ގޮނޑިވިއްކާލި މެންބަރުންނަށް 4 މިލިއަންގެ އިތުރުން ސާޖިދާގެ ފުލެޓުލިސްޓުގައި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހުޅުމާލޭގައި އަޅަން ފަށާފައިވާ ފްލެޓްތަކުގެ ތެރެއިން ފުރަތަމަ ފްލެޓް ލިބޭ 4000 މީހުންގެ ލިސްޓްބާތިލްކޮށް ނުވަތަ ބަދަލު ގެނައުމަށް މިސަރުކާރާއި އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންނާއި ހަދާފައިވާ ޑީލުގެ ތެރެއިން ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ހާއްސަކުރާ ލިސްޓުން، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ޕީއެންސީއަށް ވިއްކާލި 13 މެމްބަރުންނަށް ފްލެޓް ދޭން ނިންމައިފި އެވެ.
އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ކުރިން ތިބި 13 މެމްބަރަކު ރިޝްވަތު ނެންގެވުމަށްފަހު ޕީއެންސީއަށް ބަދަލުވީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އެމެންބަރުން ރިޝްވަތުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ނެންގެވުމުގެ އިތުރުން ވަޒީފާތައް ހަމަޖެއްސުމާއި ފްލެޓް ލިސްޓަށް އެމެންބަރުން ބޭނުންވާ ބަޔަކު ލުމަށް ވަނީ ޝަރުތުކޮށްފައެވެ.
އެގޮތުން މެމްބަރުން ބޭނުންވާ މީހުންނަށް ފްލެޓް ދިނުމަށް ފްލެޓުން ވައްކަން ކުރުމުގައި އިސްކޮށްތިބި ފަރާތްތަކާއި ޕީއެންސީން މަޝްވަރާކޮށްފައިވަނީ ރޭގެ ވަގުތެއްގައި މ ދިމްޔާތުގައެވެ. އެހެންކަމުން ސާޖިދާގެ ލިސްޓަށް ފްލެޓް އިތުރު ކުރުމަށް މިހާރު ލިސްޓުގައިތިބި ގިނަ ބަޔަކު ލިސްޓުން އުނިކުރަމުން ގެންދާކަމަށް އޭސީސީގެ އޮފިޝަލަކު ވިދާޅުވިއެވެ.
މެމްބަރުންނަށް ފްލެޓް ދިނުމަށް ސާޖިދާ ލިސްޓު ބޮޑުކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު މި ނޫހަށް އެނގިފައިވާ ގޮތުގައި އޭސީސީގެ މެމްބަރުން ބޭނުންވާ 50 މީހަކަށް ފްލެޓް ދިނުމަށް ސަރުކާރުން ކުރިން ވަނީ އެއްބަސްވެފައެވެ. އަދި އެކަމަށް އޭސީސީގެ މެމްބަރުންވެސް އެއްބަސްވުމަށްފަހު އެ އަދަދު 75 އަށް އިތުރު ކުރުމަށް ސަރުކާރަށް ދަނީ ޕްރެޝަރު ކުރަމުންނެވެ.
ފްލެޓް ލިސްޓް އުވާލުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަނީ ރައީސް ޔާމީންގެ ވެރިކަމުގައިވެސް ބޮޑެތި ވައްކަންތަކެއް ކުރިކަން ސާބިތުވެފައިވާ ރައީސް މުއިއްޒުގެ މިހާރުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައިހުރި ނައިފަރު އިކްރާމް އަބްދުއްލަތީފާއި ރައީސްގެ ގެކޮޅު މުލިއާގޭގެ މިނިސްޓަރަކަށް މިހާރުކުރި މުއިއްޒުގެ ބޭބެ އިގްބާލް އާދަމްއާއި އޭސީސީގެ މިހާރުގެ ރައީސް އާދަމް ޝާމިލްއެވެ.
އޭސީސީގެ މެމްބަރުން އިތުރު ފްލެޓް ބޭނުންވެގެން ޑިމާންޑް ކުރަން ފެށުމުން މައްސަލަ ހޫނުވެ އިކްރާމްވަނީ ޝާމިލްއަށް ގުޅާ ވަރުގަދަޔަށް ބަވާލާފައެވެ. ދޮންއަމައަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާމިލްއަށް އިކްރާމްވަނީ ހުތުރު ބަހުން މުއާމަލާތު ކޮށްފައެވެ. މިމައްސަލާގައި މި ނޫހުން ގުޅުމުން އިކްރާމް ވިދާޅުވީ އޭސީސީއާ ސަރުކާރާއި މާބޮޑު މައްސަލައެއް ނެތްކަމަށެވެ. ނަމަވެސް މި ތުހުމަތުތައް އިކްރާމް ދޮގެއް ނުކުރައްވައެވެ.
