އިންޑިއާ އައުޓް ކުރަން އައި މީހުން މިހާރު އެކަން މަތިން ހަނދާނެއް ނެތް
އިންޑިޔާ އައުޓް ކުރަން ވެރިކަމަށް އައި މީހުން، ހެލިކޮޕްޓަރު ދުއްވަން އިންޑިއާގެ ޔުނިފޯމު ނާޅާ (މަދަނީ) ސިފައިންތަކެއް ރާއްޖެއަށް އައިސްފި އެވެ.
އެ މީހުން އައީ އިއްޔެ ހަވީރު އެވެ. އެ މީހުން އައިކަން ހާމަ ކުރީ ޑިފެންސް މިނިސްޓްރީންނެވެ.
މިއީ އައްޑޫގައި މަތިންދާ ބޯޓު ދުއްވުމަށް މިހާރު ތިބި އިންޑިއާ މީހުންގެ ބަދަލުގައި ގެނައި ބައެއް ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ. އެ މީހުން ގެނައީ ސ. ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލިކަޕްޓަރު ދުއްވުމަށް ކަމަށް ބުނެ އެވެ.
އަދި ރޭގެ ވަގުތެއްގައި އައްޑޫއަށް ގޮސް، ހޭންޑްއޯވަރ/ޓޭކްއޯވަރ ގެ ކަންކަން ފުރިހަމަ ކުރުމަށް އޮތީ ނިންމާފަ އެވެ.
ރާއްޖޭގައި ހަތިޔާރު އެޅި އިންޑިއާގެ ސިފައިން ތިބި ކަމަށް ބުނެ އާންމުންނަށް އޮޅުވާލައިގެން ވެރިކަމަށް އައިސް ވެރިކަމަށް ތިން މަސް ވީއިރު ވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދެއް ވެސް ކަށަވަރު ކޮށްދެވިފައެއް ނުވެ އެވެ.
ވެރިކަން ހޯދުމަށް ދައްކާނެ ވާހަކައެއް ނެތިގެން އޭރު ފެތުރީ ވާހަކައަކީ ރާއްޖޭގައި 2000 އަށް ވުރެ ގިނަ އިންޑއާ ސިފައިން ހަތިޔާރާއި އެކު އެބަތިބި ކަމަށާއި ރާއްޖޭގެ 5 ސަރަހައްދެގައި މިލިޓަރީ ބޭސް އެބަހުރިކަމަށެވެ.
އަދި އޭރުގެ ސަރުކާރަށް ޖެއްސުން ކުރަން އިންޑިއާ އައުޓް ކެމްޕެއިންގެ ނަމުގައި ކެމްޕެއިނެއް ވެސް ފެށި އެވެ. އެކަމަކު ވެރިކަމަށް އާދެވުމުން މިހާރު އެ ކެމްޕެއިން ވީ ތަނެއް ނޭންގެ އެވެ.
ވެރިކަން ލިބުމަށް ފަހު އިންޑިއާ ސިފައިންގެ އަދަދު ކަމަށް ބުނެ އެކި ފަހަރު މަތިން ދެމުން ގެންދިޔައީ އެކި އަދަދެވެ. އެ އަދަދެއް އަދިވެސް ކަށަވަރު ކޮށް ބުނާކަށް ސަރުކާރަކަށް ނޭންގެ އެވެ.
ވެރިކަމަށް އައުމަށް ފަހު، އެ އަދަދު ކަށަވަރު ނުވުމުން ހަތިޔާރު އެޅި އިންޑިއާގެ ސިފައިންގެ އަދަދު އެނގުން އެހާ މުހިންމު ނޫން ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ. އަދި ވެރިކަމަށް އައުމަށް ވިއްކި އިންޑިޔާ އައުޓް ކެމްޕެއިންގެ އަޑެއް ވެސް މިހާރު ނީވެ އެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4