގާފައިވަނީ އަލްފާ އެނަރޖީ ސޮލިއުޝަންސް އެފްޒެޑް-އެލްއެލްސީ ނަމަކަށް ކިޔާ ޔޫއޭއީ ކުންފުންޏަކާ ގުޅިގެންނެވެ.
މި ކުންފުނީގެ ފަރާތުން ރާއްޖޭގައި މުއާޒްއާ ގުޅިގެން މުއާމަލާތްތައް ހިންގަނީ ޕޯލް މަސްކަރޭނާސް ކިޔާ އިންޑިއާ ރައްޔިތެކެވެ.
ފެނަކައިން މިދިޔަ 3 ހަފްތާއެއްހާ ދުވަސް ތެރޭގައި އަލްފާއަށް ހަދާފައިވާ 18 ޕަރޗޭސް އޯޑަރތަކުގެ ފޮޓޯތަކެއް މި ނޫހަށް ވަނީ ލިބިފައެވެ.
ހެޑް އޮފް ޕްރޮޖެކްޓްސް އަބްދުލް ވާހިދު އެޕްރޫވްކޮށްފަވާ ޕީއޯއެއް
ހެޑް އޮފް ޕްރޮކިއޮމަންޓް އައިޝަތު އައިމަން އެޕްރޫވްކޮށްފަވާ ޕީއޯއެއް
ފެނަކަ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު އެޕްރޫވްކޮށްފަވާ ޕީއޯއެއް
އެ ޕަރޗޭސް އޯޑަރތަކުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އެކި ބޭނުންތަކަށް އެކި ރަށްރަށަށް ބޭނުންވާ ކަމަށް ބުނެ މާކެޓް ރޭޓަށްވުރެ ބޮޑުކޮށް ގަނެފައިވާ ކޭބަލްތަކެކެވެ. އެހެން ނަމަވެސް ކޭބަލް ބޭނުންވާ ރަށްރަށް ވަރަށް ފަހުން ކޭބަލް ގަނެ ހަމަކޮށްފައިވުމާއެކު އިތުރަށް މިހާ ގިނަ އަދަދެއްގެ ކޭބަލްތަކެއް ގަތުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އައިމަން އެޕްރޫވްކޮށްފަވާ 1.2 މިލިއަންގެ ޕީއޯއެއް
އައިމަން އެޕްރޫވްކޮށްފަވާ 2.8 މިލިއަންގެ ޕީއޯއެއް
ވާހިދު އެޕްރޫވްކޮށްފަވާ 3.9 މިލިއަންގެ ޕީއޯއެއް
ވާހިދު އެޕްރޫވްކޮށްފަވާ 2.8 މިލިއަންގެ ޕީއޯއެއް
ވާހިދު އެޕްރޫވްކޮށްފަވާ 2.4 މިލިއަންގެ ޕީއޯއެއް
ވާހިދު އެޕްރޫވްކޮށްފަވާ 2.5 މިލިއަންގެ ޕީއޯއެއް
އައިމަން އެޕްރޫވްކޮށްފަވާ 1.1 މިލިއަންގެ ޕީއޯއެއް
ވާހިދު އެޕްރޫވްކޮށްފަވާ 4.9 މިލިއަންގެ ޕީއޯއެއް
މުއާޒް އެޕްރޫވްކޮށްފަވާ 2.4 މިލިއަންގެ ޕީއޯޯއެއް
ވާހިދު އެޕްރޫވްކޮށްފަވާ 8.3 މިލިއަންގެ ޕީއޯއެއް
ވާހިދު އެޕްރޫވްކޮށްފަވާ 2.9 މިލިއަންގެ ޕީއޯއެއް
ވާހިދު އެޕްރޫވްކޮށްފަވާ 4 މިލިއަންގެ ޕީއޯއެއް
ވާހިދު އެޕްރޫވްކޮށްފަވާ 2.3 މިލިއަންގެ ޕީއޯއެއް
ވާހިދު އެޕްރޫވްކޮށްފަވާ 2.5 މިލިއަންގެ ޕީއޯއެއް
ވާހިދު އެޕްރޫވްކޮށްފަވާ 8.8 މިލިއަންގެ ޕީއޯއެއް
މި ޕަރޗޭސް އޯޑަރތަކުގެ ޖުމްލަ އަގު ހިސާބުކޮށްލުމުން 65.7 މިލިއަން ރުފިޔާއަށް އަރައެވެ. މި މުއާމަލާތުން މުއާޒަށް %40 ގެ ގޮތުގައި 26.3 މިލިއަން ރުފިޔާ ލިބޭކަން މި ނޫހުން ކުރި ތަހުގީގުން ވަނީ ކަށަވަރު ކުރެވިފައެވެ.
މީގެ ތެރެއިން ކޮންމެ ޕަރޗޭސް އޯޑަރއަކަށްވެސް މުއާޒު ވަނީ އެޑްވާންސަށް %15 ދީފައެވެ. އަދި ބާކީބައި ދެނީ މުދާ ޑެލިވާކުރުމުންނެވެ.
މި ޕަރޗޭސް އޯޑަރތައް ފެނަކައިގެ ފަރާތުން އެޕްރޫވްކުރީ މުއާޒުގެ އިތުރުން އެ ކުންފުނީގެ ހެޑް އޮފް ޕްރޮޖެކްޓްސް އަބްދުލް ވާހިދާއި ހެޑް އޮފް ޕްރޮކިއޮމަންޓް އައިޝަތު އައިމަންއެވެ.
