ޗައިނާ ސިފައިން އޮޕަރޭޓް ކުރުމަށް ސިއްރިއްޔާތުގައި އެތެރެކުރި 6 ޑްރޯންގެ ތެރެއިން 4 ޑްރޯން - މާފަރު އެއާޕޯޓުގައި
ޗައިނާއިން އެދިގެން އިންޑިއާއަށާއި ދިވެހިންނަށް ޖާސޫސު ކުރުމަށް ސިއްރުން ޑްރޯންތަކެއް އެތެރެ ކުރީ މި ހަފްތާ ތެރޭގައެވެ.
އިންޑިއާ، އެމެެރިކާގެ ޖާސޫސީ އެޖެންޓުންގެ ނަޒަރުވެސް މި ޑޮރޯނުތަކަށް މިހާރު އޮތީ އަމާޒުވެފައެވެ.
މީގެ ގެއްލުން ދިވެހި ރައްޔިތުންނަށް އެތައް ގޮތަކުން ކުރާނެއެވެ. ޗައިނާ ސިފައިން އޮޕަރޭޓް ކުރުމަށް ސިއްރިއްޔާތުގައި އެތެރެކުރި 6 ޑްރޯންގެ ތެރެއިން 4 ޑްރޯން މާފަރު އެއާޕޯޓަށް ޖެއްސުމަކީ ނޫނު އަތޮޅަށް ހާއްސަކޮށް އޭގެ ގެއްލުން ކުރާނެ ކަމެކެވެ.
ނޫނު އަތޮޅަކީ ރާއްޖޭގެ އެންމެ މުއްސަނދި ރިޒޯޓުތައް ހުރި އަތޮޅެވެ. އެ އަތޮޅުގައި މި ވަގުތުވެސް ސުޕަ ލަގްޒަރީ 3 ރިސޯޓު އޮންނަ އިރު މިލެވަލްގެ 2 ރިސޯޓުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދެއެވެ. 5 ފަސްތަރީގެ 4 ރިޒޯޓު ނޫނު އަތޮޅުގައި އޮވެއެވެ.
މި ޑްރޯންތަކަކީ ކޮން ޑްރޯންތަކެއްކަން އެނގޭކަށް އަދި ބެލޭކަށްވެސް ނުހުރެއެވެ. އެހެންނަމަވެސް އެ ޑްރޯންތައް ރާއްޖެ އާއި ރާއްޖޭގައި އުޅޭ މީހުންގެ ދިރިއުޅުން ޖާސޫސް ކުރާނެކަން އެނގެއެވެ.
ނޫނު އަތޮޅުގެ ރިޒޯޓުތަކަކީ އެންމެ މުއްސަނދި މަހުޖަނުންވެސް ދުވަސްތައް ހޭދަކުރަން އަންނަ ތަންތަނެވެ. ރަޝިޔާގެ ބިލިއަނަރުންވެސް އެމީހުންގެ ދުވަސްތައް ހޭދަކުރަން އަންނައިރު އެމީހުންގެ ސިއްރު ދިރިއުޅުން މިގޮތަށް ޖާސޫސްކުރާނެ ކަމުގެ ބިރު އޮންނަ ނަމަ، އެމީހުން ރާއްޖެ އައުން ހުއްޓާލާނެ އެވެ.
އެމީހުންގެ ޕްރައިވެސީ ކޮމްޕުރޮމައިޒުވެ، ލަގުޒަރީ ރިސޯޓުތަކުގެ އަގު ވެއްޓުމުގެ ފުރުސަތުވެސް މި ޑްރޯންތަކުގެ ސަބަބުން އެބައޮތެވެ.
މިކަމުގެ އަސަރު ރާއްޖެއާއި ރާއްޖޭގެ އިގްތިސާދަށް ކުރާނެ ކަމަކީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4