"އަންހެނުންނާ ކުޑަކުދިންނާ އުމުރުން ދުވަސްވީ މީހުންނާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ނިކަމެތިންގެ ހައްގުތައް ހޯދަދޭން އައި މިނިސްޓްރީއަކުން މި ވަނީ އަންހެނެއްގެ ހައްގު ނިގުޅައިގެންފަ. އިންސާނެއްގެ ހައްގު ނިގުޅައިގެންފަ. ސިވިލް ސާވަންޓެއްގެ ހައްގު ނިގުޅައިގެންފަ. ނިކަމެތި ރައްޔިތެއްގެ ހައްގު ނިގުޅައިގެންފަ."
މިއީ ސޯޝަލް އެންޑް ފެމިލީ (ނަމެއްގަ) ޕްރޮޓެކްޝަން މިނިސްޓްރީގެ ސިޔާސީ އެންމެ ބޮޑު ގޮނޑީގަ އިން ރަހުމްކުޑަ މިނިސްޓަރ އާއިޝަތު ޝިހާމްގެ އެންމެ ފަހުގެ ޝިކާރައަކަށް ވި އާއިޝަތު ޝޫޒާ އެތަނުން ދަމުން އާއިޝަތު ޝިހާމްގެ ހަޤީޤތް ހާމަކުރަމުން ބުނި ވާހަކައެކެވެ. އެންމެންގެ ވާހަކަ ސޯޝަލް މީޑިއާއިން ނުފެނިދާނެއެވެ. މި ވާހަކަ މިހާ ބޮޑަށް ތިލަ ވީ ޝޫޒާ އަލްވަދާއު ސްޕީޗްދިން އިރު މީހަކު ކުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.
އަނިޔާވެރި އާއިޝަތު ޝިހާމް އިސްވެ ހުރެ މިނިސްޓްރީ ތެރެއިން ކުރި ޖެއްސުމުގެ ވާހަކަ ޝޫޒާ ކިޔާދިނީ 17 އަހަރުގެ ތަޖުރިބާއިން ހިތްވަރު ނެރެގެންނެވެ. ރަހުމްކުޑަ އާއިޝަތު ޝިހާމްގެ އަނިޔާވެރިކަމަށް ބިރުނުގަންނަ މިނިސްޓްރީގެ ފަހުލުވާނުން ކޮޅެއް ޝޫޒާގެ ވާހަކަ އަޑުއަހަން އިސްޖަހައިގެން ތިއްބެވެ. އެއީ އާއިޝަތު ޝިހާމް ގޮތަށް ފައިސާ ދީގެން ގަނެގެން ޖަލްސާގެ ގޮނޑިފުރަން މީހުން ގެންދާ އުސޫލުން ގެންގޮސްފަ ތިބި ބައެއް ނޫނެވެ. މާދަމާ އެ މީހުންނަށްވެސް ވަޒީފާގެ އަޖަލު އަތުވެދާނެ ކަން އެނގުނަސް ވަރިހަމައެވެ.
"ވޯކް ޕްލޭސްއެއްގަ އިންސާނަކަށް ދެވޭނެ ނަފްސާނީގޮތުން ދެވޭނެ އެންމެ ބޮޑު މެންޓަލް ޓޯޗަރ މި މިނިސްޓްރީން ވަނީ އަޅުގަނޑަށް ދީފަ." ޝޫޒާ ބުންޏެވެ.
ޝޫޒާ ޖެންޑަރ މިނިސްޓްރީގެ ވަޒީފާއަކަށް ވަނީ 2007ވަނަ އަހަރުގަ އެސިސްޓެންޓް ކައުންސެލަރ ޓްރެއިނީއަކަށެވެ. ލައްކަ ބުރަ މަސައްކަތަށްފަހު ޑިރެކްޓަރެއްގެ މަގާމަށް ވާސިލްވެވުނެވެ. އެ 17 އަހަރުގެ ތެރޭގަ މިނިސްޓްރީ ފިޔަވާ ޝޫޒާ މަސައްކަތްކުރީ ހަމައެކަނި ހިއުމަން ރައިޓްސް ކަމިޝަންގައެވެ. ޝޫޒާގެ ހަޔާތުން 17 ވަރަކަށް އަހަރު ދިނީ ޖެންޑަރ މިނިސްޓްރީއަށެވެ. އެއީ އަނިޔާވެރި އާއިޝަތު ޝިހާމަށް ބަދަލުކޮށްނުލެވޭނެ ހަގީގަތެވެ.
