ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސީ.އައި.ޕީ ޓަރމިނަލްގެ ދެ ފަންގިފިލާ ޖެޓެކްސްއަށް 25 އަހަރަށް ކުއްޔަށްދެނީ!
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސީ.އައި.ޕީ ޓަރމިނަލްގެ ދެ ފަންގިފިލާ ދުބާއީގެ ޕްރައިވެޓް ޖެޓް ޚިދުމަތްދޭ ކުންފުންޏެއް ކަމަށްވާ ޖެޓެކްސްއަށް 25 އަހަރަށް އެންމެ 25 މިލިއަން ކުއްޔަށް ދިނުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.އެލް.ސީ) އިން ނިންމި ނިންމުމާމެދު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރެވެމުންދެއެވެ.
މި މައްސަލައާ ގުޅޭ މަޢުލޫމާތު ލިބިފައިވާ ފަރާތްތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މެކްލްއިން ވަނީ ސީ.އައި.ޕީ ޓަރމިނަލްގެ ބޮޑު ބައެއް "ޖެޓެކްސްއަށް" ކުއްޔަށް ދިނުމަށް އެއްބަސްވެފައި ނުވަތަ އެކަން ނިންމުމުގެ މަރުޙަލާގައެވެ. މި ނިންމުމާމެދު އާންމު ފަރާތްތަކުން ދަނީ ހަރުކަށި އިބާރާތުން މިކަން ނަހީ ފާޑުކިޔަމުންނެވެ. އެފަރާތްތަކުން ބުނާގޮތުގައި، އެމް.އޭ.އެލް.ސީ އިން އަމިއްލައަށް ސީދާ މި ޓަރމިނަލް ހިންގައިފިނަމަ، އޭގެ ޖާގައާއި ޕްރީމިއަމް ޚިދުމަތްތަކުން މާ ބޮޑު ފައިދާއެއް ލިބޭނެއެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި، ތިންވަނަ ފަރާތަކަށް މި ޖާގަ ކުއްޔަށް ދިނުމަށް އެއްވެސް ސާފު ސަބަބެއް ނެތެވެ. ޚާއްޞަކޮށް އެއްވެސް އައު ރައުސުލްމާލެއް ނުވަތަ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް އެހީތެރިކަމެއް ނުދޭ ފަރާތަކަށް މިކަން ކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. "މިއީ ވަރަށް މުހިންމު އެސެޓެއް. ވާދަވެރި ޕްރޮސެސްއެއް ނެތި އަދި އިތުރު އަގެއް ނުލިބޭގޮތަށް ބޭރުގެ އޮޕަރޭޓަރަކަށް މިކަން ހަވާލުކުރުމަކީ ވަރަށް ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމެއް،" ކަމަށް އެއް ނަން ހާމަކުރަން ބޭނުންނުވާ ސީނިއަރ އޭވިއޭޝަން އޮފިޝަލަކު ފާހަގަކުރިއެވެ.
މީގެ އިތުރުން، ކޮރަޕްޝަނުގެ ތުހުމަތުތަކެއްވެސް ކުރެވެމުންދެއެވެ. އޭގެ ތެރޭގައި، މި ޑީލްގެ ސަބަބުން ޖެޓެކްސްއަށް މިލިއަން ޑޮލަރުގެ އަގުހުރި ވިޔަފާރީގެ ނާޖާއިޒު ފައިދާއެއް ލިބޭކަމަށާއި، މިކަން ވަނީ އާންމުންގެ ބެލުމުގެ ބޭރުން ކުރެވި، ޤައުމުގެ އިޤްތިޞާދީ މަޞްލަޙަތަށް އުނިކަން ލިބޭގޮތަށް ކަމަށް ބުނެވެއެވެ.
މިހާރުގެ ސަރުކާރުގެ އިންތިޚާބުގެ ކުރިން ދެއްކި ވާހަކަތަަކާއި، ވީ ވަޢުދުތަކާއި މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ދެމެދު ހުރި ފާޅުކަން ބޮޑު ތަފާތުތަކުގެ ސަބަބުން، މިހާރުގެ ސަރުކާރަށް ރައްޔިތުންގެ އިތުބާރު ބޮޑުތަނުން ދަނީ ގެއްލެމުންނެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފާޓީއިން ބިދޭސީންނަށް ދިވެހި ރައްޔިތުކަން ދިނުމާ ދެކޮޅަށް ވަރަށް ހަރުކަށި ބަޔާންތަކެއް ނެރުނެވެ. ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި، މިހާރު ނިންމަމުންދާ ނިންމުންތަކުން - މީގެ ތެރޭގައި މި ކުއްޔަށް ދިނުމުގެ މައްސަލަވެސް ހިމެނޭގޮތަށް - ދައްކުވައިދެނީ އެ ސިޔާސަތު މުޅިން ބަދަލުވެފައިވާކަމެވެ. ރައީސް މުޢިއްޒުގެ ޔަހޫދީކަމާއި މުނާފިގުކަމެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް މުޢިއްޒު އަމިއްލަ ފައިދާ ޤައުމީ މަޞްލަޙަތަޙަތަށްވުރެ އިސްކުރާކަމުގެ ތުހުމަތު ކުރުމާ ހަމައަށް ގޮސްފައެވެ. "މިއީ ދެވަނަ ދައުރަކަށް ތައްޔާރުވަމުންދާ ލީޑަރެއްގެ ޢަމަލުތަކެއް ނޫން. މިއީ ޤައުމުން ފިލައިގެން ދިއުމުގެ ކުރިން ވީހާވެސް ގިނަ މުއްސަނދިކަމެއް ހޯދަން މަސައްކަތްކުރާ މީހެއްގެ ޢަމަލުތައް،" ކަމަށް އިދިކޮޅު ފަރާތަކުން އެކްސްގައި ދަނީ ތުހުމަތުކުރިއެވެ.
0%
0%
0%
0%
0%
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
30 މާރިޗު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4