އިސްލާމީވަންތަ އީދު ބޮކިފަތި ފޮނުވީ އަތޮޅުތަކުގެ ބޮޑެތި އާބާދީ ތަކަށް އެކަނި - އެޓޯލް މިނިސްޓަރ ވެސް ހެދީ ބުހުތާނު ދޮގެ
ރަށް ރަށަށް އިސްލާމީވަންތަ އީދު ބޮކިފަތި ފޮނުވުމުގައި ވެސް ދޮގު ހަދައި އޮޅުވާލިކަން ހާމަވެއްޖެއެވެ.
އެޓޯލް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ ރަށަކަށް އީދު ބޮކިފަތި ފޮނުވާ ގޮތަށް އޮތީ ހަމަޖެހިފައެވެ. އަދި ބޮކިފަތި ހަރު ކުރެވޭ ގޮތް ވެފައި ނުވަނީ ހަމައެކަނި ހދ. ކުޅުދުއްފުށީގައި ކަމަށާއި އެއީ އެ ރަށުގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާތީ ކަމަށް އެޓޯލް މިނިސްޓަރު ވިދާޅުވި އެވެ.
އެއީ ކަނޑައެޅިގެން ދޮގެކެވެ. އެ ބުނާ އިސްލާމީވަންތަ އީދު ބޮކިފަތި ނުފޮނުވާ ކިތަންމެ ރަށެއް އެބަ ހުއްޓެވެ. އެ ބޮކިފަތިތައް ދިއްލާފައި ހުރީ ހަމައެކަނި މާލެ ސަރަހައްދުގަ އާއި އާބާދީ ބޮޑެތި ނޫނީ ހަމައެކަނި މުއިއްޒު ބޭނުންވާ ރަށްތަކެއްގައި އެކަންޏެވެ.
ފެށުނީއްސުރެ މި ކިޔަނީ މިހެންނެވެ. މުއިއްޒުއަކީ އަތޮޅުތެރެއަށް ތަރައްގީ ގެންނާނެ އަތޮޅުތެރެއަށް ކަމެއް ކޮށްދޭން ބޭނުންވާނެ މީހެއް ނޫނެވެ. ތިހެން ނަމަ މިކަންވެސް އާބާދީ ކުދި ރަށްތަކަށް ވެސް ކޮށްދޭނެ ނޫން ހެއްޔެވެ؟
މުއިއްޒުގެ ވިސްނުމުގައި އަބަދުވެސް އޮންނާނީ މާލެ ތަރައްގީ ކުރުމެވެ. މާލެ ސަރަހައްދަށް ހެޔޮ ގޮތެވެ. ވެރިކަމަށް ފަސް މަސް ވާން އުޅޭއިރު އަތޮޅުތެރެއަށް ކޮށްދިން ކަމެއް ކޮބާ ހެއްޔެވެ؟ ފެށި މަޝްރޫއެއް ކޮބާ ހެއްޔެވެ؟
ކެމްޕެއިންގައި ވައުދުވީ އިރުވެސް ބުނަމުންދިޔައީ ބޮޑެތި އާބާދީތަކަށް ކަންކަން ކޮށް ދޭ ވާހަކައެވެ. މުއިއްޒުއަކަށް އަތޮޅު ތެރޭގެ ކުދި އާބާދީތައް މުހިންމެއް ނޫނެވެ. މުއިއްޒުގެ އަބަދުވެސް ވިސްނުމަކީ މާލެ ސަރަހައްދަށް ތޮއްޖެއްސުމެވެ.
ހުރިހާ ހިދުމަތެއް ހޯދަންވެސް މާލެއަށެވެ. އިސްލާމީވަންތަ އީދު ބޮކިފަތި ބަލަންވެސް މާލެއަށެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4