"މިދިޔަ 17 އަހަރުގެ ތެރޭގަ އަޅުގަނޑު ވަރަށް ބުރަ މަސައްކަތްތަކާއި ތަމްރީންތަކާ އެކީގަ ރާއްޖޭގެ ހުރިހާ މީހުން ދިރިއުޅޭ ރަށަކަށް ދަތުރުކޮށް އެކި ކަހަލަ ޕްރޮގްރާމްތައް މިނިސްޓްރީގައި ނަމުގައި ހިންގާފަ. އަދި ޕްރޮގްރާމްގައި ބައިވެރިވެފައި." ޝޫޒާ ބުންޏެވެ.
ބައެއް ކަހަލަ ދަތިތައް ކުރިމަތިވިޔަސް ޝޫޒާ މިނިސްޓްރީގަ މަސައްކަތް ކުރީ އެއީ އަމިއްލަ މަސައްކަތެއް ކަމަށް ދެކިގެންނެވެ. ޝޫޒާއަށް ކުރިއަށްދާން ލިބުނު ބާރަކީ މިނިސްޓްރީގެ ފަރާތުން އޭނާ ހިދުމަތް ދޭ މީހުންގެ ފަރާތުން 17 އަހަރުގެ ތެރޭގަ އިވުނު ހެޔޮ ބަސްތަކެވެ. އެންމެ ބޮޑު ހިތްވަރަކީ އެ ހިދުމަތަށް މީހުން އަދާކުރި ޝުކުރެވެ. އެއީ އާއިޝަތު ޝިހާމަށް ބަދަލުކޮށްލެވޭނެ ކަމެއް ނޫނެވެ.
އެގޮތަށް މަސައްކަތުގަ ދެމިހުއްޓާ އަނިޔާވެރިޔާ އާއިޝަތު ޝިހާމް މިނިސްޓަރު ގޮނޑީގައި އިށީންގޮތަށް މިދިޔަ އަހަރު ގެ ޑިސެމްބަރު މަހުގަ އެއްވެސް މަގުބޫލު އުޒުރެއް ނެތި ޝޫޒާ ކުރަމުންދިޔަ ހުރިހާ މަސައްކަތެއް އަތުލިއެވެ. ޝޫޒާ އަޅާނުލުމުން ދެން ބޭރުކޮށްލީ ކޮމެޓީތަކުންނެވެ.
އާއިޝަތު ޝިހާމްގެ ހަސަދަ ބޮޑުވެގެން ގޮސް ހެޑް އޮފް ޑިޕާޓްމެންޓްކަމުން ޝޫޒާ ވަކިކުރިއެވެ. އިސްވެރިންގެ ބައްދަލުވުންތަކުގެ ދޮރު ޝޫޒާއަށް ބަންދުކުރިއެވެ. އާދައިގެ ކޭސް ވާކަރަކަށް ބަދަލުކޮށްލީ އެއްވެސް މަގުބޫލު އުޒުރެއް ސަބަބެއް ނުދައްކައެވެ. ކިތަންމެ ގަޓްވެފަ ހުއްޓަސް އާއިޝަތު ޝިހާމް ސާބިތުކޮށްދިނީ ގާބިލު އަންހެނެއްގެ ކުރިމަތީގަ އޭނާއަކީ އަސްލު ފިނޑިއެއްކަމެވެ. އެއީ ބަދަލުކޮށްލެވޭނެ ހަގީގަތެއް ނޫނެވެ.
"ވީ ގޮތެއް ނޭނގިގެން، މިކަންތައް ސާފުކުރަން އަޅުގަނޑު އެޕޮއިންޓްމަންޓަކަށް ރިކުއެސްޓުކުރިން. އެޕޮއިންޓްމަންޓެއްވެސް ނުދެއްވާ." ޝޫޒާ ބުންޏެވެ.
"އެވަރުން ނުވެގެންވެސް އަޅުގަނޑު މި މިނިސްޓްރީން ކެނޑިގެންދާ ހިސާބަށް ގެންދިއުމުން ވެސް މިނިސްޓްރީން އަޅުގަނޑު ވަކިވެގެން ނުގޮސް ހަމަ ހިތްވަރާއެކު ހިފަހައްޓާލީމަ އެންމެ ފަހުން އަޅުގަނޑު މި މިނިސްޓްރިން މި ބޭރުކޮށްލަނީ. ވަރަށް ބޮޑަށް ޝުކުރިއްޔާ."