ފެނަކަ ޕްރޮޖެކްޓްސްގެ ވެރިޔާ އަބްދުލް ވާހިދު މުހައްމަދު
ފެނަކަ ޕްރޮކިއޮމަންޓްގެ ވެރިޔާ އައިޝަތު އައިމަން
ވާހިދު އާއި އައިމަން ކައިވެނީގެ ބޭރުން އޮފީސް ތެރޭގައި ލޯބީގެ ސިއްރު ގުޅުމެއް ހިންގަމުންދާ ކަމަށް އޮންނަނީ އަޑުފެތުރިފައެވެ. އެ އިރެއްގައި އޮންނަ މެނޭޖްމަންޓެއްގެ ކޮންމެވެސް މީހަކާ މިފަދަ ގުޅުމެއް ބާއްވާ ވާހަކައަކީ ފެނަކަ ހެޑް އޮފީހުގައި މަޝްހޫރު ވާހަކައެކެވެ.
ކުރީގެ ރައީސް ޔާމީންގެ ޒައާމަތުގައި އައިމަން އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުއާ އެއްކޮށް ފޮޓޯއެއް ނަގާލަނީ
ކުރީގެ ފަރސްޓް ލޭޑީ މެޑަމް ފާތުންއާ އެކު ސެލްފީ ނަގަން އައިމަން ކިޔުގައި ޖެހިގެން
ކޭބަލް ގަތުމުގައި ކޮރަޕްޝަންގެ ބޮޑު އަމަލެއް ހިންގުމުގެ އިތުރުން މުއާޒްއަށް 8 މިލިއަން ރުފިޔާ ލިބޭގޮތަށް އޭނާއާ ގާތް ގުޅުމެއް އޮންނަ އެޗްކިއު ހޯލްޑިންގްސް ނަމަކަށް ކިޔާ ކުންފުންޏެއް މެދުވެރިކޮށް މާކެޓް ރޭޓަށްވުރެ އަގުބޮޑުކޮށް ފެން ޕްލާންޓެއް ގަނެފައިވާކަން ވެސް މިދިޔަ ހަފްތާގައި ވަނީ ފަޅާއަރާފައެވެ.
ގާތްގަނޑަކަށް 3.5 މިލިއަން ރުފިޔާއަށް ގަންނަން ލިބޭ އެ ފެން ޕްލާންޓް އެޗްކިއު ހޯލްޑިންގްސް މެދުވެރިވެގެން ފެނަކައަށް ވިއްކީ 14 މިލިއަން ރުފިޔާގެ ފިތްކަނޑައިގެންދާ ވަރުގެ ބޮޑު އަގެއްގައެވެ.
މުއާޒް އިސްވެ ހުރެ ފެނަކަ ތެރެއިން ކޮރަޕްޝަންގެ މިފަދަ ބޮޑެތި އަމަލުތައް ހިންގަނީ އެސްޓީއޯގެ ދަށަށް ފެނަކަ ނުގޮސް މަޑުޖައްސާލެވެން އޮތީ ޖެނުއަރީގެ ކުރިން މުއިއްޒުއަށް 100 މިލިއަން ރުފިޔާ ހޯދައިދީގެން ކަމަށް ވާތީއެވެ. މުއާޒް އޭނާގެ އަރިސް މީހުން ގާތުގައި މި ކަންބޮޑުވުން ހިއްސާކޮށްފައިވެއެވެ. އަދި ރައީސްގެ ފަރާތްޕުޅުން މުއާޒަށް މިކަން އެންގީ މިނިސްޓަރެއް ކަމަށްވެއެވެ.
ފުލުފުލުގައި މުއާޒު ފެނަކަ ތެރެއިން ހިންގާ އެތައް މިލިއަންގެ ބޮޑެތި ޖަރީމާތައް ފަޅާއަރަމުންދިޔަ ނަމަވެސް ކުންފުންޏާ ހަވާލުވީއްސުރެ ދައްކަނީ ކުންފުނީގެ މާލީ ހާލަތު ގޯސް ވާހަކައެވެ.
ބަނގުރޫޓުވެ، ދަރަނީގައި އޮތް ކަމަށް ބުނާ ކުންފުންޏަކުން މިވަރުގެ ބޮޑެތި ޖަރީމާ ހިންގާއިރު، މާލީ ހާލަތު ގޯސް ކަމަށް ބުނެ އާދައިގެ މުވައްޒަފުން އެކި ފަހަރުމަތިން އަދި މިފަހުންވެސް ވަޒީފާއިން ވަނީ ވަކިކޮށްފައެވެ. އަދި މި ހަފްތާގައި އެ ކުންފުނީގެ މުވައްޒަފުން ލައްވާ އަޅު މަސައްކަތްކުރާ އުސޫލުން މަސައްކަތު ގަޑި އިތުރުކޮށް، ޗުއްޓީ އެލަވަންސް ދިނުން ހުއްޓާލަން ނިންމުމާއި ޝިފްޓު އުސޫލުން މަސައްކަތް ކުރާ މުވައްޒަފުން ހަފްތާއަކު 6 ދުވަހު މަސައްކަތްކުރަން ޖެހޭ ގޮތަށް ވަނީ ބަދަލުގެނެސްފައެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4