އިކްރާމް ވިދާޅުވީ ބޮޑު މައްސަލައެއް ނޫޅޭކަމާއި އުޅެނީ ނެސްކެފޭ މިލްކް ކޮފީއެއް ދޭން ރައްޓެއްސަކު ބުމުނުން އޭނާއާއެކު ކެފޭއަކަށް ވަދެ، ލަވާޒާ މިލްކު ކޮފީއަކަށް އޯޑަރުދިނުންކަހަލަ ކުޑަކުޑަ ހިތްހަމަ ނުޖެހުމެއް ކަމަށެވެ. އަދި އިތުރަށް ވާހަކަ ދައްކަން ބޭނުން ނޫންކަމަށް ބުނެ އިކްރާމް ވަނީ ފޯނު ކަނޑާލާފައެވެ. ފަހުން މި ނޫހުން ގުޅުމުން އިކްރާމް ފޯނެއް ނުނެންގެވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހުޅުމާލޭގައި އަޅަން ފަށާފައިވާ ފްލެޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓުން މިހާތަށް އެންޓިކޮރަޕްޝަން ކޮމިޝަން މެދުވެރިކޮށް، ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބޭނުންވެގެން 738 އަށް ވުރެ ގިނަ ފްލެޓް މިހާރުވެސް ވަނީ ނަގާފައެވެ.
ދޮންއަމައަށް އެތެރެއިން މައުލޫމާތުލިބިފައިވާ ގޮތުުގައި އޭސީސީގެ މެމްބަރުން އިސްވެތިބެ ހައުސިން މިނިސްޓްރީގެ ޕޯޓަލްއަށް ވަދެ ފްލެޓް ލިބުނު ބައެއް މީހުންގެ މައުލޫމާތު ބަދަލުކޮށް ބައެއް މީހުންގެ ޑޮކިއުމަންޓްތައް އުނިކުރުންފަދަ ކަންކަންވެސް ކުރަމުން ގެންދާކަށެވެ. ޕޯޓަލްގެ މައުލޫމާތާ އޭސީސީއަށް ނުކުޅެވޭނެކަމަށް ހައުސިން މިނިސްޓްރީން ބުނިނަމަވެސް އޭސީސީގެ ތެރޭގައި ކުރަމުންދާ މަސައްކަތަކީ ޕޯޓަލްގެ މައުލޫމާތުތައް ބަދަލުކޮށް ގިނަ ބަޔަކު ލިސްޓުން އުނިކުރުމުގެ މަސައްކަތްކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އެގޮތުން 1100 އަށް ވުރެ ގިނަ މީހުންގެ މައުލޫމާތާއި ކުޅެ ލިސްޓުން އުނިވާގޮތަށް ބަދަލު ގެނެސްފައިވާކަމަށާއި އެއީ މެޑަމް ސާޖިދާ އަންގައިގެން ސާޖިދާ ބޭނުންވާ ބަޔަކަށް ފްލެޓް ދިނުމަށް ކުރަމުންދާ މަސައްކަތެއްކަމަށް އޭސީސީގެ ތެރެއިން މައުލޫމާތު ލިބޭކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. މިހާރު 1100 މީހުންގެ މައުލޫމާތާ ކުޅެފައިވީ ނަމަވެސް މަޖިލިސް އިންތިހާބަށް 2000 އަށްވުރެ ގިނަ މީހުންގެ މައުލޫމާތު ބަދަލު ކުރުމަށް ނިންމާފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"ހޭލައި ތިބެގެން އޭސީސީގެ ބައެއް މެމްބަރުން އެކަން އެބަކުރޭ، ސާޖިދާ ލިސްޓަށް މީހުން ހޯދުމަށް މިހާތަނަށް 1100 ފޯމާކުޅެފި. އޭސީސީގެ މެމްބަރުން ބޭނުންވާ 50 މީހަކަށް ފްލެޓް ލިބޭގޮތަށް މިކަން ކުރަނީ، އޭސީސީގެ ޓެކްނިކަލް މުވައްޒަފުންނަށްވެސް ޕޯޓަލްގެ އެކްސަސް ނުދޭ، ސީދާ މެމްބަރުން އެކަމުގައުޅެނީ. މައުލޫލާތު ލިބެނީ 2000 މީހެއްގެ ފްލެޓް އަތުލަން އުޅޭކަމަށް" އޮފިޝަލް ވިދާޅުވިއެވެ.
0%
0%
0%
0%
0%
2 ޖުލައި 2025
0
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4