10 މަސްވަންދެން ޖެއްސުން ކުރުމުންވެސް ޝޫޒާ ނުކެނޑި ހުރީ 17 އަހަރުގެ ތަޖުރިބާ ހުރީމައެވެ. އެއީ އޭނާގެ މަސައްކަތުން ބިލްޑްކުރި ތަޖުރިބާއެކެވެ. އެތައް ދުވަހުގެ ބުރަ މަސައްކަތެވެ. މިއަދު އެ ހުރިހާކަމެއް އެ ފޭރިގަތީ ތަބަކަށް އަރުވާފަ ދޭ ސިޔާސީ މަގާމެއްގަ ހުރި ޖާހިލެކެވެ.
މި ސަރުކާރުގެ ބޮޑު ބުލީ އާއިޝަތު ޝިހާމަށް މިދިޔަ 17 އަހަރުގައި ޝޫޒާ އެ މިނިސްޓްރީއަށް ކޮށްދީފަހުރި ހިދުމަތްތަކެއް އާއިޝަތު ޝިހާމަށް އަތެއް ނުލެވޭނެއެވެ. ތައުލީމެއް ތަޖުރިބާއެއް ނެތް، އަންހެނެއް ފިރިހެނެއް، ޕުލަސްއެއް މައިނަސް ވަކި ކުރަން ނޭނގޭ މީހަކަށްވެސް ސިޔާސީ ކަނެކްޝަނެއް އޮވެގެން މިނިސްޓަރުކަން ލިބިދާނެއެވެ. މަގާމުގެ ގޮތުން މިނިސްޓްރީއެއްގެ އެންމެ މަތީ މީހަކަށް ވިޔަސް އޭގެ މާނައަކީ ތައުލީމާ ތަޖުރިބާގެ ގޮތުން އެއީ އެންމެ މޮޅު މީހާއަށް ވުމެއްނޫނެވެ. މިދިޔަ 10 މަސް ދުވަހުގެ ތެރޭގަ އާއިޝަތު ޝިހާމް އެ ސާބިތުކޮށްދިނީ އެކަމެވެ.
މިނިސްޓްރީގެ ހަތަރުފާތުން އެތެރޭގަ ސިއްރުންވިޔަސް އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ޖާހިލު އާއިޝަތު ޝިހާމް މުވައްޒަފުންނަށް ބުލީކުރާ ވާހަކައެވެ. އޭނާގެ ވަރުގެ ނާގާބިލު މިނިސްޓަރެއް އަދި މިހާތަނަށް ނާންނަ ވާހަކައެވެ. މިއީ ފިނޑި މިނިސްޓަރު އާއިޝަތު ޝިހާމްއަށް ބަދަލުކޮށްލެވޭނެ ކަމެއް ނޫނެވެ. ވަޒީފާއިން ވަކިކުރިޔަސް އެ މީހުން އެވާހަކަ ދައްކާނެއެވެ. އަދި އަމިއްލައަށް ސާބިތުކޮށްދެމުންދާ އެ ހަގީގަތް ބަދަލެއްވެސް ނުވާނެއެވެ.
މުވައްޒަފުންނަށް ބުލީކޮށް ޖެއްސުންކުރަމުން އާއިޝަތު ޝިހާމްގެ ކަމަކަށް އޮންނަނީ މޮޅެތި ބަސްކޮޅުކޮޅު މީހުން ލައްވާ ލިޔުއްވައިގެން ސޯޝަލް މީޑިއާގަ މިނިސްޓްރީގެ އެކައުންޓުން ޕޯސްޓުކުރުމެވެ. މުޅި މި ހަފްތާ ދުއްވާލީ އަތޮޅުތެރޭގަ ހިތާނުކުރާ ކުދިންގެ ހިތާނީ ޕާޓީތަކަށް ގޮސް ކައިބޮއެ ހަދާލައިގެންނެވެ. މިއީވެސް ބަދަލުކުރެވޭނެކަމެއް ނޫނެވެ. ގާބިލުކަމުގެ ސިފަތައް އުނި އާއިޝަތު ޝިހާމް މާ މަސައްކަތް ކުރެވޭ މީހަކަށްވެގެން އަމިއްލައަށް ޕްރޮމޯޓްވާން އިސްތިހާރުކޮށްފަހުރި ކަންކަމެވެ. ނާގާބިލު މީހަކަށް ކުދިބައެއްގެ ހިތާނީ ޕާޓީއަށް ޒިޔާރާތެއް ކޮށްލުންވެސް ވާނީ އެވޯޑެއް ހައްގުވާވަރުގެ ބޮޑު ހިދުމަތަކަށެވެ.
