މުއިއްޒު އިންޑިއާ އައުޓް ޓީޝަރޓް ލައިގެން
މުހައްމަދު މުއިއްޒު ވެރިކަމަށް އަންނަން އިދިކޮޅުގަ ހުރެ ގޮވި އިންޑިއާ އައުޓަކީ އިންތިހާބުގަ ކޮންމެވެސް ވައުދެއް ވާން ޖެހޭޓި ކުރި ކަމެއް ކަމަށް ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ އަރިހުގައި މުއިއްޒު ބުނި ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.
ރަނިލް މިކަން ފަޅާއަރުވާލެއްވެވީ އިންޑިއާގެ ނޫސްވެރިއަކަށް ދެއްވި ބަސްދީގަތުމެއްގައެވެ. އެ ބަސްދީގަތުމުގަ ނޫސްވެރިޔާ ބުނީ އެންމެ ފަހުން ރަނިލްއާ އިންޓަވިއުއަކުން ބައްދަލުވީ މުއިއްޒު ވެރިކަމަށް އެރި ދުވަސްކޮޅުގަ ކަމަށެވެ. އަދި އެ ދުވަހު ދެއްވި އިންޓަވިއުގަ މުއިއްޒުގެ އެންޓި އިންޑިއާ ކެމްޕޭނާ ބެހޭގޮތުން ސުވާލުކުރުމުން ރަނިލް ވިދާޅުވީ އެކަމުގަ މުއިއްޒު ތަންކޮޅެއް ހަމަޖެހެން ޖެހޭ ކަމަށެވެ.
އިންޑިއާ ރުޅިއަރުވާލާފަ މުއިއްޒު ވެރިކަމަށް އެރުމަށްފަހު ނާށިގަނޑު ހިފައިގެން ދުނިޔޭގެ އެކި ގައުމުތަކަށް ދިއުމުން ވެސް އެއްވެސް ގައުމަކުން ލޯ ލާރިއެއް ވެސް ނުލިބުނެވެ. މިނިސްޓްރުން ދިޔައިމަ ވެސް ކޮންމެ ގައުމަކުން ވެސް އަނބުރާ ފޮނުވާލަނީއެވެ. އެހެންވެ އިންޑިއާ ގާތުގަ މުއިއްޒު ކުޑަކަކޫ ޖަހަން ފަހުން މަޖުބޫރުވިއެވެ.
ރަނިލްގެ އިންޓަވިއުގަވެސް ވިދާޅުވީ މިހާރު މުއިއްޒު އުޅެނީ އިންޑިއާއާ ވަރަށް ގުޅިގެން ކަމަށެވެ.
"އިންތިހާބުގެ ފަހުން މުއިއްޒު އަޅުގަނޑު ގާތުގަ ބުނި، އިންތިހާބުގަ ކޮންމެސް ވައުދުތަކެއް ވާން ޖެހިގެން ކުރި ކަމެކޭ އެއީ. އޭގެފަހުން މޯދީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވާކުރި ތަނުގަ އަޅުގަނޑު ވެސް ހުރިން. އެ ދުވަހު މޯދީއާ މުއިއްޒުގެ ކެމިސްޓްރީ ހުރީ ވަރަށް ބޮޑަށް ރަނގަޅުވެފަ." ރަނިލް ވިދާޅުވި އެވެ.
މިކަމުގަ ނޫސްވެރިޔާ އިތުރަށް ސުވާލުކުރުމުން ރަނިލް ވިދާޅުވީ މާލެއަށް ގޮސް މުއިއްޒު ގާތުން އެހުމަށެވެ. ނަމަވެސް ނޫސްވެރިޔާ ބުނީ އޭނާ ރާއްޖެއަށް ދިޔުމަކީ އެހާ ރަނގަޅު ކަމަކަށް ނުވާނެ ކަމަށެވެ. މުއިއްޒު ގާތުގަ އަހަން ބޭނުންވާ ސުވާލު ރަނިލް ގާތުން އަހަން ޖެހެނީ އެހެންވެގެން ކަމަށެވެ.
ނޫސްވެރިޔާ އެހެން ބުނުމުން ރަނިލް ވިދާޅުވީ އޭނައަށް މާލޭން މަރުހަބާ ނުކިޔާނީ ކީއްވެގެން ކަން މުއިއްޒު ގާތުން އަހާނެ ކަމަށެވެ.
އެހެން ގައުމެއްގެ ރައީސެއްގެ ގާތުގަ މުއިއްޒު ހެދީ ދޮގު ކަމަށާ އަވައްޓެރި ގައުމަކާ ދެކޮޅަށް ކެމްޕޭނެއް ޖެއްސީ ވެރިކަމަށް އަންނަން ދައްކާނެ ވާހަކައެއް ނެތިގެން ކަމަށް ބުނުމުން ގިނަ އަދަދެއްގެ މީހުން ތިބީ ހައިރާނުން އަންތަރީސްވެފައެވެ. މި ސަރުކާރަށް އަހަރެއް ނުވަނީސް މުއިއްޒު އާއި ސަރުކާރުގެ އަސްލު ސޫރަ މިދަނީ އާންމު ރައްޔިތުންނަށް ފެންނަމުންނެވެ.
0%
0%
0%
0%
0%
25 ޑިސެންބަރު 2024
0
22 ޑިސެންބަރު 2024
0
16 ޑިސެންބަރު 2024
0
14 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4