މުއިއްޒުގެ އެމެރިކާ ދަތުރުގެ ތެރެއިން ޓްރާންސިޓްގަ އިޒްރޭލަށް ވާގިވެރިވާ ކޮކާ ކޯލާގެ ކޮސްޓާ ކޮފީ ތައްޓެއް ހިއްޕަވާލައްވަނީ
ރައީސް މުހައްމަދު މުއިއްޒު އިޒްރޭލަށް ވާގިވެރިވާ ކޮކާކޯލާ ކުންފުނީގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ކޮސްޓާ ކޮފީގެ ކޮފީ ސިޕެއް ނިކަން މީރުކޮށް ހިއްޕަވާލައްވާ، އެ ބްރޭންޑްގެ އިސްތިހާރެއް ކުޅުއްވައިފިއެވެ.
މުއިއްޒު ކޮސްޓާ ކޮފީއެއް ހިއްޕަވާ، އެ ބްރޭންޑްގެ އިސްތިހާރެއް ކުޅުނީ އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވެ، މުސްލިމުން މަރަން ހަތިޔާރާ ފާޑުފާޑުގެ ބޮންތަކާ ފައިސާގެ އެހީ ފޯރުކޮށްދޭ އެމެރިކާގެ ނިއުޔޯކަށް ރޭ ފެށި ދަތުރުގެ ތެރެއިން ޓްރާންސިޓަށް މަޑުކުރަން ޖެހުނު ގަޑީގައެވެ.
ކޮސްޓާ ކޮފީ ތަށީގެ ސިޕެއް، ގުއްކިޔާފައި ދިރުވާލެއްވި ވަގުތު މުއިއްޒުގެ ކަޅި މައްޗަށް އަރާ، ލޯފުޅު ދިޔައީ މެރިގެންނެވެ. އެ މޭޒުގަ ތިބި އެހެން މީހުން ބުނާނެ އެއްޗެއް ނޭނގިފަ ތިބި އިރު ބައެއް މީހުން ތިބީ އެއީ ނުފެންނަ މަންޒަރަކަށް ހަދައިގެންނެވެ.
https://x.com/presidencymv/status/1837238904057196779?s=46&t=Bchxgb3PAJCQQEST34JEtw
ކޮސްޓާ ކޮފީ ތަށީގެ ސިޕެއް، ގުއްކިޔާފައި ދިރުވާލެއްވި ވަގުތު މުއިއްޒުގެ ކަޅި މައްޗަށް އަރާ، ލޯފުޅު ދިޔައީ މެރިގެން
މިއީ އަޅުގަނޑުމެން ހަދަހައިގެން ދައްކާ ވާހަކައެއް ނޫނެވެ. ޓްރާންސިޓް ގަޑީގަ ދަތުރުގެ ބައިވެރިންނާއެކު މުއިއްޒު ބޭއްވި ބައްދަލުވުން ވީޑިއޯކޮށް، ކުރު ޑްރާމާއެއްގެ ސިފައިގަ ސޯސަލް މީޑިއާއަށް ލީ ރައީސް އޮފީހުންނެވެ. މުއިއްޒުގެ ކޮސްޓާ ކޮފީ އިސްތިހާރު ވެސް ދައްކާދިނީ އެ ވީޑިއޯ މެދުވެރިކޮށް ރައީސް އޮފީހުންނެވެ.
މުއިއްޒުގެ ކޮސްޓާ ކޮފީ އިސްތިހާރު ދައްކަން ރައީސް އޮފީހުން ސޯސަލް މީޑިއާއަށް ލީ ޕޯސްޓެއް
މުއިއްޒު އެމެރިކާއަށް މި ކުރާ ދަތުރަކީ އިޒްރޭލުން ފަލަސްތީނުގަ ހިންގާ ލާއިންސާނީ ޖަރީމާތަކާ ގަތުލުއާންމަށް ބީރުކަންފަތެއް ދީ، ލޯ މަރާލައިގެން އޮތް އ.ދގެ އާންމު މަޖިލީހުގެ 79 ވަނަ ސެސަނުގަ ބައިވެރިވުމަށެވެ.
މިކަމާ ގުޅިގެން ސަރުކާރުގެ ވެރިންނާ ޕްރޮމޯޓުކުރާ މީހުންނަށް އީދެއް އައިސްގެން އުޅޭއިރު، މުއިއްޒު ވެސް ހުންނެވީ ވެރިކަން ލިބުނު ދުވަހަށް ފަހު އުފާނުވާހާ ބޮޑަށް އުފާވެފައެވެ.