ޝޫޒާގެ ކުރިންވެސް އާއިޝަތު ޝިހާމް ހަވާލުވިފަހުން ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށްފަ އެބަހުއްޓެވެ. އާއިޝަތު ޝިހާމްގެ އަމަލުތަކަށް ބަލާއިރު އޭނާއަކީ ގާބިލު މީހުން ދެކެ ނިކަން ޖެހިލުންވާ ފިނޑި މީހެއްކަން ހާމަވެއެވެ. މިއީ ނާގާބިލު މީހުންގެ މެދުގަ އާންމު ސިފައެކެވެ. ބުލީކޮށް ޖެއްސުންކުރަނީ އެހެންވެގެންނެވެ. އަމިއްލައަށް ކަމެއް ނުކުރެވޭއިރު އެހެން މީހަކަށްވެސް ކަމެއް ކުރެވުނަނުދެއެވެ. ނޫނީ އެހެން މީހުން ކުރާ ކަންކަމުގެ މެޑަލް ޖަހަނީއެވެ.
"އަޅުގަނޑު ލަދުވެތިވަން ދެރަވަން، މި މިނިސްޓްރީން އަޅުގަނޑުމެން މިއޮށްހާ ދުވަހު ފޯރުކޮށްދެމުންދިޔަ ހިދުމަތްތައް، އޭގެ ބަދަލު އަޅުގަނޑުމެންގެ ތެރޭގައި ތިބި މުވައްޒަފުންނަށް ދެމުންދާ ގޮތާ މެދު. އަޅުގަނޑު އެކަންޏެއް ނޫން، މި މިނިސްޓްރީގެ ވަރަށް ގިނަ މުވައްޒަފުން މިއަދު ތަހައްމަލުކުރަމުންދާ ކަންތައް މިއީ." ޝޫޒާގެ ސްޕީޗް ނިންމާލަމުގެ ކުރިން މުޅި ދުނިޔެއަށް އާއިޝަތު ޝިހާމްގެ އަނިޔާވެރިކަން ހާމަކޮށްދެމުން ބުންޏެވެ.
އެކަމަކު އެވަރުންވެސް ޝޫޒާ ފަހުރުވެރިވާ އަދި އުފާވާ ކަމެއް އެބައޮތެވެ. އެއީ 17 އަހަރުގެ ތެރޭގަ މިނިސްޓްރީގެ ވަޒީފާގަ ހުރެ އާންމުންކޮށް ދެވުނު ހިދުމަތްތަކަށެވެ. އެ މަސައްކަތް ކުރެވުނީ ބޮޑު ޓީމެއް އޮވެގެންނެވެ. އެހެންވެ ޝޫޒާ ވަނީ 17 އަހަރު އޭނާއަށް އެކުގަ މަސައްކަތްކުރެވުނު އެންމެންނަށް ޝުކުރުއަދާކޮށްފައެވެ
0%
0%
0%
0%
0%
ބަލަންތިބޭ
12 އޮކްޓޫބަރު 2024
މިނިސްޓަރުކަމަށް ކުފޫ ހަމަ ނުވާ ރނޑން ލީމާ ވާނީ ތިޔަހެން
ތީތާ
6 އޮކްޓޫބަރު 2024
ތިއީ މަބުނާ ވާހަކަ އަކީ ކައްޒާބު ،ޓިނުއަދުރޭ ކަހަލަ މީހުންގެ ސަރުކާރެއް އައިމަ ވާގޮތް ކިޔަވައިގެން ތިބެންޖެހޭނީ ބުލީގެ ޝިކާރައަކަށް ވެގެން ޕީއެންސީގެ ކުލަ ޖައްސައިގެން ޕާޓީ ފޯމް ފުރީމަ މިނިސްޓަރ ނޫނީ ޑެޕިއުޓީ މިނިސްޓަރ ނޫނީ ޑީރެކްޓަރ ފެންވަރުގެ ވަޒީފާ ދޭނެ ބަލާބަލަ ޓޫރިޒަމްމިނިސްޓަރަކަށް ނަގާފަހުރި އަސާސީ ސޮރު
25 ޑިސެންބަރު 2024
0
22 ޑިސެންބަރު 2024
0
16 ޑިސެންބަރު 2024
0
14 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4