އިސްލާމިކް ވަޒީރު ޑރ. ޝަހީމުގެ އާއިލާއަށް މަތީ މަޤާމުތައް: ސަރުކާރުގެ ނެޕޮޓިޒަމް ސިޔާސަތުން ހުރީ ދައުލަތް ދަވާލަން!
އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމު އަލީ ސައީދުގެ އާއިލާގެ މެންބަރުންނަށް ސަރުކާރުގެ މަތީ މަޤާމުތައް ދިނުމާ ގުޅިގެން ސިޔާސީ ގޮތުން ބޮޑެތި ސުވާލުތަކެއް އުފެދިއްޖެއެވެ. އެންމެ ފަހުން، ޝަހީމުގެ އެއްބަޑު އެއްބަފާ ކޮއްކޮ އަހުމަދު ޝިފާޒު ޓުއަރިޒަމް މިިިނިސްޓުރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް އައްޔަނުކުރުމާ ގުޅިގެން މި މައްސަލަ އިތުރަ ގޮސްފައިވެއެވެ.
ސަރުކާރުން ޚަރަދު ކުޑަކުރުމަށް ގޮވާލަމުންދާއިރު، ސިޔާސީ މަޤާމުތައް އިތުރުކުރަމުންދާކަމީ އިދިކޮޅު ފަރާތްތަކުން ފާހަގަކުރާ ކަމެކެވެ. ރައްޔިތުންގެ މަޖިލީހުން ސިޔާސީ މަޤާމުތަކުގެ އަދަދު ހާމަކުރުމަށް އެދުނު ނަމަވެސް، ސަރުކާރުން އެކަމަށް އިންކާރުކޮށްފައިވުމަކީ ވެސް ސުވާލު އުފެދޭ ކަމެކެވެ.
މީގެ ކުރިން، ޑރ. ޝަހީމުގެ ދަރިކަލުން މާޙިލް ޝަހީމަށް މެލޭޝިޔާ އެމްބަސީގައި މަހަކު 130،000 ރުފިޔާގެ މުސާރައަކަށް 3 ވަނަ ސެކްރެޓަރީގެ މަޤާމު ލިބިފައިވެއެވެ. އަދި ޝަހީމުގެ އަނެއް ކޮއްކޮއަށް ހައްޖާޖީންގެ އެހީތެރިއެއްގެ ގޮތުގައި ހިލޭ ހައްޖު ދަތުރެއް ލިބިފައި ވުމީ ހަމަ "ޖާއިޒު" ތޯ ސުވާލު އުފެދެއެވެ.
މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޝަހީމު ކުރެއްވި ޓުވީޓެއްގައިވަނީ ނާޖާއިޒު ފައިދާއެއް ނަގާކަމަށް އިންކާރުކޮށްފައެވެ. ނަމަވެސް، ސަރުކާރުގެ މި އުސޫލާމެދު ގިނަ ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދެއެވެ. ސަރުކާރުގެ މަތީ މަޤާމުތަކަށް މީހުން ޢައްޔަންކުރުމުގައި ހަމަހަމަކަމާއި ހާމަކަން ގެންގުޅުމަށް ގޮވާލާ އަޑުތައް ދަނީ އިތުރުވަމުނެވެ.
0%
0%
0%
0%
0%
2 މާރިޗު 2026
0
2 މާރިޗު 2026
0
2 މާރިޗު 2026
0
2 މާރިޗު 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4