ފެނަކަ މެނޭޖިންގ ޑިރެކްޓަރ މުއާޒާއި ޑެޕިއުޓީ މެނޭކިންގ ޑިރެކްޓަރ ރުކުމާ
ފެނަކައިން އިރުއިރުކޮޅާ މިވެނި ރަށެއްގެ އެވެނި ޕްރޮޖެކްޓެއްގެ މިވެނި ޕަސެންޓެއް ނިމިއްޖޭ ބުނެ ސޯސަލް މީޑިއާގަ ޕޯސްޓްތައް ޖަހަނީ އެއްވެސް މަސައްކަތެއް ނުކޮށްތިބެކަން އަޅުގަނޑުމެންނަށް އެނގިއްޖެއެވެ.
ފެނަކައިން ޕްރޮޖެކްޓް ސްޓޭޓަސް ހިއްސާކުރި ބައެއް ރަށްރަށުގެ މީހުން ވަނީ އެކަން ދޮގުކޮށް އަޅުގަނޑުމެންނާ މައުލޫމާތު ހިއްސާކޮށްފައެވެ. އެ މީހުން ބުނާ ގޮތުގަ ފެނަކައިން ޝެއަރކުރާ ފޮޓޯތަކުން ފެންނަނީ މިހާރު އޮތް މެނޭޖްމަންޓްއިން ކުންފުންޏާ ހަވާލުވީއިރުވެސް މަސައްކަތްކޮށްފަވާ މިންވަރެވެ. އިތުރަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ.
ފޮޓޯ ނަގާ ގަޑިއަށް ރަށުތެރޭން މީހަކަށް ލާރިކޮޅެއް ދީ ކުޑަ ޝޫޓްއެކޭ ކިޔާފަ ގެނެސް މަސައްކަތްކުރާކަމަށް ދައްކަންވެސް މަސައްކަތްކުރާ ކަމަށްވެއެވެ. އެކަހަލަ ފޮޓޯއެއް ނެތި ހުސް އިމާރާތެއް ނުވަތަ ތަނެއްގެ ފޮޓޯ ލާފަހުންނަނީ މިގޮތަށް މީހަކު ނުގަނެވޭ ފަހަރުތަކުގައެވެ.
އަޅުގަނޑުމެންނަށް ސީދާ އެ ރަށްތަކުގެ ނަންތައް ބުނެދެވެން ނެތީ އެ ރަށްތައް ބުނެފިނަމަ ފެނަކަ މެނޭޖްމަންޓްއިން އެ ރަށު ބްރާންޗްގެ މުވައްޒަފުން ވަޒީފާއިން ކަނޑާ، އެތައް ނިކަމެތި އާއިލާތަކެއް ހާލުގަ ޖައްސާނެތީއެވެ.
ބެލެވޭ ގޮތުގަ މިއީ ޖެނުއަރީގަ އެސްޓީއޯގެ ސަބްސިޑަރީއަކަށް ފެނަކަ ބަދަލުކުރާތީ ކަންދެއްކުމުގެ ގޮތުން ޝެއަރކުރާ ޕޯސްޓްތަކެކެވެ. އެހެންނަމަވެސް އެސްޓީއޯއިން ހަވާލުވެ ވަރުގަދަ އޮޑިޓްއެއް ހެދުމުން މި ޓްވީޓްތަކަކީ ކިހާބޮޑު ދޮގެއްކަން ރައްޔިތުންނަށް ހާމަވާނެއެވެ.
އަދި މި ޚަބަރު ޖަހާފަހުން މަސައްކަތްކުރަން އުޅުނަސް އެކަންވެސް އޮޑިޓް ރިޕޯޓްތަކުން ފެންނަން ހުންނާނެއެވެ.
ފެނަކައިގެ މިހާރު އޮތް މެނޭޖްމަންޓްއިން ވަނީ ކުންފުންޏާ ހަވާލުވުމަށްފަހު ކުންފުނި ބަނގުރޫޓްވެފަ އޮތް ކަމަށް ބުނެ ޕްރޮޖެކްޓްތައް ނުހިންގޭނެކަމަށް ބުނެ ގިނަ ޕްރޮޖެކްޓްތައް ދޫވެސްކޮށްލާފައެވެ. އަދި ގިނަ އަދަދެއްގެ މުވައްޒަފުންވެސް ފެނަކަގެ މި މެނޭޖަމަންޓުންވަނީ ވަކިކޮށްފައެވެ.
މިހާތަނަށް އައިއިރު ފެނަކަ މެނޭޖްމަންޓްއާ ބެހޭގޮތުން ހާމަވި މައުލޫމާތުތަކަށް ބަލާއިރު ހަގީގަތުގަ ޕްރޮޖެކްޓްތައް ދޫކޮށްލީ ހިންގެން ނެތިގެން ނޫންކަން ރައްޔިތުންނަށް ވާނީ ކަށަވަރުވެފައެވެ. ސަބަބަކީ ބަނގުރޫޓްވެފަ އޮތް ކަމަށް ބުނި ކުންފުނިން މެނޭޖްމަންޓްއާ ގުޅުންހުރި ސަޕްލަޔަރުންގެ އަތުން މާކެޓް ރޭޓަށްވުރެ އެތައް ގުނައެއް ބޮޑުކޮށް މުދާ ގަންނަކަން ވަނީ ފަޅާއަރާފައެވެ.
މި ކުންފުނިތަކަކީ ފެނަކަ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދްއާ ގާތްގުޅުމެއް އޮންނަ ހަކުރު ސޭޓް އަރުޝަދް ޚާލިދް ހަކުރު ވިއްކައިގެން ހޯދާ ފައިސާ ލޯންޑަރކުރާ ކުންފުނިތަކެކެވެ. އޭގެ އިތުރުން މުއިއްޒު ކޮންމެ މަހަކު ރައްޔިތުންގެ މަޖިލިސް ޕީއެންސީ މެމްބަރުންނަށް ދޭ ބައި ލައްކަ ރުފިޔާގެ އިނާޔަތް ޕެކޭޖްއަށް ފައިސާ ހަމަކުރަން މުއާޒް ޖިޒީގެ ގޮތުގަ ދައްކާ ރުފިޔާވެސް ހޯދަނީ މި ޑީލްތަކުގެ ތެރޭންނެވެ.
އެކި ނޫސްތަކުން ހެއްކާއިއެކު މިކަން ހާމަކުރުމުންވެސް އޭސީސީއިން މިކަން ހުއްޓުވަން އެއްވެސް ކަމެއް ނުކުރެއެވެ.
0%
0%
0%
0%
0%
20 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
2 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4