ފެނަކަ މުއާޒް
ފެނަކަ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދް އެ ކުންފުނި ތެރެއިން ހިންގަމުންދާ ކަރަޕްޝަންގެ ޖަރީމާތަކުން ހިތްފުރޭވަރަށް ލާރި ނުލިބޭތީ އެސްޓީއޯ ދަށަށް އެކުންފުނި ބަދަލުކުރުން މަޑުޖައްސަދޭން މުއާޒް މުއިއްޒުގެ ގާތުގަ އާދޭސްކުރަމުން އަންނަކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިއްޖެއެވެ.
ޖެނުއަރީ މަހުން ފެށިގެން ފެނަކަ އެސްޓީއޯގެ ސަބްސިޑިއަރީއަކަށް ބަދަލުކުރަން މުއިއްޒު ވަނީ ނިންމާފައެވެ. އެހެންނަމަވެސް އެއީ މުއާޒް މާ ގަޔާވާ ނިންމުމެއް ނޫނެވެ.
މުއާޒް ފެނަކަ ތެރެއިން ގާތް ރައްޓެހިންނާއި އަމިއްލަ މަސްލަހަތު އޮންނަ ކުންފުނިތަކަށް ވިޔަފާރީގެ ޑީލްތައް ދަނީ ހޯދަދެމުންނެވެ. މި ކުންފުނިތަކުން މާކެޓް ރޭޓަށްވުރެ އެތައް ގުނަ ބޮޑުކޮށް ފެނަކައަށް މުދާ ވިއްކަމުންދާއިރު މާލިއްޔަތު ޤަވާއިދަކަށް ވެސް މުއާޒް އެއްވެސް ވަރަކަށް ބަލާނުލައެވެ.
ނަމަވެސް މާ ގިނަ ޑީލްތައް ފަޅާއެރުމުން މުއިއްޒުވަނީ ފެނަކަ ބޯޑަށް ބަދަލުތަކެއް ގެނެސްފައެވެ. އެހެންނަމަވެސް މީގެ ދެތިން ހަފްތާ ކުރިންވެސް އިތުރު ބަދަލެއް ގެންނަން އުޅުނު ކަމަށާ އެ ބަދަލު ހުއްޓުވީ ސީދާ މުއާޒްކަން އަޅުގަނޑުމެންނަށް ވަނީ އެނގިފައެވެ.
އެ ބަދަލަކީ ސީދާ ރައީސް އޮފީހުން އަންގާ، ޕީސީބީއިންވެސް އެޕްރޫވްކޮށްފަ އޮތް ނިންމުމެއް ކަމަށް ރައީސް އޮފީސް ތެރޭން އަޅުގަނޑުމެންނަށް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް އެ ބަދަލު ގެންނަންކުރަންޖެހޭ އިދާރާ ކަންކަންނުކޮށް މުއާޒް ވަނީ ހިފަހައްޓާފައެވެ.
މިދިޔަ ހަފްތާގައި ވެސް މުއާޒް ވަނީ އެކަން މަޑުޖައްސަދޭން އެދި ރައީސް އޮފީހަށް ގޮސް މުއިއްޒުއާ ބައްދަލުކޮށްފައެވެ. އޭގެ ކުރިންވެސް އެކި ފަހަރުމަތިން ރައީސް އޮފީހަށްގޮސް މުއާޒް މުއިއްޒުއާ ބައްދަލުކޮށްފަވެއެވެ.
މުއާޒްގެ ޑީލްތަކުގެ ކަންކަން ފަޅާއެރުމުން ގިނަ އަދަދެއްގެ މީހުން މި ސަރުކާރަށް ފާޑުކިޔަމުންދިޔަ ނަމަވެސް އެކަން ބަލަންވެސް އަދި ހުއްޓުވަންވެސް އަދި މިހާތަނަށް އައިއިރު އެއްވެސް ފިޔަވަޅެއް ނާޅައެވެ.
އެސްޓީއޯ ދަށަށް ފެނަކަ ގެންދަން ނިންމިނިންމުން ބަދަލުކުރަން މުއާޒް އާދޭސްކުރަމުންދާއިރު އެކަން ކުރަން މުއިއްޒުދިން އޮޕްޝަނަކީ ޖެނުއަރީގެ ކުރިން 100 މިލިއަން ރުފިޔާ ފެނަކަ ތެރޭން ނެރުމެވެ.
ކުރިއަށްއޮތް ދުވަސްތަކުގަ ފެނަކައާ ގުޅޭގޮތުން ނިންމާ ނިންމުންތަކުން މުއާޒަށް އެކަން ކުރެވުނުކަން ނުވަތަ ނުކުރެވޭކަން ހާމަވާނެއެވެ.
0%
0%
0%
0%
0%
25 ޑިސެންބަރު 2024
0
22 ޑިސެންބަރު 2024
0
16 ޑިސެންބަރު 2024
0
14 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4