އިޒްރޭލުން ހުއްޓުމެއްނެތި ފަލަސްތީންގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގަ އާންމު ރައްޔިތުން އަންނަނީ އިޒްރޭލަށް ވާގިވެރިވާ ބްރޭންޑްތައް ބޮއިކޮޓް ކުރަމުންނެވެ. ކޮކާކޯލާ އާއި އެ ކުންފުނީގެ ދަށުން ހިންގާ ކޮސްޓާ ކޮފީވެސް އެ ބްރޭންޑްތަކުގެ ތެރޭގަ ހިމެނެއެވެ.
ކޮސްޓާ ކޮފީ ބޮއިކޮޓްކުރާ ކެމްޕޭން ޕޯސްޓަރއެއް
އިޒްރޭލްގެ ގަތުލްއާންމަށް އެހީވާތީ ކޮސްޓާ ކޮފީ ޝޮޕެއްގެ ކުރިމަތީގަ މީހަކު އެކަމާ ދެކޮޅަށް އަޑުއުފުލަނީ
ކޮކާކޯލާއާ ދެކޮޅަށް ރާއްޖޭގަ ހިންގި ހަރަކާތެއް. (އެމްވީނޫސް ފޮޓޯ)
މީގެ އިތުރުން ކޮސްޓާ ކޮފީއަކީ އެއް ޖިންސުން ގުޅުން ހިންގުމާ ޖިންސު ބަދަލުކުރުން ޕްރޮމޯޓްކުރާ ކުންފުންޏެކެވެ.
ކޮސްޓާ ކޮފީއިން އެއް ޖިންސުން ގުޅުން ހިންގާ މީހުންނާ ޖިންސު ބަދަލުކުރާ މީހުންނަށް ހިތްވަރުދީ ކުރިއަށް ގެންދިޔަ ކެމްޕޭންތަކެއް
މުސްލިމް ގައުމުތަކުގެ އިތުރުން ބައެއް އެހެން ގައުމުތަކުގައިވެސް ބޮއިކޮޓް ހަރަކާތްތައް ކުރިއަށްގެންދާއިރު ސައްތަ އިންސައްތަ މުސްލިމް ގައުމެއްގެ އެންމެ މަތީ ވެރިޔަކަށް ހުންނެވި ބޭފުޅާ މިފަދަ ކުންފުންޏެއްގެ ބުއިމެއް ހިއްޕެވުމާ އަދި ނުވިތާކަށް އެ ބުއިން އިތުރަށް ޕްރޮމޯޓުވާ ގޮތަށް މަންޒަރު ވީޑިއޯކޮށް، ސޯސަލް މީޑިއާއަށް ލުމަކީ ލަދުވެތިކަމެކެވެ.
ގައުމެއްގެ އެންމެ މަތީވެރިޔަކު އަދި ވަކިން ހާއްސަކޮށް ސައްތަ އިންސައްތަ މުސްލިމް ގައުމެއްގެ ވެރިޔަކު މިފަދަ އިސްތިހާރެއް ކުޅުމުން ކޮސްޓާ ކޮފީގެ ސޭލްސްއަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ލަފާކުރެވެއެވެ.
ސަބްސިޑިއަރީ ކުންފުނިތަކުގެ ފައިދާއިން ބައެއް ޕޭރެންޓް ކުންފުންޏަށް ލިބެއެވެ. އެހެންކަމުން ކޮސްޓާ ކޮފީގެ ސޭލްސް ރަނގަޅުވުމަކީ އިޒްރޭލަށް ވާގިވެރިވާ ކޮކާކޯލާއަށް ފައިދާހުރި ކަމެކެވެ. އަދި ފައިދާ އިތުރުވުމަކީ ކޮކާކޯލާގެ އޮޕަރޭޝަންތައް ފުޅާކޮށް އިޒްރޭލަށް ވާގިވެރިވުމުގެ ފުރުސަތު އިތުރަށް ތަނަވަސްކޮށްދޭނެ ކަމެކެވެ.
މި ކުރު ވީޑިއޯއިން ވެސް މި މައްސަލާގަ ސަރުކާރުގެ ސްޓޭންޑް ވަރަށް ސާފުކޮށް އެނގި ހާމަވެގެންދެއެވެ. ދިވެހި އާންމު ރައްޔިތުން އިޒްރޭލް ޕާސްޕޯޓް މަނާކުރަން ގޮވާލުމުން އެކަން ކުރާނެކަމަށް ބުނުމަށްފަހު އެކަމާ ގުޅޭ ބިލު އޮތީ ރައްޔިތުންގެ މަޖުލީހުގެ ކޮމިޓީއަކަށް ލާ ފޮރުވާފައެވެ. އެކަމަކު މާދަމާވެސް ޕޯޑިއަމްއަކަށް އަރައިފިނަމަ ބުނާނީ މިއީ ރައްޔިތުން ބޭނުންވާ ގޮތަށް ކުރާ ވެރިކަމެއް ކަމަށެވެ.
0%
0%
0%
0%
0%
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
30 މާރިޗު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4